އީވާ އާއި ކުރީގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު--
ހަބަރު
03 Dec 2023 | 10:37
ބޭބެ ދިފާއު ކުރަން އުޅެނީއޭ ބުނިއިރު، ބޭބެގެ ދިފާއުގައި ޗުއްޕުވެސް އަޅުގަނޑު ނުބުނަން: އީވާ

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ދެބެންގެ ދެދަރި ކޮއްކޮ، އަދި މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުالله، މަގާމުގެ ބޭނުން ކުރައްވައިގެން، ރައީސް ނަޝީދުގެ މަގާމް ދިފާއު ކުރައްވަން މަސައްކަތް ކުރެއްވި ކަމަށް ވިދާޅުވެ އެމްޑީޕީ މެންބަރުން ދެއްކެވި ވާހަކަތަކަށް އީވާ ރައްދު ދެއްވައިފިއެވެ. 

ރައީސް ނަޝީދު މަޖިލީހުގެ ރިޔާސަތުން ދުރު ކުރުމަށް އެމަނިކުފާނުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް އެމްޑީޕީ މެންބަރުން މަޖިލީހަށްލައި، އެ މައްސަލަ ކުރިއަށް ގެންދަންޖެހޭ ދުވަސް ޖެހުނު އިރު، އީވާ އަށް ވަނީ ޑެންގީގެ އާލާސްކަންފުޅާ ކުރިމަތިވެފައި ކަމަށް ޑިމޮކްރެޓްސް އިން ވަނީ ހާމަކޮށްފައެވެ. އެހެން ކަމުން އިވާއަށް ރިޔާސަތުގައި އިންނެވެން ނެތުމުން އެ މައްސަލަ ކުރިއަށް ނުގެންދެވި ގާތްގަނޑަކަށް ދެ ހަފުތާއެއްހާ ދުވަހު ދިގުލައި ދަންމާފައި ވެއެވެ. 

އެކަމާއި ގުޅިގެން އެމްޑީޕީ މެންބަރުންގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ތަކުގަޔާއި، އަދި މީސްމީޑިއާގައި ވެސް، އެ މެންބަރުން ވަނީ އީވާ ރިޔާސަތަށް ވަޑައިގެންފައި ނުވަނީ ރައީސް ނަޝީދު މަގާމުން ދުރު ކުރައްވަން ބޭނުން ނުވާތީ ކަމަށެވެ. އަދި އޭނާ އުޅުއްވަނީ މަޖިލީހުގެ ނާއިބު ރައީސް ގެ މަގާމްގެ ބޭނުން ކުރައްވައިގެން، އޭނާގެ ބޭބެގެ މަގާމް ދިފާއު ކުރައްވަން ކަމަށް ބުނެ އެޕާޓީގެ މެންބަރުން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. 

އެ ސަބަބަށްޓަކައި ކަމަށް ބުނެ އެމްޑީޕީން، އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދާފައިވާއިރު، މިއަދު ވަނީ މަޖިލީހުގައި އެ މައްސަލަ ކުރިއަށް ގެންގޮސްފަ އެވެ. 

އެ މައްސަލާގައި ޖަވާބުދާރީވުމަށް އީވާއަށް ފުރުސަތު ދެއްވުމުން، ވާހަކަދައްކަވަމުން ވިދާޅުވީ، އޭނާއަކީ މަޖިލީހުގެ ނާއިބު ރައީސް ކަމުގެ މަގާމަށް ނާގާބިލް ބޭފުޅެއް ކަމަށް އެއްވެސް ޕާޓީއެއްގެ މެންބަރަކަށް ނުބުނެވޭނެ ކަމަށެވެ. އަދި އެ މަގާމު އަދާކުރެއްވުމުގައި ގާނޫނު އަސާސީ އާއި، މަޖިލީހުގެ ގަވާއިދާއި އަދި ސްޕްރީމްކޯޓުގެ ހުކުމާއި ވެސް ޚިލާފް ވެވަޑައިގެންފައި ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

"ހަގީގަތަކީ، ނާގާބިލް، ކިބުރުވެރި ސަރުކާރަކާއި ދިމާއަށް އަޅުގަނޑު ނާގާބިލް ކިބުރުވެރި ސަރުކާރެކޭ ބުނީ. ހަގީގަތަކީ އެ ސަރުކާރުން މާ ބޮޑަށް އަޅުގަނޑާ ނުރުހުނީ. އަދި އަޅުގަނޑުވެސް އެ ސަރުކާރާ މާ ބޮޑަށް ނުރުހުނީ. އެމްޑީޕީ ސަރުކާރާ އަޅުގަނޑު ނުރުހުގެން އަޅުގަނޑު ބަސް ބުނެގެން ހަގީގަތުގައި އަޅުގަނޑަށް ދޭ އަދަބު މިއީ. މިއީ އެމްޑީޕީ ސަރުކާރުގެ ވެރިކަން ގެއްލުނީމާ އަދަބު އަޅުގަނޑަށް ދިނީ." 

މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުالله 

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އީވާ އަބްދުالله ވާހަކަ ދައްކަވަނީ--ފޮޓޯ/މަޖިލިސް 

އީވާ އިތުރަށް ވިދާޅުވީ އޭނާ އަކީ ސިޔާސީ މައިދާނުގައި ޒާތީ ވާނެ ބޭފުޅެއް ނޫން ކަމަށެވެ. އަދި އޭނާ އާއި ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުނު ދުވަހުން ފެށިގެން، އީވާ އުޅުއްވަނީ ބޭބެ ދިފާއު ކުރަން ކަމަށް އެމްޑީޕީ މެންބަރުން ވިދާޅުވަމުން ދިޔަ ނަމަވެސް ބޭބެގެ ދިފާއުގައި ޗުއްޕުވެސް ދަންނަވާފައި ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަޅުގަނޑު މަގާމުން ވަކިކުރަން އެމްޑީޕީން މަސައްކަތް ފެށީއްސުރެ, ގާތްގަނޑަކަށް މި ވޭތުވެދިޔަ ހަމަސް ދުވަހު، ދުވާލު ދެދަޅައަށް ޕްރެސް ކޮންފަރެންސް އަށް އަރައި، މަނިކުފާނުމެން (މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އަދި އެމްޑީޕީ މެންބަރުން) ބޭބެ ދިފާއު ކުރާށޭ، ބޭބެ ދިފާއު ކުރާށޭ، ވިދާޅުވަމުން ގެންދިޔައިރު އަޅުގަނޑު ނުއިންނާނެ، ދިފާއުގައި ޗުއްޕު ދަންނަވާފައި ވެސް. އަޅުގަނޑަކީ ސިޔާސީ އެއްވެސް ފިކުރެއް ނެތް މީހަކަށް ހައްދަވައިގެން އަޅުގަނޑު ބޭނެ ދިފާއު ކުރަން އުޅޭ މީހަކަށް ހަދައިގެން ވޭތުވެދިޔަ 18 އަހަރު ދުވަހު އަޅުގަނޑު ކުރި މަސައްކަތަކީ އެއްވެސް ކަހަލަ އަމިއްލަ ވިސްނުމެއްނެތި ކުރި މަސައްކަތަށް ހަދަމުން ގެންދިޔަ އިރު އަޅުގަނޑު ނުއިންނާނެ ޗުއްޕުވެސް ދަންނަވާފައި އޭގެ ދިފާއުގައި. 

މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުالله 

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އީވާ އަބްދުالله ވާހަކަ ދައްކަވަނީ--ފޮޓޯ/މަޖިލިސް 

މިއާއެކު އީވާ ވިދާޅުވީ، އޭނާ ދެކޮޅުވި ކުރީ ސަރުކާރު އަދި، އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅުއްވަން އެންމެ އިސްކޮށް މަސައްކަތް ކުރެއްވި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހަކީވެސް އީވާގެ ބޭބެއެއް ކަމަށެވެ.

ރައީސް ޞާލިހުގެ ވާހަކަ އަޅުގަނޑު ދައްކާކަށް ބޭނުމެއް ނޫން. އެކަމަކު މަނިކުފާނުމެން ވޭތުވެދިޔަ 6 މަސް ދުވަހު ބޭބެ ދިފާއު ކުރަންށޭ ވިދާޅުވަމުން ދިޔައީމާ މި ދަންނަވަނީ، ވެރިކަމުގައި (އޭރު) ހުރީވެސް އަޅުގަނޑުގެ ބޭބެ. (ރައީސް ޞާލިހު) ދެފަރާތުގެ ބޭބެ. މައި ފުށާއި، ބަފާ ފުށުގެ ބޭބެ.

މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުالله 

އީވާ ވިދާޅުވީ، ކަންކަމުގައި ޚިލާފް އުފެދިގެންދާ ވަގުތުގައި އޭނާ އަކީ އެއް އިރެއްގައިވެސް ޒާތީވާ ބޭފުޅެއް ނޫން ކަމަށެވެ. އަދި ޚިލާފް އުފެދިގެންދައިރު، ބާރުގަދަ ބޭބެ އާއި ބާރު ދެރަ ބޭބެ ބަލާފައިވެސް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެނެއް ކަމަކު އޭނާ އިޚްތިޔާރު ކޮށްފައި އޮންނާނީ އޭނާ ގަބޫލު ކުރާ އަސާސް ތަކާއި ހަމަތައް ކަމަށްވެސް އިވާ ވިދާޅުވި އެވެ. އެހެންކަމުން ކުރީ ސަރުކާރާއި ދެކޮޅުވީ ޒާތީ ވެގެން ނޫން ކަމަށް އޭނާ ވަނީ ހަނދުމަކޮށްދެއްވާފައެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް