ޗެންނާއީގެ މަގެއްގައި ފެންބޮޑުވެފައި، މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރިއަށް ދަނީ. ފޮޓޯ:އަލްޖަޒީރާ
ދުނިޔެ
05 Dec 2023 | 16:29
އިންޑިޔާގެ ޗެންނާއީގައި ފެންބޮޑުވެ ބަޔަކު މަރުވެއްޖެ!

އިންޑިޔާގެ ދެކުނުގެ ސަރަހައްދުތަކަށް އައި ތޫފާން މިޗިގަން ގައި އެސަރަހައްދަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމެގެ ސަބަބުން ބަޔަކު މަރުވެއްޖެއެވެ.

އިންޑިޔާގެ ދެކުނުގެ އަންދަރް ޕްރަދޭޝް އަށްވެސް މި ތޫފާނުގެ އަސަރު ކޮންމެވެސް ވަރަކަށް ކޮށްފައިވެއެވެ. ނަމަވެސް ތޫފާނުގައި އެންމެ ބޮޑަށް އަސަރުކޮށްފައިވަނީ ތަމިލް ނާޑޫގެ ޗެންނާއީ އަށެވެ.

ތޫފާން މިޗިގަން އެރުމުގެ ސަބަބުން ކުރި ވިއްސާރައިގައި ފެންބޮޑުވެގެން 4 މީހަކު ވަނީ މަރުވެފައި ކަމަށް އަލްޖަަޒީރާގައި ވަނީ ބުނެފައެވެ.

އަލްޖަޒީރާގައި ބުނެފައިވަނީ ވިއްސާރައިގެ ސަބަބުން ފެންބޮޑުވެ އިންޑިޔާގެ އެންމެ ބާރުބޮޑު އެއަރޕޯޓަށްވެސް ވަނީ ފެންވަދެފައި ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެއެއަރޕޯޓް ބަންދުކުރަން ޖެހިފައިވާ ކަމަށާއި، ގިނަ ފެކްޓްރީ ތަކެއްވެސް ބަންދު ކުރަން ޖެހިފައިވާ ކަަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ.

ޗެންނާއީގެ ގިނަ ސަރަހައްދުތަކެއްގައި ކަކޫތާ ފެނަށް ފެންބޮޑުވެފައިވާ ކަމަށާއި، ކާރުތަކާއި އެހެނިހެން ވެހިކަލްތަކަށްވެސް ފެން ބޮޑުވުމުގެ ސަބަބުން ވަނީ ގެއްލުންތަކެއް ލިބިފައެވެ.

ތުފާނުގެ ސަބަބުން ތަމިލް ނާޑޫ އާއި އަންދަރް ޕްރަދޭޝްގެ މޫސުމާއި ބެހޭ އިދާރާއިން ވަނީ އެންމެ މަތީގެ ދަރަޖައިގެ އެލާޓް ނެރެފައެވެ.

ފެންބޮޑުވުމުގެ ސަބަބުން ގިނަ ބަޔަކު ހާލުގައި ޖެހިފައިވާއިރު، ގިނަ ޢަދަދެއްގެ ބަޔަކު ރައްކާތެރި ސަރަހައްދުތަކަށް ވަނީ ބަދަލުކޮށްފައެވެ.

ވިއްސާރައިގެ ސަބަބުން ފެންބޮޑުވެފައިވާތީ ޓަމިލް ނާޑޫގެ 4 ޑިސްޓްރިކެއްގެ ސްކޫލްތަކާއި ކޮލެްޖްތައް ވަނީ ސަރުކާރުން ވަކި އެއްޗެއް އަންގަންދެން ބަންދު ކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.