އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސަޢީދު ވޮއިސްއަށް އިންޓަރވިއު ދެއްވަނީ - ފޮޓޯ/ވޮއިސް
02 Dec 2023 | 13:34
މިސްކިތްތަކުގެ ބޭނުން ހިފޭ ގޮތް އިތުރު ކުރަންޖެހޭ: ޑރ ޝަހީމް

މިސްކިތްތަކުގެ ބޭނުން މިހާރަށް ވުރެ އިތުރަށް ގިނަ ގޮތްގޮތުން ހިފަން ޖެހޭ ކަމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު، ޑރ މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ. 

ވޮއިސްއަށް ދެއްވި އިންޓަވިއުއެއްގައި ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ ޝަހީމް ވިދާޅުވީ، މިސްކިތްތައް ބޭނުން ކުރަންވީ ހަމައެކަނި ނަމާދު ކުރަން ނޫންކަށާއި، ރީތިކޮށް ޤުރުއާން ކިޔެވުމާއި ރާގު ދަސްކޮށްދިނުމާއި އަދި އިމާމުންގެ ތެރޭގައި ރީތިކޮށް ޤުރުއާން ކިޔަވަން ދަންނަ އިމާމަކު ހުރި ކޮންމެ ރަށެއްގައި އެ މަސައްކަތް މިސްކިތްތަކުގައި ކުރިއަށް ގެންދިއުން މުހިއްމުކަމުގައެވެ. 

އެގޮތުން ރާއްޖޭގައި ރީތިކޮށް ކިޔަވަން ދަންނަ ޤުރްއާނުގެ ޢިލްމު އުނގެނިގެން ހުރި މީހަކު ހުރި ވީހާވެސް ގިނަ ރަށްރަށުގައި މިސްކިތްތަކުގެ ބޭނުން ޤުރްއާން އުނގަންނައި ދިނުމުގައި ބޭނުން ކުރުމަކީ މި ސަރުކާރުގެ އަމާޒެއް ކަމުގައި މިނިސްޓަރ ޝަހީމް ވަނީ ވިދާޅުވެފައެވެ. 

އަޅުގަނޑުމެން ކުޑަ އިރު އަޅުގަނޑުމެން ޤުރުއާން ކިޔެވީ މިސްކިތްތަކުން، އޭރުގަ ނުހުރޭ އަޅުގަނޑުމެންގެ ރަށްރަށުގައި ފީ ނަގައިގެން ކިޔަވައިދޭ ތަންތަނެއް، އޭރު ހުންނަނީ ހިލޭ ސާބަހަށް ކިޔަވައިދޭ ތަންތަން، އަދި މިސްކިތްތަކުގައި ޤާރީ ކްލާސްތަކުގެ ނަމުގައި ކްލާސްތައް ހިންގަމުން ދިޔަ، މަޢުހަދުގެ ފަރާތުން ހިންގަމުން ދިޔަ، އަޅުގަނޑުމެން ކިޔެވީ އެ ކްލާސްތަކުގައި، އޭރު އެކަން ކުރަނީ ރަށުގެ އިމާމަކަށް ހުންނަ މިހާ 

ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު 

މީގެ އިތުރުން މިނިސްޓަރުގެ ވާހަކަފުޅުގައި ވިދާޅުވީ، މިހާރު ރާއްޖޭގައި ތިއްބެވި އެންމެ ފުންނާބު އުސް ޤާރީނަކީވެސް އެފަދަ ކްލާސްތަކުން ދަރިވަރުވެ އިލްމު އުނގެނުނު ދަރިވަރުން ކަމަށެވެ. 

މީގެ އިތުރުން ދިވެހިރާއްޖޭގެ މިސްކިތުގައި އިސްލާމިކް ލައިބްރަރީއެއް ޤާއިމުކުރުމާއި، ދީނީ ތަރުބިއްޔަތާއި އަޚްލާޤުގެ ފިލާވަޅުތައް ނަގާދޭ ތަނަކަށް ހެދުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވެ ވަޑައިގެންނެވި ވައުދާއި ގުޅިގެން ވާހަކަ ދައްވަމުން މިނިސްޓަރ ވިދާޅުވީ, އެ މަސައްކަތް ކުރުމަށްޓަަކައި ރާއްޖެއިން ބޭރުގެ ފަރާތްތަކާ ގުޅިގެން އެފަދަ ލައިބްރަރީތައް ގާއިމްކުރުުމުގެ މަސައްކަތް ކުރެވޭނެ ކަމަށާއި އެ މަސައްކަތް ކޮށްދޭނެ ބޭރުގެ ފަރާތްތައްް އެބަ ތިބި ކަމަށެވެ. 

އެހެންނަމަވެސް އެއްފަހަރާ ހުރިހާ މިސްކިތްތަކެއްގައި މިބަސް މަޑުމަޑުން އެ މަސައްކަތް ފަށައިގެން ރާއްޖެގެ ހުރިހާ ހިސާބެއްގައި ވެސް އެ ޚިދުމަތް ޤާއިމްކުރުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ. 

ޢިލްމު ފެތުރުމާއި ލައިބްރަރީ ގާއިމްކުރުމަކީ މުހިއްމުކަމެއް، އަނެއްކާ މިހާރު ގިނަ މިސްކިތްތައް ގާއިމް ކުރެވިފައިވެސް މިހުރި އެ ޚިދުމަތް ގާއިމް ކުރެވޭ ގޮތަކަށް ނޫން، އެހެންވީމަ އޭގެ މާނައަކީ ދެން އަންނަ މިސްކިތްތައް ތަރުތީބު ވެގެން އަންނަންވާނީ އެ ޚިދުމަތް ފުޅާކުރެވޭނެ ގޮތަށް

ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު 

ހަމައެޔާއެކު މިނިސްޓްރގެ ވާހަކަ ފުޅުގައި ވަނީ އަރަބިއްޔާގެ ސްކޫލަށް ޖާގަ ތަނަވަސް އައު އިމާރާތެއް އަޅައިދެއްވުމަށް ރައީސް ވެ ވަޑައިގެން ވައުދުގެ މަސައްކަތް މިހާރު ވަރަށް ގާތުން ކުރެވެމުންދާކަމަށާއި، ކައިިރި މުސްތަގްބަލެއްގައި އެކަން އިއުލާނުކުރެވިގެންދާނެ ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ. 

ކޮމެންޓް
ދދ
ޤުރުއާން އުގެނި ދަސްކޮށްދޭން ކޮންމެ މިސްކިތެއްގައިވެސް ޤާރީއަކު ބަހައްޓާ ހަވީރު އަސްތުފަހުން މާޢުރިބް ފަހުން ކުލާސް ހިންގާގޮތަށް !
02 Dec 2023
ގުޅޭ ލިޔުންތައް
05 Oct 2026
ވިއެޓްނާމަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު 20 އަހަރަށް ޖަލަށް
ވިއެޓްނާމަށް ޣައިރުޤާނޫނީ ގޮތެއްގައި މަސްތުވާތަކެތި އެތެރެކުރި ދިވެހި ރައްޔިތަކު 20 އަހަރަށް ޖަލަށްލުމަށް އެ ޤައުމުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ. މި ޙުކުމް އިއްވާފައިވަނީ ވިއެޓްނާމްގެ ޚާން ހުއާ ޕްރޮވިންސްގެ ޕީޕަލްސް ކޯޓުންނެވެ.
05 Oct 2026
ދަށް ފެންވަރުގެ ގޭސް ރެގިއުލޭޓަރު މަނާކުރަނޫ
ފެންވަރު ދަށް ގޭސް ރެގިއުލޭޓަރު ބޭނުންކުރުން މަނާކުރުމަށް މަސައްކަތްކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެއެވެ. އަލިފާނުގެ ހާދިސާތައް ގިނަވުމުގެ ސަބަބުތަކުގެ ތެރޭގައި ރެގިއުލޭޓަރުގެ ފެންވަރު ދަށްވުން ހިމެނެއެވެ.
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.