ެިއިސްލާމިކް މިނިސްޓްރީއާއި ހައްޖު ކޯޕަރޭޝަނާއި ދެމެދު ދިޔަ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ/ހައްޖު ކޯޕަރޭޝަން
ހަބަރު
05 Dec 2023 | 08:34
ހައްޖުގެ ތައްޔާރީތަކާއި ގުޅޭގޮތުން ހައްޖު ކޯޕަރޭޝަނާއި މިނިސްޓްރީއާއި ދެމެދު މަޝްވަރާކޮށްފި

1445 ވަނަ އަހަރުގެ ހައްޖު މޫސުމަށް ވާންޖެހޭ ތައްޔާރީތަކާއި ގުޅޭ ގޮތުން ހައްޖު ކޯޕަރޭޝަނުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ބައްދަލުކޮށް ދެފަރާތުގެ ދެމެދުގައި މަޝްވަރާތަކެއް ކުރިއަށް ގެންގޮއްސިއެވެ. 

އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު، ޑރ މުހައްމަދު ޝަހީމް އަލީ ސައީދުގެ އިތުރުން ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ޝަކީލާއި އެ އިދާރާގެ އިސްވެރިން ހިމެނިވަޑައިގަންނަވާހެން ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި ވަނީ، ކުރިއަށް އޮތް ހައްޖު މޫސުމަށް ވާންޖެހޭ ތައްޔާރީތަކާއި ގުޅޭ ގޮތުން މަޝޤވަރާ ކުރެވިފައެވެ. 

މީގެ އިތުރުން ހައްޖު ފަންޑު ތަރައްގީކޮށް ކުރިއަރުގައި އެކަސީގެންވާ ހަރުދަނާ އުސޫލެއްގެ ތެރެއިން އެކަން ކުރިއަށް ގެންދިއުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން ދެފަރާތުގެ ދެމެދުގައި ވަނީ މަޝްވަރާތައް ބަދަލުކުރެވިފައެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ ސަރުކާރުގެ އިސްލާމިކް މިނިސްޓަރުކަމާއި ހަވާލުވެވަޑައިގަތުމަށް ފަހު ދެއްކެވި ވާހަކަފުޅެއްގައި ވަޒީރު ޝަހީމް ވަނީ، ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިއުމަށް ހުރިހާ ކޯޓާއެއް ހައްޖު ކޯޕަރޭޝަނަށް ދިނުމުގެ ވިސްނުންފުޅެއް ގެންގުޅުއްވާކަމަށެވެ. 

އެހެންނަމަވެސް މި ސަރުކާރަކުންވެސް އަދި އެ ވުޒާރާއަކުންވެސް އެއްވެސް އަމިއްލަ ކުންފުންޏަކަށް ދެރަވާނެ ކަމެއް ނުކުރާނެކަމުގައި ޑރ ޝަހީމް ވޮއިސްއަށް ދެއްވި އިންޓަރވިއުއެއްގައި ވަނީ ވިދާޅުވެފައެވެ.

ވުމާއެކު ރާއްޖެއަށް ހައްޖަށް މިހުން ގެންދިއުމަށް ލިބޭ ކޯޓާތައް ހައްޖު ކޯޕަރޭޝަނަށް ދިނުމާމެދު އާންމުންގެ ޚިޔާލު ހޯދުމަކުން ގެއްލުމެއް ނެތްކަމަށާއި އެ މަސައްކަތް ކުރުމާމެދު އާންމުންގެ ޚިޔާލަކަށް ހުށަހެޅުމުގެ ވިސްނުންފުޅު ގެންގުޅުއްވާކަމުގައި ވަޒީރު ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.