ހުޅަނގުއައްސޭރީގެ ތުލްކަރަމްގެ ގެއަކަށް އިޒްރާއިލް ސިފައިން މީހަކު ހައްޔަރު ކުރަނީ. ފޮޓޯ: އަލް ޤުދުސް ނެޓްވޯކް
ދުނިޔެ
30 Nov 2023 | 23:22
ހުޅަނގުއައްސޭރީގައި ފަަލަސްޠީނުގެ ގިނަ ބަޔަކު ހައްޔަރުކޮށްފި!

އިޒްރާއިލްގެ ހައްދުފަހަނަ އެޅި ޔަހޫދީ ސިފައިން ފަލަސްޠީނުގެ ހުޅަނގުއައްސޭރިން ގިނަ ބަޔަކު ހައްޔަރުކޮށްފިއެވެ.

އަލްޖަޒީރާގައި ބުނެފައިވަނީ ރޭ އެކަނިވެސް އިޒްރާއިލުން ހުޅަނގު އައްސޭރީގައި ހިންގަމުންދާ މިލިޓަރީ ރެއިޑްތަކުގައި 45 އަކަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

އޭގެތެރެއިން ގިނަ ބަޔަކު ހައްޔަރުކޮށްފައިވަނީ އަލް ޤުދުސް ގެ ކައިރީގައި އޮންނަ ބިއްދޫ އަވަށުން ކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ.

އަލްޖަޒީރާގައި ބުނެފައިވަނީ އިޒްރާއިލުން ހައްޔަރުކުރި ކުރި މީހުންގެ ޢަދަދު އިތުުރުވެގެން ދާނެ ކަމަށް ލަފާކުރާ ކަމަށެވެ. ސަބަބަކީ ތުއްބަސް، އަރީހާ އަދި ބައިތް ލަޙަމްގައި އިޒްރާއިލްގެ މިލިޓަރީ ރެއިޑްތައް ކުރިއަށް ގެންދަމުންދާ ކަމަށެވެ.

އަދި އިޒްރާއިލްގެ މިލިޓަރީ ރެއިޑް ތަކުގެ މައިގަނޑު އަމާޒަކަށް ހަދައިފައިވަނީ ތުލްކަރަމް ކަމަށްވެސް އަލްޖަޒީރާގައި ބުނެފައިވެއެވެ.

ތުލްކަރަމްގައި އިޒްރާއިލް ސިފައިން ގިނަ އަދަދަށް ތިބިކަމަށާއި، އޭގެއިތުރުން ބަލައި ފާސްކުރާ ކުއްތާ ތައް އެސަރަހައްދުގެ އެއްގެއިން އަނެއް ގެއަށް ދާ މަންޒަރާއި، މުޅި ތުލްކަރަމްގެ މަތިން ޑްރޯންތައް އުދުހޭ މަންޒަރުތައް ފެންނަމުން ދާ ކަމަށް އަލްޖަޒީރާ އަށް ރިޕޯޓް ކޮށްފައިވާ އެމީޑިއާގެ ނޫސްވެރިޔާ ބުނެފައިވެއެވެ.

އަދި މަންޒަރުތަކުން ފެނިގެންދަނި އިއްޔެ ޖެނީންގައި އިޒްރާއިލް ސިފައިން ހިންގި ރެއިޑްގެ މަންޒަރުތައް ތަކުރާރުވާތަން ކަމަށްެވެސް އަލްޖަޒީރާގައި ބުނެފައިވެއެވެ.

7 އޮކްޓޫބަރުން ފެށިގެން ހުޅަނގުއައްސޭރިން މިހާތަނަށް 242 މީހަކު ވަނީ ޝަހީދުކޮށްލައިފައެވެ. އަދި އޭގެ ތެރޭގައި 50 ކުޑަކުއްޖަކުވެސްް ހިމެނެއެވެ. މީގެއިތުރުން 2750 މީހަކު ވަނީ ޒަޚަމްވެފައެވެ. އަލްޖަޒީރާގައި ބުނެފައިވަނީ އިއްޔެ އާއި ހަމައަށް 3325 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.