އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު-- ފޮޓޯ/މިނިސްޓްރީ
ހަބަރު
01 Dec 2023 | 14:36
މާލޭގެ އެއް މިސްކިތުގައި އިނގިރޭސި ބަހުން ޚުތުބާ ކިޔުމާމެދު ޢާއްމުންގެ ޚިޔާލަށް މިނިސްޓަރ އެދިއްޖެ!

މާލޭގެ ކޮންމެސް އެއް މިސްކިތެއްގައި އިނގިރޭސިބަހުން ޚުތުބާ ކިޔުމާއިމެދު ޢާއްމުންގެ ޚިޔާލަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު އެދިވަޑައިގެންފިއެވެ. 

ޑރ. ޝަހީމް ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖެ އަކީ ވަރަށް ގިނަ ބިދޭސީން މަސައްކަތް ކުރާ ގައުމެއް ކަމަށެވެ. ޚާއްސަކޮށް މާލޭގައި ވަރަށް ގިނަ އަދަދަކަށް ބޭރުގެ މަސައްކަތްތެރިން އުޅެމުންދާ ކަމަށެވެ.

އެހެންކަމުން، މާލޭގެ ކޮންމެވެސް އެއް މިސްކިތެއްގައި އިނގިރޭސިބަހުން ޚުތުބާ ކިޔުމާއިމެދު ރައްޔިތުންގެ ޚިޔާލު ބަލާލަން ބޭނުންވާ ކަމަށް ވަޒީރު ވިދާޅުވި އެވެ. 

"މިހެން މި ދެންނެވީ މަސައްކަތުގެ ސުލޫކާއި، އަޚްލާޤު، އަދި ދީންވެރިކަން އިތުރުވުމުގައި އެމީހުން ދަންނަ ބަހުން އިއްވޭ ޚުތުބާގެ މުހިންމު ކަމަށް ފެންނާތީއެވެ." 

ޑރ. ޝަހީމް އިތުރަށް ވިދާޅުވީ، ފޭސްބުކުގެ އެ ޕޯސްޓަކީ އަދި ހަމައެކަނި އާއްމުންގެ ޚިޔާލު ހޯދާލުމަށް ކުރި ޕޯސްޓެއް ކަަމަށެވެ. 

ޑރ. ޝަހީމްގެ އެ ޕޯސްޓަށް ކޮމެންޓް ކުރި އެންމެންހެން ވަނީ އެއީ ވަރަށް ރަނގަޅު ޚިޔާލެއް ކަން ފާހަގަކޮށްފައެވެ. އަދި އެއް ބަޔަކު ވަނީ ރާއްޖޭގައި އެންމެ ގިނައިން ދިރިއުޅޭ ބޭރުގެ މީހުން ބަންގްލަދޭޝް އަށް ނިސްބަތްވާކަން ފާހަގަކޮށް އެ ބަހުން ޚުތުބާ ކިޔުމާއިމެދު ޚިޔާލުފާޅުކޮށްފައެވެ. 

ކޮމެންޓް
ފައްތާހު
ޙުތުބާ ދިވެހިބަހުން ކިއުމަކީ ދިވެހިންގެގިނަބަޔަކު އެދޭގޮއި
01 Dec 2023
ކޭޑީ
ތީވަރަށްރަގަޅުކަމެއް އަދިވަކިންޚާއްސަކޮށް ބަގަލަދޭޝްބަހުންވެސްކޮންމެވެސްއެއްމިސްކިތެއްގަ ޚުތުބާކިއުމަކީވަރަށްރަގަޅުކަމެއް
01 Dec 2023
މީރާ
އެފަދަ މީހުނަށް ވަކިމިސްކިތެއްޚާއްސަކުރުން މާރަގަޅުވާނެ.
01 Dec 2023
1206
ރަނގަޅު ޚިޔާލެއް.
01 Dec 2023
ނަން
ބަންގްލާ މީހުން ގިނަކޮށްފަ އެހުރީ މުޅިން އިލީގަލްކޮށް. އިމީހުން ބޭރުކުރަންވީ. ޚުތުބާ ދިވެހި އިންގިރޭސި އަރަބިބަހުން ހަމަރަނގަޅު ގެނެސްދޭން..
01 Dec 2023
Mohamed Naeem
ރާއްޖޭގާ އިނގިރޭސި ބަހުން ހުކުރު ޚުތުބާކިޔަން ފެށުން މާބޮޑަށް ވެސް ލަސްވެއްޖެ. އިނގިރޭސި ބަހުން ޚުތުބާކިޔަސް މިސްކިތަށް ދާދިވެހީން މަދުނުވާނެ. ވީމާ މިކަން އަވަސް ކުރަން ނިހާޔަތަށް އެދެން.
02 Dec 2023
ގުޅޭ ލިޔުންތައް
10 Oct 2026
ވިކްޓްރީ އާއި މާޒިޔާ ބައްދަލުކުރި ބޮޑު މެޗް އެއްވަރު
މެޗަށްފަހު ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު، ތާވަލްގެ އެއްވަނާގައި ޕޮއިންޓްގެ ގޮތުން އެއްވަރެއްގައި ވިކްޓްރީ އަދި ނިއު ކުރީގައި އުޅޭއިރު ދެ ޓީމަށްވެސް ލިބިފައިވަނީ 7 ޕޮއިންޓެވެ
10 Oct 2026
ސީޖޭޕީގެ މުޒާހަރާއަށް ދިޔަ މަގުމަތީ، މަހަތުމާ ގާންދީގެ މުނިކާފަ ދަރިކަލުން ފުލުހުންގެ ބެލުމުގެ ދަށަށް
ފުލުހުން ބުނީ އޭނާ ހައްޔަރެއް ނުކުރާކަމަށާއި، މުޒާހަރާއަށް ހުރަސް އެޅުމުގެ ގޮތުން ވަގުތީ ގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީކަމަށެވެ.
10 Oct 2026
ލޯނު އަދާކުރުމަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ
އެންމެފަހުން ދައްކާފައިވަނީ އިންޑިއާގެ ސްޓޭޓް ބޭންކު މެދުވެރިކޮށް ނަގާފައި އޮތް 150 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލް ފެސިލިޓީގެ އެންމެ ފަހު 50 މިލިއަން ޑޮލަރެވެ. އޭގެ ކުރިން އެޕްރީލް މަހުގެ ދެ ވަނަ ދުވަހު 524 މިލިޔަން ޑޮލަރުގެ ސުކޫކާއި 23 އެޕްރީލުގައި އިންޑިއާއަށް ދެއްކި 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފައިސާވެސް ހިމެނެއެވެ.
10 Oct 2026
އިންޑިއާގެ މަޝްހޫރު ކެއްކުންތެރިޔާ ކަބީތާ ސިންގް، ސަން ސިޔާމް އޮޅުވެއްޔަށް
ކަބީތާ ސިންގް އަކީ "ކަބީތާސް ކިޗެން" ގެ ނަމުގައި ޔޫޓިއުބުގައި 14.6 މިލިއަނަށް ވުރެ ގިނަ ސަބްސްކްރައިބާޒް ހޯދާފައިވާ، އިންޑިއާގެ ތަފާތު ކެއްކުންތައް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ގެނެސްދޭ ތަރިއެކެވެ. 2024 ވަނަ އަހަރު ނެޝަނަލް ކްރިއޭޓާޒް އެވޯޑްގެ ކާބޯތަކެތީގެ ކެޓެގަރީން އެންމެ މޮޅު ކްރިއޭޓަރުގެ ޝަރަފު ވެސް ކަބީތާ ހޯދާފައިވެއެވެ.
10 Oct 2026
އިސްރަށްވެހިންނަށް ލިބެންޖެހޭ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރަންޖެހޭ
އެކަމަނާ ވިދާޅުވީ ގައުމެއް މިއަދު މިހިސާބަށް ގެނެސްދިނުމުގައި އެންމެ ބޮޑު ގުރުބާނީއެއް ވީ ފަރާތްތަކަކީ އިސްރަށްވެހިން ކަމަށެވެ. ގައުމަށް ކުރިމަތިވި ކޮންމެ ބޮޑު ގޮންޖެހުމެއްގައި އެންމެ ބުރަ ބައި އެ ފަރާތްތަކުން އުފުލައި، ޒުވާން ޖީލުތައް ތަރުބިއްޔަތުކޮށް ހިދުމަތުގެ މައިދާނަށް ނެރެދީފައިވާ ކަމަށް ވެސް ވިދާޅުވިއެވެ
10 Oct 2026
ސްރީލަންކާއިން ސައުދީގެ ވެރިރަށަށް ކުރާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލައިފި
ސްރީލަންކާގެ ގައުމީ އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ފިޔަވަޅަކީ އެއާޕޯޓުގެ ސަލާމަތީ ކަންކަން އިތުރަށް ދިރާސާކޮށް، އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް ރައްކާތެރި މާހައުލެއް އޮތްތޯ ބެލުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ
10 Oct 2026
ރަޝިއާގެ ޑީސަލް ގަތުމަށް ޓްރަމްޕް ޕޫޓިންއާ އެކު އެއްބަސްވުމެއް ހަދައިފި
ޔޫކްރެއިންގެ ރައީސް ވޮލޮޑީމީރް ޒެލެންސްކީ ދެކޭ ގޮތުގައި މި ޑީލުގެ ސަބަބުން ރަޝިޔާއަށް އިތުރަށް މީހުން މެރުމާއި ދިގު މުއްދަތަކަށް ހަނގުރާމަ ކުރިއަށް ގެންދިޔުމަށް ފުރުސަތު ހުޅުވޭނެއެވެ.
10 Oct 2026
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި
އެ ޕާޓީން ކަނޑައަޅާފައިވާ ގޮތުގައި، މި އިންތިހާބުގައި ބައިވެރިވެވޭނީ މި އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އާ ހަމައަށް ޕާޓީގެ މެންބަރުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ.