ފުލުހުންގެ މައި އިދާރާ-- ފޮޓޯ/ވޮއިސް
ހަބަރު
03 Dec 2023 | 09:27
އައްޑޫ ސިޓީ ގްރޫޕު މާރާމާރީ އާއި ގުޅިގެން 4 މީހަކު ހައްޔަރުކޮށްފި

އައްޑޫ ސިޓީ ގްރޫޕު މާރާމާރީ އާއި ގުޅިގެން 4 މީހަކު ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ، އައްޑޫ ގްރޫޕް މާރާމާރީއާ ގުޅިގެން 4 މީހަކު ކޯޓު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ހައްޔަރު ކުރިީ އުމުރުން 18 އަހަރުގެ މީހަކާއި 19 އަހަރުގެ މީހަކާއި 20 އަހަރު އަދި 23 އަހަރުގެ މީހެއް ކަމަށް ވެސް ބުނެފައިވެއެވެ.

މިއާއެކު ފުލުހުން ބުނީ، އެ އެންމެންނަކީ ވެސް ދިވެހި ފިރިހެނުން ކަމަށެވެ.

އައްޑޫގައި ހުކުރު ދުވަހުގެ ރޭގައި ހިނގި ގުރޫޕް މާރާމާރީގައި 30 އަހަރުގެ ދިވެހި ފިރިހެނެއް ޒަޚަމް ކޮށްލާފައިވާއިރު އެ ޒުވާނާގެ ހާލު ސީރިއަސްކަމުގައި ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުނެއެވެ. 

އެނގިފައިވާ ގޮތުގައި ހިތަދޫގައި ރޭ ހިނގި މާރާމާރީގައި ދެ ގްރޫޕުގެ ދެމެދު ކުރިމަތިލުމެއް ހިނގި އިރު ދެ ގްރޫޕުން ވެސް ތިބީ ތޫނު ހަތިޔާރު ހިފައިގެންނެވެ.

އައްޑޫސިޓީގައި ހިންގި މާރާމާރީ އާ ގުޅިގެން އެސިޓީގެ ސަލާމަތާއި ރައްކާތެރިކަން ވަރުގަދަކުރުމަށް މާލެއިން ފުލުހުންގެ ޓީމްތަކެއް ފޮނުއްވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރޭ ފުލުހުން ވަނީ ބުނެފަ އެވެ. 

އެގޮތުން ފުލުހުން ބުނީ، 2023 ނޮވެންބަރު މަހުގެ 29 ވަނަ ދުވަހުގެ ވަގުތެއްގައި މާލޭގައި ހިނގާދިޔަ މާރާމާރީއާއި، ޑިސެމްބަރުމަހުގެ 1 ވަނަ ދުވަހުގެރޭ އައްޑޫ ސިޓީގައި ހިނގާފައިވާ މާރާމާރީއާއި ގުޅިގެން މާލެއާއި އައްޑޫ ސިޓީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހާއްސަ އޮޕަރޭޝަން ތަކެއް ހިންގުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން އައްޑޫސިޓީގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށްޓަކައި މާލެއިން އިތުރު ޓީމުތަކެއް އެ ސިޓީއަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ