މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ޠާރިގު-- ފޮޓޯ/މަޖިލިސް
ހަބަރު
05 Dec 2023 | 13:53
މަސްވެރިކަމުގެ ދާއިރާ "ފުނޑިގެން" ދިޔައީ މަސްވެރި ޒުވާނުން ސިޔާސީ ބޭނުމަށް ފެނަކައަށް ގެންދިޔުމުން: ޠާރިގު

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ "ފުނޑިގެން" ގޮސްފައިވަނީ ސިޔާސީ ބޭނުމަށް، މަސްވެރިކަން ކުރަމުން އައި ޒުވާނުންނަށް ފެނަކައިން ވަޒީފާދިނުމުން ކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ޠާރިގު ވިދާޅުވެއްޖެއެވެ. 

ސިޔާސީ ނޫން ވަޒީފާތަކުން އާންމު ވަކި ނުކުރައްވާނެ ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ކެމްޕޭނުގައި ވެވަޑައިގެންނެވި ވައުދުފުޅާއި ޚިލާފަށް ފެނަކަ ކޯޕަރޭޝަނުން މުވައްޒަފުން ވަކިކުރަމުން ގެންދާ ކަމަށް ބުނެ މަޖިލީހަށް ހުށައެޅި ކުއްލި މައްސަލައަށް ވާހަކަދައްކަވަމުން ތާރިގު ވިދާޅުވީ ފެނަކައިން ވަކި ކޮށްފައިވަނީ، ކޮންޓްރެކްޓް އުސޫލުން އިންޖީނުގެ އެޅުން ފަދަ ކަންކަން ކުރަން ނަގާފައި ތިބި މުވައްޒަފުން ތަކެއް ކަމަށެވެ. އަދި އެ މުވައްޒަފުންގެ ކޮންޓްރެކްޓްގެ މުއްދަތު ހަމަ ވުމުން އެ މުވައްޒަފުން ވަޒީފާއިން ވަކިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

"ފެނަކަ ކޯޕަރޭޝަނަކީ ދައުލަތުގެ ނިޒާމުގެ ތެރެއިން ވައްކަން ކުރުމަށް މިތާ ތިބި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއް ވިޔަފާރި ކުރުމަށްޓަކައި ހަދާފައި އޮތް ކުންފުންޏެއް. އެތަނުގެ ދަރަނި މިހާރު އެހުރީ ތިން ބިލިއަން ރުފިޔާގައި. ވީމާ އިންޖީނުގެ އަޅާ ނިމުނީމާ އެތާނގައި ތިބި ކޮންޓްރެކްޓަރ އިންގެ މަސައްކަތް ނިމޭނެ. އެކަން ނިމުނީމާ ވަޒީފާ ނިމޭނެކަން އެ މުވައްޒަފުންނަށްވެސް އެނގޭނެ."

މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ޠާރިގު 

ޠާރިގު އިތުރަށް ވިދާޅުވީ ދިވެހިރާއްޖޭގެ ލޭ ނާރު ކަމުގައިވާ މަސްވެރިކަން ފުނޑިގެން ދިޔައީވެސް، ކުޑަ މުސާރައެއް ދިނުމަށްފަހު ފެނަކަށް ޒުވާނުން ނަގާފައި ބެއިތިއްބުމުގެ ސަބަބުން ކަމަށެވެ. އޭގެ ސަބަބުން މުޅި އިގްތިސާދު ވެސް ފުނޑިގެން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

''އިގުތިސާދީ ނިޒާމުގެ ތެރޭގައި މަސްވެރިކަމުގެ ދާއިރާ ފުނޑިގެން މި ދިޔައީ ފެނަކައަށް ފަސްހާސް ހަ ހާސް ރުފިޔާގެ މުސާރަ ދީފަ މުވައްޒަފުން ގެންދާތީ. އެތައް ކަންނެލި ދޯންޏެއް އަޅާފަ ފެނަކަ ކޯޕަރޭޝަނުން ކޮންޓްރެކްޓް އުސޫލުން މުސާރަ ދީފަ ބޭތިއްބީމަ ރާއްޖޭގެ އިގުތިސާދު ތެރޭގެ ބައެއް ސެކްޓަރ ތައް ފުނޑިގެން އެދަނީ."

މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ޠާރިގު 

މިއާއެކު ޠާރިގު ވިދާޅުވީ، ކަންނެލި މަސްވެރިކަން ކޮށްގެން ޒުވާނުންނަށް ބޮޑު މުސާރަ ލިބެން އޮއްވައި، ފެނަކައިން ވަޒީފާ ދިނުމަށްފަހު، އެ ޒުވާނުން ގޭގައި ކުޅިވަރު ކުޅެން ބައިތިއްބާ، ކުރީ ސަރުކާރުން ވަނީ ޒުވާނުން ކަންނެތް ބަޔަކަށް ހަދާފައި ކަމަށެވެ. 

"ރާއްޖޭގެ ޒުވާން އާބާދީއެއް އެ ތިބެނީ ކަންނެތް ބަޔަކަށް ބަދަލު ކޮށްފައި. ހަމަ ފެނަކައަށް ސިޔާސީ ބޭނުމަށްޓަކައި 7000 ރުފިޔާގެ މުސާރަ ދީގެން. އެކުދިންނަށް 20,000 ރުފިޔާ ލިބެން އޮތްތަނުގައި، މައިންބަފައިން ކައިރީ ތިބެވޭނޭ ކިޔާފައި 7000 ރުފިޔާ ދީފައި، މުޅި ރާއްޖޭގެ ޒުވާން އާބާދީއެއް ކަންނެތް ކޮށްލާފައި، ހަމައެކަނި ޕަބްޖީ ކުޅެން ގޭތެރޭގައި ބައިތިއްްބާފައި. މި ސިޔާސީ ބޭފުޅުން، ނާޖާއިޒް ފައިދާ ނަގަންވެގެން ސިޔާސީ ބޭނުމަށް ވަޒީފާ ތަކެއް ދީފައި. މުޅި ރާއްޖެ މިދަނީ ބަނގުރޫޓް ވުމާއި ދިމާއަށް.''

މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ޠާރިގު 

ޠާރިގު މިހެން ވިދާޅުވެފައި ވާއިރު، ދައުލަތުގެ ޔޫޓިލިޓީ ކުންފުންޏެއް ކަމަށްވާ ފެނަކަ ކޯޕަރޭޝަނުގެ ދަރަނި 4 ބިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރާފައިވާއިރު، އެކުންފުނިން ފައިސާ ދޭންޖެހި ނުދީ ހުރި އަމިއްލަ ވިޔަފާރިތަކުގެ އަދަދު 1،149 އަަށް އަރާކަމުގަ އައު ސަރުކާރުން ވަނީ ހާމަކޮށްފައެވެ. 

އަދި ފެނަކައިގެ ދަރަނީގެ ހާލަތު އިންތިހާއަށް ގޯސްކޮށް އޮތްއިރު އެކުންފުނިން ވަނީ ގިނަ އަދަދެއްގެ އައު ވަޒީފާ އުފައްދާފައިވާ ކަމަށާ، އެގޮތުން 2018 ވަނަ އަހަރުގެ ނިޔަލަށް އެ ކުންފުނީގައި 2756 މުވައްޒަފުން ތިބިއިރު 2023 ވަނަ އަހަރުގެ މިހާތަނަށް އެ ކުންފުނީގައި 8126 މުވައްޒަފުން ތިބިކަން އައު ސަރުކާރުން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Jul 2026
ތިން ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި
މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ދަފްތަރު. ނަންބަރު ދރ 071 / މާލެ، ފަތުޙު އާދަމް ޙަސަންފުޅު (44އ) އާއި، ބަންގްލަދޭޝް، ޝާހު އަލްތަބުރް ރަޙްމާން (31އ) އެވެ.
08 Jul 2026
ރައީސް ލިޔުންތެރިންނަށް ތަހުނިޔާ ފޮނުއްވައިފި
34 ވަނަ ލިޔުންތެރިންގެ ދުވަހުގެ މުނާސަބަތުގައި ރައީސް މުޢިއްޒު ލިޔުންތެރިންނަށް ތަހުނިޔާ ފޮނުއްވައި ޙައްޤު ބަސް ފެތުރުމަށާއި ޤައުމަށް ފާގަތިވާނެ ގޮތަށް ލިޔުމަށް ގޮވާލައްވައިފިއެވެ.
08 Jul 2026
ސިއްޙީ ފަރުވާ ހޯދަން ބޭރަށްދާ މީހުންގެ އަދަދު މަދު ކުރެވިއްޖެ
2023 ވަނަ އަހަރާ ބަލައި، އާސަންދަ މެދުވެރިކޮށް ސިއްޙީ ފަރުވާ ހޯދަން ރާއްޖެއިން ބޭރަށްދާ މީހުންގެ އަދަދު މަދު ކުރެވިފައިވާ ކަމަށް ސިއްޙަތާއި ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.
08 Jul 2026
އުރީދޫ އެޕްގެ އޮޓޯޕޭ އިން ފައިސާ ދައްކާ ދުވަސް އިޚްތިޔާރުކުރެވޭ ގޮތް ހަދައިފި
އުރީދޫ އެޕްގެ އޮޓޯޕޭ ފީޗާގެ ދަށުން ކަސްޓަމަރުން ބޭނުންވާ ތާރީޚެއްގައި އޮޓޮމެޓިކުން ބިލްތަކަށް ފައިސާ ދެއްކުމާއި ރީޗާޖްކުރެވޭނެ ގޮތް ހަމަޖައްސައިދީފައިވެއެވެ.
08 Jul 2026
އާޖެންޓީނާ އާއި މިޞްރު ބައްދަލުކުރި މެޗުގެ ވީއޭއާރުގެ މައްސަލަތައް
އެޓްލާންޓާ ސްޓޭޑިއަމްގައި އަންގާރަ ދުވަހު ކުޅުނު ވޯލްޑް ކަޕްގެ ގަދަ 16 ގެ ފޯރިގަދަ މެޗުގައި، މިޞްރުގެ މައްޗަށް 3-2 އިން ކުރިހޯދައި އާޖެންޓީނާ މުބާރާތުގެ ކުއާޓާ ފައިނަލަށް ވަނީ ދަތުރުކޮށްފައެވެ.
08 Jul 2026
ވޯލްޑް ކަޕް ކުއާޓާ ފައިނަލްގެ ޓިކެޓް އަގުތައް ބޮޑުތަނުން ވެއްޓިއްޖެ
ޓިކެޓް ވިއްކާ މަޝްހޫރު ކުންފުންޏެއް ކަމަށްވާ "ޓިކްޕިކް" އިން ހާމަކުރި ގޮތުގައި، މި އަންނަ ހުކުރު ދުވަހު ކުޅުމަށް ހަމަޖެހިފައިވާ އެ މެޗުގެ އެންމެ އަގުހެޔޮ ޓިކެޓެއްގެ އަގު ކުރިން 2,950 ޑޮލަރުގައި ހުރުމަށްފަހު، އަންގާރަ ދުވަހުގެ މެންދުރުފަހާ ހަމައަށް ވަނީ 1,200 ޑޮލަރަށް ތިރިވެފައެވެ.
08 Jul 2026
މިސްރު ކޯޗުގެ އުދާސްތައް ބަންޑުންކޮށްލައިފި
އެޓްލާންޓާގައި ކުޅެވުނު ވޯލްޑް ކަޕްގެ ގަދަ 16 ގެ ފޯރިގަދަ މެޗަށްފަހު، މިޞްރުގެ ކޯޗު ހުސާމް ހަސަން ވަނީ އާޖެންޓީނާ އަތުން ބަލިވި މެޗުގައި އިންސާފުން ބޭރުން ކަންތައްތަކެއް ހިނގާފައިވާ ކަމަށް ބުނެ ވަރަށް ބޮޑަށް ފީފާއަށް ފާޑުކިޔާފައެވެ.
08 Jul 2026
ކޮލަމްބިއާ ބަލިކޮށް ސްވިޒަރލޭންޑުން ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދައިފި
ވަރލްޑްކަޕް ކުއާޓާ ފައިނަލުގެ ޖާގައެއް ސްވިޒަރލޭންޑުން ހޯދިއިރު މިއީ ވޯލްޑް ކަޕް ތާރީޚުގައި އެޓީމް ޕެނަލްޓީ ޝޫޓްއައުޓަކުން ހޯދި ފުރަތަމަ މޮޅެވެ