ޑިމޮކްރެޓްސް ގެ ރައީސް ހަސަން ލަތީފާއި ހަމްދާ--
ހަބަރު
04 Dec 2023 | 13:38
ހަމްދާގެ ފުރަތަމަ ސިޔާސީ އިންތިޚާބުން %74 އާއެކު ބޮޑު ކާމިޔާބީއެއް!

ކުރީގެ ރައީސް، އަދި މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރާ ފަރާތްތަކުން އަލަށް އުފެއްދި ޕާޓީ، ޑިމޮކްރެޓްސް ގެ ތެރެއިން ފާހަގަ ކޮށްލެވުނު ހަމްދާ މުހައްމަދު ވާދަކުރެއްވި ފުރަތަމަ ސިޔާސީ އިންތިޚާބުގައި އޭނާއަށް ބޮޑު ކާމިޔާބީއެއް ލިބިވަޑައިގެންފިއެވެ. 

ނިމިދިޔަ ހޮނިހިރު ދުވަހު ބޭއްވުނު ޑިމޮކްރެޓްސް ގެ އެތެރޭގެ އިންތިޚާބުގައި ހަމްދާ ވާދަކޮށްފައިވަނީ އެ ޕާޓީގެ އަންހެން ލީޑަރ ގެ މަގާމަށެވެ. އެ މަގާމަށް ހަމްދާ އިންތިޚާބުވެލައްވާފައި ވަނީ، %74.54 ވޯޓާއެކެއެވެ. އިންތިޚާބުގައި ހަމްދާއާއި ވާދަކުރެއްވި ޝިޔާމާއަށް ލިބިލެއްވީ %25.46 އެވެ. 

މި ލިބުނު ކާމިޔާބީ އާއި ގުޅިގެން ހަމްދާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އޭނާގެ އުމުރުން 21 އަހަރު މިހާރު ވެފައިވާއިރު، އެ އިންތިޚާބަކީ ވާދަކުރެއްވި އެންމެ ފުރަތަމަ ސިޔާސީ އިންތިޙާބު ކަމަށެވެ.

އަދި އެ އިންތިޙާބުގައި ވާދަކުރި ހުރިހާ ކެންޑިޑޭޓުންގެ ތެރެއިން %74.54 އިންސައްތައިގެ ގެ ބޮޑު އަޤުލަބިއްޔަތަކާއިއެކު އިންތިޙާބު ކާމިޔާބު ކުރެވުމަކީ ހަމްދާގެ ސިޔާސީ ޙަޔާތުގެ މިހާ ތަނަށް ލިބިލެއްވި އެންމެ ބޮޑު ކާމިޔާބީ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"މިއީ ރައްޔިތުންގެ ލޯބި. ހަމްދާ ޒުވާނަކަށްވެ ހުރެ ސިޔާސީ މައިދާނަށް ނިކުތް ނިކުތުމުގައި ލީޑަރޝިޕް އަދި ޤްރާސްރޫޓް ލެވެލްގައި ހަމްދާ ބަލައިގަތް އެންމެހާ ބޭފުޅުންނަށް ހިތުގެ އެންމެ އަޑިން ޝުކުރު ދަންނަވަން. ވަރަށް އުފާ ވެއްޖެ. ވަރަށް ބޮޑަށް ޝުކުރިއްޔާ! ތިޔަ ކުރެއްވި އިތުބާރާއި އެއްވަރަށް މަސައްކަތް ކުރުމުގައި ކޮންމެ ދުވަަހަކުމެ ދެމި ހުންނާނަން!" ހަމްދާ ވިދާޅުވި އެވެ. 

ޑިމޮކްރެޓްސް ގެ އިއްޔެ ބޭއްވުނު އެތެރޭގެ އިންތިޚާބުގައި، ޕާޓީގެ ރައީސް ކަމަށް އިންތިޚާބު ވެވަޑައިގެންފައިވަނީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ. އަދި އަންހެން ނާއިބު ނައީސާ ކަމަށް އަލައިކާ އިންތިޚާބުވެވަޑައިގެންނެވި އިރު، ޒުވާން ނައިބު ރައީސަކަށް އިންތިޚާބުވެވަޑައިގެންނެވީ މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާނެވެ. އެ ޕާޓީގެ ޒުވާން ލީޑަރ އަކަށް އިންތިހާބު ވެވަޑައިގެންނެވީ މާސިހެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
ވިކްޓްރީ އާއި މާޒިޔާ ބައްދަލުކުރި ބޮޑު މެޗް އެއްވަރު
މެޗަށްފަހު ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު، ތާވަލްގެ އެއްވަނާގައި ޕޮއިންޓްގެ ގޮތުން އެއްވަރެއްގައި ވިކްޓްރީ އަދި ނިއު ކުރީގައި އުޅޭއިރު ދެ ޓީމަށްވެސް ލިބިފައިވަނީ 7 ޕޮއިންޓެވެ
10 Oct 2026
ސީޖޭޕީގެ މުޒާހަރާއަށް ދިޔަ މަގުމަތީ، މަހަތުމާ ގާންދީގެ މުނިކާފަ ދަރިކަލުން ފުލުހުންގެ ބެލުމުގެ ދަށަށް
ފުލުހުން ބުނީ އޭނާ ހައްޔަރެއް ނުކުރާކަމަށާއި، މުޒާހަރާއަށް ހުރަސް އެޅުމުގެ ގޮތުން ވަގުތީ ގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީކަމަށެވެ.
10 Oct 2026
ލޯނު އަދާކުރުމަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ
އެންމެފަހުން ދައްކާފައިވަނީ އިންޑިއާގެ ސްޓޭޓް ބޭންކު މެދުވެރިކޮށް ނަގާފައި އޮތް 150 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލް ފެސިލިޓީގެ އެންމެ ފަހު 50 މިލިއަން ޑޮލަރެވެ. އޭގެ ކުރިން އެޕްރީލް މަހުގެ ދެ ވަނަ ދުވަހު 524 މިލިޔަން ޑޮލަރުގެ ސުކޫކާއި 23 އެޕްރީލުގައި އިންޑިއާއަށް ދެއްކި 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފައިސާވެސް ހިމެނެއެވެ.
10 Oct 2026
އިންޑިއާގެ މަޝްހޫރު ކެއްކުންތެރިޔާ ކަބީތާ ސިންގް، ސަން ސިޔާމް އޮޅުވެއްޔަށް
ކަބީތާ ސިންގް އަކީ "ކަބީތާސް ކިޗެން" ގެ ނަމުގައި ޔޫޓިއުބުގައި 14.6 މިލިއަނަށް ވުރެ ގިނަ ސަބްސްކްރައިބާޒް ހޯދާފައިވާ، އިންޑިއާގެ ތަފާތު ކެއްކުންތައް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ގެނެސްދޭ ތަރިއެކެވެ. 2024 ވަނަ އަހަރު ނެޝަނަލް ކްރިއޭޓާޒް އެވޯޑްގެ ކާބޯތަކެތީގެ ކެޓެގަރީން އެންމެ މޮޅު ކްރިއޭޓަރުގެ ޝަރަފު ވެސް ކަބީތާ ހޯދާފައިވެއެވެ.
10 Oct 2026
އިސްރަށްވެހިންނަށް ލިބެންޖެހޭ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރަންޖެހޭ
އެކަމަނާ ވިދާޅުވީ ގައުމެއް މިއަދު މިހިސާބަށް ގެނެސްދިނުމުގައި އެންމެ ބޮޑު ގުރުބާނީއެއް ވީ ފަރާތްތަކަކީ އިސްރަށްވެހިން ކަމަށެވެ. ގައުމަށް ކުރިމަތިވި ކޮންމެ ބޮޑު ގޮންޖެހުމެއްގައި އެންމެ ބުރަ ބައި އެ ފަރާތްތަކުން އުފުލައި، ޒުވާން ޖީލުތައް ތަރުބިއްޔަތުކޮށް ހިދުމަތުގެ މައިދާނަށް ނެރެދީފައިވާ ކަމަށް ވެސް ވިދާޅުވިއެވެ
10 Oct 2026
ސްރީލަންކާއިން ސައުދީގެ ވެރިރަށަށް ކުރާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލައިފި
ސްރީލަންކާގެ ގައުމީ އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ފިޔަވަޅަކީ އެއާޕޯޓުގެ ސަލާމަތީ ކަންކަން އިތުރަށް ދިރާސާކޮށް، އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް ރައްކާތެރި މާހައުލެއް އޮތްތޯ ބެލުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ
10 Oct 2026
ރަޝިއާގެ ޑީސަލް ގަތުމަށް ޓްރަމްޕް ޕޫޓިންއާ އެކު އެއްބަސްވުމެއް ހަދައިފި
ޔޫކްރެއިންގެ ރައީސް ވޮލޮޑީމީރް ޒެލެންސްކީ ދެކޭ ގޮތުގައި މި ޑީލުގެ ސަބަބުން ރަޝިޔާއަށް އިތުރަށް މީހުން މެރުމާއި ދިގު މުއްދަތަކަށް ހަނގުރާމަ ކުރިއަށް ގެންދިޔުމަށް ފުރުސަތު ހުޅުވޭނެއެވެ.
10 Oct 2026
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި
އެ ޕާޓީން ކަނޑައަޅާފައިވާ ގޮތުގައި، މި އިންތިހާބުގައި ބައިވެރިވެވޭނީ މި އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އާ ހަމައަށް ޕާޓީގެ މެންބަރުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ.