ތ. ވޭމަންޑޫ ވިޔަފާރިވެރިންނަށް ހާއްސަކޮށް އެރަށު ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ މައުލޫމާތު ދިނުމުގެ ޕްރޮގްރާމެ ގެ ތެރެއިން-- ފޮޓޯ: ޕޮލިސް
ހަބަރު
05 Dec 2023 | 13:43
ވައްކަމާއި މަކަރާއިހީލަތުން ރައްކާތެރިވުމަށް މައުލޫމާތުދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ވައްކަމުގެ މައްސަލަތަކާއި މަކަރާއިހީލަތުން ފައިސާއާއި މުދާ ހޯދުމުގެ މައްސަލަތަކުން ތ. ވޭމަންޑޫ ވިޔަފާރިވެރިންނަށް މައުލޫމާތުދިނުމުގެ ޕްރޮގްރާމެއް އެރަށު ޕޮލިސް ސްޓޭޝަނުން ކުރިޔަށް ގެންގޮސްފިއެވެ.

މިކަމާއި ބެހޭގޮތުން ދިވެހި ފުލުހުންގެ ހިދުމަތުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ މި ޑިސެމްބަރު މަހުގެ 3 އަދި 4 ވަނަ ދުވަހު ކަމަށެވެ.

މި ޕްރޮގްރާމްގައި އެ ބާވަތުގެ މައްސަލަތައް މަދުކުރުމަށްޓަކައި، ވިޔަފާރިތަކަށް ޒިޔާރަތްކޮށް ފުލުހުން ވަނީ މައުލޫމާތުދީފައިއެވެ. އެގޮތުން، ވައްކަމުގެ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި އެޅެންހުރި ފިޔަވަޅުތައް ބުނެދީ އަދި މަކަރާއި ހީލަތްހަދައި ފައިސާ ޓްރާންސްފަރ ކުރުމަށް ބުނާ މައްސަލަތަކުގައި އަމަލުކުރާނެ ރައްކާތެރި ގޮތްތައް އެ ފަރާތް ތަަކަށް ވަނީ ބުނެދީފައެވެ.

މި ޕްރޮގްރާމްގެ ތެރެއިން އެ ރަށުގައި ހިންގަމުންދާ ފިހާރަތަކާއި ސައިހޮޓާ އަދި ރެސްޓޯރަންޓުތަކަށް ޒިޔާރަތްކޮށް އެފަރާތް ތަކަށް މައުލޫމާތު ހިއްސާ ކޮށްފައިވާ  ކަމަށް ވެސް ފުލުހުންގެ ހިދުމަތުން ނެރުނު ނޫސް ބަޔާނުގައި ވެއެވެ.

އަދި މިފަދަ މައްސަލަތައް ފުލުހުންނަށް ރިޕޯޓުކުރުމަށް ގުޅާނެ ނަމްބަރުތަކާއި، ބެންކަށް މިފަދަ މައުލޫމާތުތައް ހިއްސާކުރެވޭނެ ނަމްބަރު ހިއްސާކޮށް،ފިހާރަތަކުގައި ބޭނުންކުރާ މޮބައިލް ފޯނުގެ މޮޑެލް އާއި ސިމް ނަމްބަރާއި އައިއެމްއީ ނަމްބަރު ނަގައި އެ މައުލޫމާތު ފުލުހުން ވަނީ މި ޕްރޮގްރާމް ގެ ތެރެއިން ރައްކާކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.