ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދުދީދީ-- ފޮޓޯ/މަޖިލިސް
ހަބަރު
05 Dec 2023 | 11:06
ފެނަކައިގެ މުވައްޒަފުން ވަކިކުރާ ކަމަށް ބުނެ މަޖިލީހަށް ކުއްލި މައްސަލައެއް!

ސިޔާސީ ނޫން ވަޒީފާތަކުން އާންމު ވަކި ނުކުރައްވާނެ ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ކެމްޕޭނުގައި ވެވަޑައިގެންނެވި ވައުދާ ޚިލާފަށް ފެނަކަ ކޯޕަރޭޝަނުން މުވައްޒަފުން ވަކިކުރަމުން ގެންދާ ކަމަށް ބުނެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

މި މައްސަލަ ހުށަހަޅުއްވާފައި ވަނީ، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދުދީދީ އެވެ.

މައްސަލަ ހުށަހަޅުއްވަމުން ހުސެއިން ވިދާޅުވީ، ރަށްރަށުގައި ގިނަ އަސާސީ ހިދުމަތްތަކެއް ދެމުން އަންނަ ފެނަކައިގެ މުވައްޒަފުން، ރައީސް މުޢިއްޒުގެ އެންގެވުމަށް ވަޒީފާއިން ވަކިކުރަމުންދާ ކަމަށެވެ.

އަދި އެކަން ސަރުކާރުން ކުރަމުންދަނީ، އަނިޔާވެރި ކަމާއި ބޭއިންސާފުން، ބަދަލުހިފުމުގެ ރޫހެއްގައި ކަމަށް ވިދާޅުވެ އެ އަމަލު މިހިނދުން މިހިނދަށް ހުއްޓާލުމަށް އޭނާ ވަނީ ގޮވާލާފައެވެ. 

މި މައްސަލަ މަޖިލީހަށް ހާޒިވެރުވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިވަޑައިގެންނެވި 33 މެންބަރުންގެ ވޯޓާއެކު މަޖިލީހަށް ބަލައިގަނެ މައްސަލައިގެ ބަހުސް ވަނީ ފަށާފައެވެ. 

އެގޮތުން މައްސަލައަށް ބަހުސް ކުރައްވަމުން މައްސަލަ ހުށަހެޅުއްވި މެންބަރު ހުސައިން ވަނީ އެ ބޭފުޅާ ތަމްސީލު ކުރައްވާ ދާއިރާއިންވެސް ގިނަ މުވައްޒަފުން ވަޒީފާއިން ކަނޑާލާފައިވާ ކަން ޚަބަރު ތަކުން ފެނިފައިވާ ކަން ފާހަގަކުރައްވާފައެވެ. 

"އަޅުގަނޑުގެ ދާއިރާ ފުވައްމުލަކުގަ ވެސް އަޅުގަނޑަށް ނޫހުން ފެނުނު 59 މުވައްޒަފުން ވަޒީފާއިން ވަކިކުރި މައްސަލަ، އެއީ ވަރަށް އާދައިގެ ކުޑަކުޑަ މުސާރަކޮޅެއް ލިބޭ މުވައްޒަފުން ކޮޅެއް" 

ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދުދީދީ

މެންބަރު ހުސައިން ވިދާޅުވީ މިހާރު ފެންނަމުންދަނީ ރައީސް މުއިއްޒުއަށް ވެރިކަން ކާމިޔާބު ކޮށްދެއްވުމަށް މަސައްކަތް ކުރެއްވި ފަރާތްތަކާއި އެފަރާތްތަކުގެ ޢާއިލާ ތަކަށް ވަޒީފާ ދެއްވައި، އާދައިގެ، ކުޑަ މުސާރު ލިބޭ އާންމު ރައްޔިތުން ވަޒީފާއިން ވަކިކުރަމުންދާ މަންޒަރު ކަމަށެވެ.

ހުސައިން މިފަދައިން ވިދާޅުވެފައި ވާއިރު، ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ތެރެއިން ފެނަކައަަށް ގިނަ އަދަދެއްގެ މުވައްޒަފުންތަކެއް ނަގާފައިވާ އިރު، އެ މުވައްޒަފުން ވަޒީފާއިން ވަކި ނުކުރައްވާނެ ކަމަށް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ