"ބައިނަލްއަގުވާމީ އަންހެނުންނަށް ކުރާ އަނިޔާ އާއި ދެކޮޅަށް މަސައްކަތް ކުރާ ދުވަސް" ފާހަގަކުރެއްވުމުގެ ގޮތުން ޢާޒިމާ ބޭއްވެވި ޚާއްސަ ފޯރަމްގެ ތެރެއިން--ފޮޓޯ/ވޮއިސް
ހަބަރު
30 Nov 2023 | 23:07
އަންހެނުންނަށް ކުރާ އަނިޔާ ތަކާއި ދެކޮޅަށް ޢާޒިމާގެ ޚާއްސަ ފޯރަމެއް!

"ބައިނަލްއަގުވާމީ އަންހެނުންނަށް ކުރާ އަނިޔާ އާއި ދެކޮޅަށް މަސައްކަތް ކުރާ ދުވަސް" ފާހަގަކުރެއްވުމުގެ ގޮތުން، މާލެ ސިޓީ މޭޔަރ ކަމަށް ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރައްވާ، ކުރީގެ ބަންޑާރަނައިބް އައިޝަތު ޢާޒިމާ ޝަކޫރުގެ ޚާއްސަ ފޯރަމެއް ބާއްވައިފިއެވެ. 

ގިނަ އަދަދެއްގެ ކަނބަލުން ބައިވެރިވެވަޑައިގެންނެވި މި ފޯރަމްގައި، ނާއިބު ރައީސް ހުސައިން މުހައްމަދު ލަތީފް ގެ އަނބިކަނބަލުންނާއި، ސަރުކާރުގެ އިސް ބައެއް މަގާމުތައް ފުރުއްވަމުންދާ ކަންބަލުންނާއި، އަންހެނުންގެ ހައްގުގައި މަސައްކަތް ކުރާ ޖަމިއްޔާ ތަކުގެ ބޭފުޅުންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. 

"ބައިނަލްއަގުވާމީ އަންހެނުންނަށް ކުރާ އަނިޔާ އާއި ދެކޮޅަށް މަސައްކަތް ކުރާ ދުވަސް" ފާހަގަކުރެއްވުމުގެ ގޮތުން ޢާޒިމާ ބޭއްވެވި ޚާއްސަ ފޯރަމްގެ ތެރެއިން--ފޮޓޯ/ވޮއިސް

"ބައިނަލްއަގުވާމީ އަންހެނުންނަށް ކުރާ އަނިޔާ އާއި ދެކޮޅަށް މަސައްކަތް ކުރާ ދުވަސް" ފާހަގަކުރެއްވުމުގެ ގޮތުން ޢާޒިމާ ބޭއްވެވި ޚާއްސަ ފޯރަމްގެ ތެރެއިން--ފޮޓޯ/ވޮއިސް

މިފޯރަމްގެ ތެރެއިން ފޯރަމްގެ ބައެއް ބައިވެރިން ވަނީ، އެ ފަރާތްތަކަށް، ހަޔާތުގެ މިހާތަނަށް، ގާތްތިމާގެ މީހުންނާއި، އެނޫންވެސް މީހުންގެ ފަރާތުން ލިބިފައިވާ އަނިޔާ ތަކާއި، އޭގެ ސަބަބުން ދިރިއުޅުމާއިގެނާ ކުރިއަށް ދިޔުމަށް ކުރިމަތިވި ގޮންޖެހުންތަކާއި، އެކަންކަމާއި ދެކޮޅަށް ތެދުވެ، އެކަން ކަމުން އަރައިގަތުމަށް ކުރި މަސައްކަތާއި ލިބުނު ކާމިޔާބީ ހިއްސާކޮށްފައެވެ. 

"ބައިނަލްއަގުވާމީ އަންހެނުންނަށް ކުރާ އަނިޔާ އާއި ދެކޮޅަށް މަސައްކަތް ކުރާ ދުވަސް" ފާހަގަކުރެއްވުމުގެ ގޮތުން ޢާޒިމާ ބޭއްވެވި ޚާއްސަ ފޯރަމްގެ ތެރެއިން--ފޮޓޯ/ވޮއިސް

މީގެ އިތުރުން، ޢާޒިމާ ވަނީ، އަންހެނުންނަށް ކުރާ އަނިޔާ ތަކާއި، އެކަންކަމާއި ދެކޮޅަށް ތެދުވެ، ދިރިއުޅުމާއިގެން ކުރިއަށް ދިޔުމަށް ކަނބަލުންނަށް ކުރެވޭނެ ކަންކަމަށް އަލިއަޅުވާ ލައްވައި، އެފަދަ އަނިޔާ އާއި ދެކޮޅަށް ތެދުވެ ސާބިތު ކަމާއިއެކު ހުރުމަށް ކަނބަލުންނަށް ހިތްވަރު ދެއްވާފައެވެ. 

"ބައިނަލްއަގުވާމީ އަންހެނުންނަށް ކުރާ އަނިޔާ އާއި ދެކޮޅަށް މަސައްކަތް ކުރާ ދުވަސް" ފާހަގަކުރެއްވުމުގެ ގޮތުން ޢާޒިމާ ބޭއްވެވި ޚާއްސަ ފޯރަމްގެ ތެރެއިން--ފޮޓޯ/ވޮއިސް

ޢާޒިމާ އަކީ އަންހެނުން ބާރުވެރި ކުރުވުމާއި، އަންހެނުންގެ ހައްގުތައް ކަށަވަރު ކޮށްދީ، ކަނބަލުންނަށް ލިބޭ އަނިޔާ އިން ސަލާމަތްކޮށްދިނުމަށް ހިލޭ ސާބަހަށްވެސް ވަކާލާތު ކޮށްދެއްވާ ބޭފުޅެއް ކަން ފާހަގަކޮށްލަންޖެހެއެވެ. 

"ބައިނަލްއަގުވާމީ އަންހެނުންނަށް ކުރާ އަނިޔާ އާއި ދެކޮޅަށް މަސައްކަތް ކުރާ ދުވަސް" ފާހަގަކުރެއްވުމުގެ ގޮތުން ޢާޒިމާ ބޭއްވެވި ޚާއްސަ ފޯރަމްގެ ތެރެއިން--ފޮޓޯ/ވޮއިސް

މާލެ ސިޓީގެ މޭޔަރ ކަމުގެ މަގާމަށް މިހާތަނަށް ވާދަކުރައްވާނެ ކަން އިއުލާން ކުރައްވާފައިވާ ބޭފުޅުންގެ ތެރެއިންވެސް، ހުރި ހަމައެކަނި އަންހެން ކަނބަލަކީ އާޒިމާކަމަށް ވާއިރު، މޭޔަރ ކަމަށް އިންތިޚާބުވެވަޑައިގެންފި ނަމަ، މާލެސިޓީގެ ކަނބަލުންނަށް އުފާވެރި، އަދި ތަނަވަސް ދިރިއުޅުމެއް މަގުފަހި ކޮށްދެވުމަށް މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
ވިކްޓްރީ އާއި މާޒިޔާ ބައްދަލުކުރި ބޮޑު މެޗް އެއްވަރު
މެޗަށްފަހު ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު، ތާވަލްގެ އެއްވަނާގައި ޕޮއިންޓްގެ ގޮތުން އެއްވަރެއްގައި ވިކްޓްރީ އަދި ނިއު ކުރީގައި އުޅޭއިރު ދެ ޓީމަށްވެސް ލިބިފައިވަނީ 7 ޕޮއިންޓެވެ
10 Oct 2026
ސީޖޭޕީގެ މުޒާހަރާއަށް ދިޔަ މަގުމަތީ، މަހަތުމާ ގާންދީގެ މުނިކާފަ ދަރިކަލުން ފުލުހުންގެ ބެލުމުގެ ދަށަށް
ފުލުހުން ބުނީ އޭނާ ހައްޔަރެއް ނުކުރާކަމަށާއި، މުޒާހަރާއަށް ހުރަސް އެޅުމުގެ ގޮތުން ވަގުތީ ގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީކަމަށެވެ.
10 Oct 2026
ލޯނު އަދާކުރުމަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ
އެންމެފަހުން ދައްކާފައިވަނީ އިންޑިއާގެ ސްޓޭޓް ބޭންކު މެދުވެރިކޮށް ނަގާފައި އޮތް 150 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލް ފެސިލިޓީގެ އެންމެ ފަހު 50 މިލިއަން ޑޮލަރެވެ. އޭގެ ކުރިން އެޕްރީލް މަހުގެ ދެ ވަނަ ދުވަހު 524 މިލިޔަން ޑޮލަރުގެ ސުކޫކާއި 23 އެޕްރީލުގައި އިންޑިއާއަށް ދެއްކި 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފައިސާވެސް ހިމެނެއެވެ.
10 Oct 2026
އިންޑިއާގެ މަޝްހޫރު ކެއްކުންތެރިޔާ ކަބީތާ ސިންގް، ސަން ސިޔާމް އޮޅުވެއްޔަށް
ކަބީތާ ސިންގް އަކީ "ކަބީތާސް ކިޗެން" ގެ ނަމުގައި ޔޫޓިއުބުގައި 14.6 މިލިއަނަށް ވުރެ ގިނަ ސަބްސްކްރައިބާޒް ހޯދާފައިވާ، އިންޑިއާގެ ތަފާތު ކެއްކުންތައް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ގެނެސްދޭ ތަރިއެކެވެ. 2024 ވަނަ އަހަރު ނެޝަނަލް ކްރިއޭޓާޒް އެވޯޑްގެ ކާބޯތަކެތީގެ ކެޓެގަރީން އެންމެ މޮޅު ކްރިއޭޓަރުގެ ޝަރަފު ވެސް ކަބީތާ ހޯދާފައިވެއެވެ.
10 Oct 2026
އިސްރަށްވެހިންނަށް ލިބެންޖެހޭ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރަންޖެހޭ
އެކަމަނާ ވިދާޅުވީ ގައުމެއް މިއަދު މިހިސާބަށް ގެނެސްދިނުމުގައި އެންމެ ބޮޑު ގުރުބާނީއެއް ވީ ފަރާތްތަކަކީ އިސްރަށްވެހިން ކަމަށެވެ. ގައުމަށް ކުރިމަތިވި ކޮންމެ ބޮޑު ގޮންޖެހުމެއްގައި އެންމެ ބުރަ ބައި އެ ފަރާތްތަކުން އުފުލައި، ޒުވާން ޖީލުތައް ތަރުބިއްޔަތުކޮށް ހިދުމަތުގެ މައިދާނަށް ނެރެދީފައިވާ ކަމަށް ވެސް ވިދާޅުވިއެވެ
10 Oct 2026
ސްރީލަންކާއިން ސައުދީގެ ވެރިރަށަށް ކުރާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލައިފި
ސްރީލަންކާގެ ގައުމީ އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ފިޔަވަޅަކީ އެއާޕޯޓުގެ ސަލާމަތީ ކަންކަން އިތުރަށް ދިރާސާކޮށް، އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް ރައްކާތެރި މާހައުލެއް އޮތްތޯ ބެލުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ
10 Oct 2026
ރަޝިއާގެ ޑީސަލް ގަތުމަށް ޓްރަމްޕް ޕޫޓިންއާ އެކު އެއްބަސްވުމެއް ހަދައިފި
ޔޫކްރެއިންގެ ރައީސް ވޮލޮޑީމީރް ޒެލެންސްކީ ދެކޭ ގޮތުގައި މި ޑީލުގެ ސަބަބުން ރަޝިޔާއަށް އިތުރަށް މީހުން މެރުމާއި ދިގު މުއްދަތަކަށް ހަނގުރާމަ ކުރިއަށް ގެންދިޔުމަށް ފުރުސަތު ހުޅުވޭނެއެވެ.
10 Oct 2026
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި
އެ ޕާޓީން ކަނޑައަޅާފައިވާ ގޮތުގައި، މި އިންތިހާބުގައި ބައިވެރިވެވޭނީ މި އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އާ ހަމައަށް ޕާޓީގެ މެންބަރުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ.