އިސްރާއީލުގެ އަނިޔާވެރި ސިފައިން ދަނީ ޣައްޒާގެ އިމާރާތްތަކަށް ބޮން އަޅައި ސުންނާފަތި ކުރަމުން--
ދުނިޔެ
05 Dec 2023 | 08:23
އިސްރާއީލުން އަނެއްކާވެސް ޣައްޒާގެ ހޮސްޕިޓަލްތަކަށް އަމާޒު ކޮށް ހަމަލާ ދޭން ފަށައިފި

އަނިޔާވެރި  އިސްރާއީލުގެ ސިފައިން  ޓެންކް ޝެލްތަކާއި މިސައިލްތައް ބޭނުންކޮށްގެން ޣައްޒާ އާއި އުތުރު ޣައްޒާގެ 14 ހޮސްޕިޓަލަކަށް ބޮމުގެ ހަމަލާތަކެއް ދީފިއެވެ.

އެންމެ ބޮޑަށް ހަމަލާ އަމާޒު ކޮށްފައިވަނީ ކަމާލް އަދުވާން، ޝިފާ މެޑިކަލް ކޮމްޕްލެކްސް، އަދި އަލްމުއަމަލާނީ ހޮސްޕިޓަލަށެވެ.

ފަލަސްތީނުގެ ނިއުސް އެޖެންސީތަކުން ބުނާ ގޮތުގައި ގެދޮރު ގެއްލިފައިވާ 10،000 އަށް ވުރެ ގިނަ މީހުން ވަނީ ރައްކާތެރިކަމަށްޓަކައި ކަމާލް އަދުވާން ހޮސްޕިޓަލްގެ ހިމާޔަތް ހޯދާފައެވެ. މި ހޮސްޕިޓަލުގެ ގޭޓު ކައިރިއަށް ބޮމުގެ ހަމަލާތައް އަމާޒު ކުރުމުގެ ސަބަބުން  4 މީހަކު ޝަހީދުވެ، އިތުރު 9 މީހަކު ޒަޚަމްވެފައިވެއެވެ.

އިތުރަށް ނިއުސް އެޖެންސީ ތަކުން ބުނި ގޮތުގައި އިސްރާއީލުން މިހާރު ޣައްޒާއަށް ދެމުންދާ ބޮމުގެ ހަމަލާތަކުގެ ސަބަބުން އެހޮސްޕިޓަލުގެ އެތެރެއާއި ބޭރުގައި 35 ހަށިގަނޑު ވަޅު ނުލެވި އެބަހުއްޓެވެ.

އިސްރާއީލު ސިފައިން ވަނީ ޣައްޒާގެ އަލް މުއަމަލާނީ ހޮސްޕިޓަލް ކައިރީގައި ހުރި އިމާރާތްތަކަށް ހަމަލާ އަމާޒު ކޮށްފައެވެ.

އިއްޔެ، ޣައްޒާގައި ހުންނަވާ ހެލްތު މިނިސްޓްރީގެ ތަރުޖަމާނު ވަނީ އިސްރާއީލުން ދިން ވަރުގަދަ ބޮމުގެ ހަމަލާތަކުގެ މަގުސަދަކީ ހޮސްޕިޓަލްތައް ހިދުމަތް ކަނޑާލުން ކަމަށް ބުނެފައެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ފަލަސްތީނުގެ ބައެއް ޑޮކްޓަރުން ޝަހީދުކޮށްލުމަށް މަސައްކަތްކޮށްފަ އެވެ. މީގެ އިތުރުން ޝިފާ މެޑިކަލް ކޮމްޕްލެކްސްގެ ޖެނެރަލް ޑިރެކްޓަރު ޑރ.މުހައްމަދު އަބޫ ސަލާމާ ހިމެނޭ ގޮތަށް 35 ޑޮކްޓަރުން ހައްދު ފަހަނަ އަޅާފައިވާ އިސްރާއީލުން ވަނީ ހައްޔަރުކޮށްފައެވެ.

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކަށް މަހަކަށް ވުރެ ގިނަ ދުވަސް ވެފައި ވާއިރު، މިހާތަނަށް އެހަމަލާތަކުގައި 15،523 އަށް ވުރެ ގިނަ މީހުން ޝަހީދުވެ، 41،316 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.