މަސްވެރިކަމާއި, ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާގެ ވަޒީރު އަހުމަދު ޝިޔާމް-- ފޮޓޯ/ވޮއިސް
ހަބަރު
01 Dec 2023 | 10:03
މަސްވެރިއެއްގެ ސިޓީއަށް ޝިޔާމްގެ އުއްމީދީ ޖަވާބެއް: ލަސްތަކެއްނުވެ ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ހޯދާނަން!

ލަސްތަކެއް ނުވެ މަސްވެރިންގެ ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ހޯއްދަވައި ދެއްވާނެ ކަމަށް މަސްވެރިކަމާއި, ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާގެ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. 

ޝިޔާމް މިފަދައިން ވިދާޅުވެފައި ވަނީ މަސްވެރިންގެ ހުރި އުދާސްތައް ބޭރުކޮށް، މަސްވެރިއަކު ލިޔެފައިވާ ސިޓީއެއްގެ ރައްދުގައި ކުރެއްވި ޓްވީޓެއްގައެވެ. 

ޖިނާހް (ޖިނާއްޕެ) ނަމަކަށް ކިޔާ މީހަކު ޝިޔާމް އަށް އެޑްރެސްކޮށް ލިޔެފައިވާ އެ ސިޓީގައި އޭނާ ވަނީ، ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެންޕެއިންގެ ތެރެއިން އަދުގެ ސަރުކާރުގެ ބޭފުޅުން މަސްވެރިންނާ ގުޅޭގޮތުން ދައްކާފައިވާ ވާހަކަތަކާއި، ވެވަޑައިގެންފައިވާ ވަޢުދުތައް ހަނދާންކޮށްދީފައިވެއެވެ."އަޅުގަނޑުމެން މަސްވެރިން މި ތިބެނީ އަނގަޔާ އަތާ ދިމާނުވެއެވެ. ކުދިންގެ ޓިއުޝަންފީ އަދި އިންޓަރަވަލް، ޤުރުއާން ކުލާސްތަކުގެ ފީ، ބިލްތައް ނުދެއްކިފައެވެ. ނަމަވެސް މަނިކުފާނަށް ދައުލަތުގެ ހަޒާނާއިން ދަނީ ހުރިހާ އިނާޔަތެއްވެސް ލިބެމުންނެވެ" 

މިނިސްޓަރ ޝިހާމަށް ޖިނާހު ލިޔުއްވި ސިޓީ

ޖިނާހުގެ ސިޓީއާއި ގުޅިގެން ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވަނީ، އޭނާ މީސްމީޑިޔާ މެދުވެރިކޮށް ފާޅުކޮށްފައިވާ އެ ކަންބޮޑުވުންތަކަކީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުވެސް މިވަގުތު އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދެއްވައިގެން ވަރަށް އަވަސް ހައްލެއް ހޯއްދަވަން މަސައްކަތްޕުޅުކުރައްވަމުން ގެންދަވާ ކަންބޮޑުވުމެއްކަން ފާހަގަ ކުރައްވާފައެވެ.

އަދި މީސްމީޑިޔާ މެދުވެރިކޮށް އެތައް މަސްވެރިއެއްގެ ފަރާތުން އެ މަސްވެރިންގެ ޙައްޤުގައި ޖިނާހު އަޑު އުފުލީތީ އުފާ ކުރައްވާ ކަމަށްވެސް ޝިޔާމް ވިދާޅުވި އެވެ. އަދި އަދުގެ ސަރުކާރަކީ  ދައްކާ ވާހަކަ ހަނދާންނައްތާލާނެ ބައެއް ނޫންކަމުގެ ޔަޤީންކަންވެސް ޝިޔާމް ވަނީ އަރުއްވާފައެވެ.

މިއާއެކު ޝިޔާމް ވަނީ މަސްވެރިކަމުގެ ސިނާޢަތުގައި ހުރި ގޮންޖެހުންތަކަށް ލަސްތަކެއްނުވެ ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ. 

"މަސްވެރި ސިނާޢަތުގައި ހުރި ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ރައީސް ޑރ.މުއިއްޒުގެ ސަރުކާރުގައި އަޅުގަނޑުމެން ލަސްތަކެއްނުވެ ހޯދާނަން إن شاءالله." 

މަސްވެރިކަމާއި ބެހޭ ވުޒާރާގެ ވަޒީރު އަހުމަދު ޝިޔާމް

ޝިޔާމް އިތުރަށް ވިދާޅުވީ، މަސްވެރިންނަށް ކުރިމަތިވެފައިވާ ގިނަ ގޮންޖެހުން ތަކަކީ ވާހަކަ ދައްކައިގެން ހައްލު ކުރެވޭނެ ކަންކަން ކަމަށާ، މިސަރުކާރުގެ އަމާޒަކީ މަސްވެރިންގެ އަޑު ގާތުން އަހައިގެން ޖުމްލަ ހައްލަށް މަސައްކަތްކުރުން ކަމަށެވެ. 

"ޖިނައްޕެއަށް ގުޅާލުމުން ހިއްސާކުރެއްވި ވާހަކަފުޅަކީ މުހިއްމު ވާހަކަފުޅެއް އަދި އެކަމަށް ނިމުމެއް ގެނެވޭނެ. ގިނަކަންކަމަކީ ވާހަކަ ދައްކައިގެން ހައްލުހޯދޭނެ ކަންކަން. އަޅުގަނޑުމެންގެ އަމާޒަކީ މަސްވެރިންގެ އަޑު ގާތުން އަހައިގެން ޖުމްލަ ހައްލަށް މަސައްކަތްކުރުން."

މަސްވެރިކަމާއި ބެހޭ ވުޒާރާގެ ވަޒީރު އަހުމަދު ޝިޔާމް

ރައީސް ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ މަސްވެރިންނަށް ގިނަ ވަޢުދުތަކެއް ވެވަޑައިގެން އެފަރާތްތަކުގެ މައްސަލަތައް ހައްލު ކޮށްދެއްވާނެ ކަމުގެ ޔަގީން ކަމާއިއެކުގައެވެ. އެގޮތުން ރައީސް ޑރ. މުޢިއްޒު ވަނީ ބޮޑު ކަންނެލި ކިލޯއެއް 85 ރުފިޔާއަށް މަތި ކުރައްވާނެ ކަމަށާއި، މަސް ކިލޯއެއް 20 ރުފިޔާއަށް ވުރެ ދަށްނުކޮށް ހިފަހައްޓާނެކަމަށް ވިދާޅުވެފައެވެ. 

މީގެ އިތުރުން މަސްވެރިކަމަކީ ވަޒީފާއެއްކަމުގައި އެކަށައަޅާ، ބޭންކިންގގެ ކްރެޑިޓް ރޭޓިންގގެ ތެރެއަށް ފެތި، މާލީ އިދާރާތަކުގެ ތެރެއިން ލޯނު ލިބުންފަދަ އިތުރު ޚިދުމަތްތައް ހޯދަން މަސްވެރިންނަށް ފުރުޞަތު ހުޅުވާލުމަކީވެސް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. 

އެމަނިކުފާނުގެ ހަފްތާ 14 ގެ ޕްލޭންގައިވެސް މަސްވެރިކަން ކުރިއެރުވުމަށް ގިނަ ކަންކަން ވަނީ ރޭވިފައެވެ. 

އެގޮތުން، މަސްވެރިންގެ ދަފްތަރެއް އެކުލަވާލުމުގެ ގޮތުން ދަފްތަރުގައި ރެޖިސްޓާރ ވާން ހުޅުވާލުމާއި، މަސްވެރިކަމުގެ ދާއިރާގެ އުފެއްދުންތައް މާކެޓް ކުރުމަށް ޚާއްސަ އެޖެންސީއެއް އުފެއްދުމުގެ އިތުރުން، މިފްކޯ ހިންގުމުގައި މަސްވެރިންގެ ދައުރު ފުޅާކުރުން ހިމެނެއެވެ.

ކޮމެންޓް
ޖާނޭ
މަސްވެރިންނަށް އޮތް އުއްމީދަކީ ދެފޭ ދަނޑިއަށް ގުއިދުއްވާލުން
01 Dec 2023
ގުޅޭ ލިޔުންތައް
10 Oct 2026
ވިކްޓްރީ އާއި މާޒިޔާ ބައްދަލުކުރި ބޮޑު މެޗް އެއްވަރު
މެޗަށްފަހު ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު، ތާވަލްގެ އެއްވަނާގައި ޕޮއިންޓްގެ ގޮތުން އެއްވަރެއްގައި ވިކްޓްރީ އަދި ނިއު ކުރީގައި އުޅޭއިރު ދެ ޓީމަށްވެސް ލިބިފައިވަނީ 7 ޕޮއިންޓެވެ
10 Oct 2026
ސީޖޭޕީގެ މުޒާހަރާއަށް ދިޔަ މަގުމަތީ، މަހަތުމާ ގާންދީގެ މުނިކާފަ ދަރިކަލުން ފުލުހުންގެ ބެލުމުގެ ދަށަށް
ފުލުހުން ބުނީ އޭނާ ހައްޔަރެއް ނުކުރާކަމަށާއި، މުޒާހަރާއަށް ހުރަސް އެޅުމުގެ ގޮތުން ވަގުތީ ގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީކަމަށެވެ.
10 Oct 2026
ލޯނު އަދާކުރުމަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ
އެންމެފަހުން ދައްކާފައިވަނީ އިންޑިއާގެ ސްޓޭޓް ބޭންކު މެދުވެރިކޮށް ނަގާފައި އޮތް 150 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލް ފެސިލިޓީގެ އެންމެ ފަހު 50 މިލިއަން ޑޮލަރެވެ. އޭގެ ކުރިން އެޕްރީލް މަހުގެ ދެ ވަނަ ދުވަހު 524 މިލިޔަން ޑޮލަރުގެ ސުކޫކާއި 23 އެޕްރީލުގައި އިންޑިއާއަށް ދެއްކި 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފައިސާވެސް ހިމެނެއެވެ.
10 Oct 2026
އިންޑިއާގެ މަޝްހޫރު ކެއްކުންތެރިޔާ ކަބީތާ ސިންގް، ސަން ސިޔާމް އޮޅުވެއްޔަށް
ކަބީތާ ސިންގް އަކީ "ކަބީތާސް ކިޗެން" ގެ ނަމުގައި ޔޫޓިއުބުގައި 14.6 މިލިއަނަށް ވުރެ ގިނަ ސަބްސްކްރައިބާޒް ހޯދާފައިވާ، އިންޑިއާގެ ތަފާތު ކެއްކުންތައް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ގެނެސްދޭ ތަރިއެކެވެ. 2024 ވަނަ އަހަރު ނެޝަނަލް ކްރިއޭޓާޒް އެވޯޑްގެ ކާބޯތަކެތީގެ ކެޓެގަރީން އެންމެ މޮޅު ކްރިއޭޓަރުގެ ޝަރަފު ވެސް ކަބީތާ ހޯދާފައިވެއެވެ.
10 Oct 2026
އިސްރަށްވެހިންނަށް ލިބެންޖެހޭ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރަންޖެހޭ
އެކަމަނާ ވިދާޅުވީ ގައުމެއް މިއަދު މިހިސާބަށް ގެނެސްދިނުމުގައި އެންމެ ބޮޑު ގުރުބާނީއެއް ވީ ފަރާތްތަކަކީ އިސްރަށްވެހިން ކަމަށެވެ. ގައުމަށް ކުރިމަތިވި ކޮންމެ ބޮޑު ގޮންޖެހުމެއްގައި އެންމެ ބުރަ ބައި އެ ފަރާތްތަކުން އުފުލައި، ޒުވާން ޖީލުތައް ތަރުބިއްޔަތުކޮށް ހިދުމަތުގެ މައިދާނަށް ނެރެދީފައިވާ ކަމަށް ވެސް ވިދާޅުވިއެވެ
10 Oct 2026
ސްރީލަންކާއިން ސައުދީގެ ވެރިރަށަށް ކުރާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލައިފި
ސްރީލަންކާގެ ގައުމީ އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ފިޔަވަޅަކީ އެއާޕޯޓުގެ ސަލާމަތީ ކަންކަން އިތުރަށް ދިރާސާކޮށް، އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް ރައްކާތެރި މާހައުލެއް އޮތްތޯ ބެލުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ
10 Oct 2026
ރަޝިއާގެ ޑީސަލް ގަތުމަށް ޓްރަމްޕް ޕޫޓިންއާ އެކު އެއްބަސްވުމެއް ހަދައިފި
ޔޫކްރެއިންގެ ރައީސް ވޮލޮޑީމީރް ޒެލެންސްކީ ދެކޭ ގޮތުގައި މި ޑީލުގެ ސަބަބުން ރަޝިޔާއަށް އިތުރަށް މީހުން މެރުމާއި ދިގު މުއްދަތަކަށް ހަނގުރާމަ ކުރިއަށް ގެންދިޔުމަށް ފުރުސަތު ހުޅުވޭނެއެވެ.
10 Oct 2026
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި
އެ ޕާޓީން ކަނޑައަޅާފައިވާ ގޮތުގައި، މި އިންތިހާބުގައި ބައިވެރިވެވޭނީ މި އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އާ ހަމައަށް ޕާޓީގެ މެންބަރުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ.