ރަތް ކަނޑުގައި ދަތުރު ކުރަމުން ދާ އިސްރާއީލުގެ ބޯޓުތަކަށް އަމާޒުކޮށް ހޫތީން އަންނަނީ ހަމަލާ ދެމުން--
ދުނިޔެ
05 Dec 2023 | 08:51
ރަތް ކަނޑުން ދަތުރު ކުރަމުން ދިޔަ އިސްރާއީލުގެ ބޯޓަކަށް ހަމަލާދީފި

ޔަމަނުގެ ހޫތީން ގެ ޖަމާޢަތުން ހަތިޔާރު އެޅި ޑްރޯނަކާއި ކަނޑުގެ ސިފައިންގެ މިސައިލެއް ބޭނުންކޮށްގެން ރަތް ކަނޑުން ދަތުރު ކުރަމުން ދިޔަ އިސްރާއީލުގެ ދެ ބޯޓަކަށް އަމާޒުކޮށް ހަމަލާ ދީފިއެވެ.

ޔުނިޓީ އެކްސްޕްލޯރަރާއި ނަމްބަރ ނައިން ކިޔާ ދެ ބޯޓަށް ހަމަލާ އަމާޒުކޮށްފައި ވަނީ އެ ދެ ބޯޓުން ކަނޑުގެ ސިފައިންގެ އިންޒާރުތަކަށް ދެކޮޅު ހެދުމުން ކަމަށް ރޮއިޓާސް ނިއުސް އެޖެންސީން ވަނީ ރިޕޯޓްކޮށްފަ އެވެ.

އިނގިރޭސި މެރިޓައިމް ސެކިއުރިޓީ ކުންފުނި އެމްބްރޭ ބުނީ ބަލްކް ކެރިއާ ބޯޓެއް ރަތް ކަނޑުގައި ދަތުރުކުރަމުން ދަނިކޮށް މަދުވެގެން ދެ ޑްރޯން އެއަށް ހަމަލާ ދީފައިވާ ކަމަށެވެ. އަދި ޔަމަނުގެ އުތުރުގެ ބަނދަރު ހުދައިދާގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް 101 ކިލޯމީޓަރު (63 މޭލު) ދުރުގައި ދިން ޑްރޯން ހަމަލާއެއްގައި އިސްރާއީލާއި ގުޅުން ހުރި އިތުރު ކޮންޓެއިނަރު އުފުލާ ބޯޓަކަށް ގެއްލުން ލިބިފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.

މީގެ އިތުރުންވެސް އެމެރިކާގެ ހަނގުރާމަ މަނަވަރަކާއި އެތައް ވިޔަފާރި ބޯޓުތަކަކަށް ވެސް ރަތް ކަނޑުގައި ހަމަލާތަކެއް ވަނީ އަމާޒުވެފައެވެ.

އޮކްޓޯބަރު ހަތް ވަނަ ދުވަހު ހައްދު ފަހަނަ އަޅާފައިވާ އިސްރާއީލުން ޣައްޒާއަށް ހަމަލާ ދޭން ފެށި ފަހުން ކަނޑުގެ ސިލްސިލާ ހަމަލާތައް ބޮޑުތަނުން އިތުރުވެދާނެ ކަމަށް އެމެރިކާގެ ޑިފެންސް ޑިޕާޓްމެންޓް ކަަމަށް ވާ ޕެންޓަގަން އިން ވަނީ ލަފާ ކޮށްފައެވެ.

ހޫތީންގެ ޖަމާޢަތުން އަންނަނީ ޑްރޯންތަކާއި މިސައިލްތައް ބޭނުންކޮށްގެން އަނިޔާވެރި އިސްރާއީލަށް ހަމަލާތައް އަމާޒު ކުރަމުންނެވެ. މިގޮތުން މިދިޔަ މަހު ޔަމަނުގެ ކަނޑުގެ ރަތް ކަނޑުގައި އިސްރާއީލާ ގުޅިފައިވާ ވެހިކަލް ޓްރާންސްޕޯޓް ބޯޓެއް ހޫތީން ވަނީ އަތުލައިގެންފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.