އިސްރާއީލުގެ އަނިޔާވެރި ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ--
ދުނިޔެ
02 Dec 2023 | 22:09
ހަނގުރާމަ މެދު ކަނޑާލުމުގެ މަޝްވަރާތައް ހުއްޓާލައިިފި

ފަލަސްތީނުގެ ޣައްޒާ އަށް އިސްރާއިލުން ދެމުންދާ އަނިޔާވެރި ހަމަލާތައް މެދުކަނޑާލުމަށް އިސްރާއީލާއި ޤަތަރާއި މެދު ކުރިއަށް ދިޔަ މަޝްވަރާތައް އިސްރާއީލުން ހުއްޓާލައިިފިއެވެ.

އިސްރާއީލުން ހޮނިހިރު ދުވަހު ބުނީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމަތައް ނިމުމަކަށް ގެނައުމާ ގުޅޭ ގޮތުން ގަތަރުގައި ކުރަމުންދާ މަޝްވަރާތަކުގައި "ޑެޑް އެންޑް" އަކަށް އައިސްފައިވާ ކަމަށެވެ. އަދި އިސްރާއީލުން މި މަޝްވަރާތަކަށް ޤަތަރަށް ދިޔަ ޓީމު އެނބުރި އެގައުމަށް އައުމަށް އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އަމުރުކޮށްފައެވެ.

މިކަމާއި ބެހޭގޮތުން އިސްރާއީލުން ނެރުނު ބަޔާނެއްގައި ބުނީ ހަމާސް ޖަމާއަތަށް ފޯރުކޮށްދީފައިވާ ލިސްޓުގައި ހިމެނޭ ހުރިހާ އަންހެނުންނާއި ކުޑަކުދިން ދޫކޮށްލުމަށް ހިމެނޭ އެއްބަސްވުމާއި އެއްގޮތަށް އެ ޖަމާއަތުން އަމަލު ކޮށްފައިނުވާތީ ހަނގުރާމަ މެދުކަނޑާލުމަށް ކުރަމުން ދިޔަ މަޝްވަރާތައް ހުއްޓުމަކަށް ގެނުމަށް އެގައުމުގެ ބޮޑުވަޒީރު ނިންމީ ކަމަށެވެ.

ތިން ވަނަ ފަހަރަށް ހަނގުރާމައިގެ މެދުކަނޑާލުމަށް ޤަތަރުން މަސައްކަތް ކުރި ނަމަވެސް އިސްރާއިލުން އެއްބާރުލުން ނުދިނުމަށް ނިންމުމުގެ ސަބަބުން އެމަސައްކަތް ވަނީ ހުއްޓާލަންޖެހިފައެވެ. 
އަލަށް ކުރުމަށް ހަމަޖެހިފައިވާ މަޝްވަރާތަކުގައި ބޮޑަށް އަލިއަޅުވާލާފައިވަނީ ރަހީނު ކޮށްފައިވާ އަންހެނުންނާއި ކުޑަކުދިން ގެ އިތުރުން ހަނގުރާމަ އާއި ގުޅުމެއް ނެތް ރަހީނުން ދޫކޮށްލުމާއި ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކާއި ބެހޭ ގޮތުން ކަމަށް ރޮއިޓާސް ނޫސް އެޖެންސީން ބުނެ އެވެ.

ހަނގުރާމަ މެދުކަނޑާލުމަށް އެއްބަސްވި މުއްދަތު ހަމަ ވުމާއި އެކު އަނިޔާވެރި އިސްރާއީލުން ވަނީ ފަލަސްތީނު ޣައްޒާއަށް ހަމަލާދޭންފަށާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.