ޣައްޒާ ގައި ހުންނަ އަލް ޝިފާ ހޮސްޕިޓަލުގެ ކައިރި--
ދުނިޔެ
30 Nov 2023 | 23:43
ޣައްޒާގައި ފީލްޑް ހޮސްޕިޓަލެއް ގާއިމްކުރުމަށް މަޝްވަރާކުރަނީ

އަނިޔާވެރި އިސްރާއިލުގެ އަމާޒަކަށް ވެފައިވާ ފަލސްތީނުގެ ޣައްޒާގައި ފީލްޑް ހޮސްޕިޓަލެއް ގާއިމް ކުރުމުގެ މަޝްވަރާތައް ޔޫއޭއީ އާއި ގުޅިގެން ކުރަމުން އަންނަ ކަމަށް އިޓަލީން ބުނެފިއެވެ.

އިޓަލީގެ ކަމާ ބެހޭ ފަރާތްތަކުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ގައުމުގެ ރޯމުން ޔޫއޭއީގެ ގަލްފަށް ޑޮކްޓަރުން ފޮނުވައިގެން އެ ސްޓޭޓަށް ބަދަލުވި ފަލަސްތީނުގެ ޒުވާން ބަލިމީހުންނަށް ފަރުވާ ދިނުމަށް އެހީތެރިކަން ފޯރުކޮށްދެމުން ދާކަމަށެވެ.

އިސްރާއީލާއި ހަމާސް ހަނގުރާމައިގައި ޒަޚަމްވި އާންމުންނަށް އެހީތެރިވުމުގެ މަސައްކަތުގެ ތެރެއިން އިޓަލީން މިހާރު ވަނީ ދެ ބޯޓެއްގައި އެހީގެ ތަކެތި އެ ސަރަހައްދަށް ފޮނުވާލާފައެވެ. މީގެ އިތުރުންވެސް އިޓަލީގެ ނޭވީ ހޮސްޕިޓަލް ޝިޕެއް ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހު މިސްރުގެ އަލް އަރީޝްގެ ބަނދަރުގައި ބަނދަރުކުރާނެއެވެ.

"ގަތަރު ހިމެނޭހެން އެހެން ގައުމުތަކުގެ ކުޑަކުދިންނަށް ހާއްސަ ޑޮކްޓަރުންވެސް މި ޝިޕްގައި މަސައްކަތް ކުރާނެ. މީގެ އިތުރުންވެސް ޔޫއޭއީ އާއި ގުޅިގެން ޣައްޒާގައި ފީލްޑް ހޮސްޕިޓަލެއް ގާއިމް ކުރުމުގެ މަސައްކަތް ވެސް ދަނީ މަޝްވަރާ ކުރަމުން"

ބަޔާނުގައި ބުނެފައިވެއެވެ.

ދުބާއީގައި އޮންނަ ސީއޯޕީ28 ކްލައިމެޓް ސަމިޓަށް ދަތުރުކުރައްވާ އިޓަލީގެ ބޮޑުވަޒީރު ޖިއޮޖިއާ މެލޯނީ އޭނާގެ ފްލައިޓުގައި އިޓަލީގެ ދެ ކުޑަކުދިންގެ ހޮސްޕިޓަލެއްގައި މަސައްކަތްކުރާ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރުންގެ ޓީމެއް ގެންދިއުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.