ޣައްޒާގެ ހަލާކުވެ ފުނޑުފުނޑުވެފައިވާ އިމާރާތެއް. ފޮޓޯ: ޤުދުސް ނެޓްވޯކް
ދުނިޔެ
05 Dec 2023 | 18:32
ޣައްޒާގެ މީހުންދިރިއުޅޭ ތިން ލައްކަ ތަނެއް ވަނީ ހަނގުރާމައިގައި ހަލާކުވެފައި!

އިޒްރާއިލްގެ ޔަހޫދީން ފަލަސްޠީނުގެ ޣައްޒާއަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން މިހާތަނަށް ޣައްޒާގެ މީހުން ދިރިއުޅޭ ތަނެއް ހަލާކުވެއްޖެއެވެ.

އަލްޖަޒީރާގައި ބުނެފައިވަނީ އިޒްރާއިލްގެ ހަމަލަތަކުގެ ސަބަބުން ޣައްޒާގެ މީހުން ދިރިއުޅޭ ތިން ލައްކައަށްވުރެ ގިނަ ތަނެއް ހަލާކުވެފައި ކަމަށެވެ. އަދި އެއީ ޣަައްޒާގެ މީހުން ދިރިއުޅޭ ތަންތަނުގެ 60 އިންސައްތަ ކަމަށެވެ.

އިޒްރާއިލްގެ ހަމަލާތަކުގެ ސަބަބުން ޣައްޒާއަށް ޢުމްރާނީ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

އެގޮތުިން ޣައްޒާގެ 167 އަޅުކަން ކުރުމަށް ބޭނުންކުރާ ޢިމާރާތެއް ހަލާކުވެފައިވާ ކަމަށާއި 11 ބޭކަރީ އެއް ހަލާކުވެފައިވާ ކަމަށެވެ.

މީގެ އިތުރުން ތަޢުލީމު ދިނުމަށް ބޭނުންކުރާ 339 ޢިމާރާތަކަށް ވަނީ ގެއްލުންދީފައި ކަމަށެވެ. 35 ހޮސްޕިޓަލަކަށް ހަލާކުވެ ގެއްލުންވެފައިވާ ކަމަށެވެ.

މީގެ އިތުރުން 87 އެމްބިޔުލާންސް އަކަށް ގެއްލުން ވެފައިވާކަމަށްވެސް އަލްޖަޒީރާގައި ބުނެފައިވެއެވެ.

އިޒްރާއިލްގެ ހަމަލާތަކުގެ ސަބަބުން މިހާތަނަށް ޣައްޒާގެ 15،899 މީހަކު ވަނީ ޝަހީދުވެފައެވެ. 7 ދުވަހުގެ މެދުކެނޑުމަކަށްފަހު އިޒްރާއިލުން ވަނީ އަނެއްކާވެސް ޣައްޒާގެ އާންމުން އުޅޭ ސަރަހައްދުތަކަށް ހަމަލާދޭން ފަށައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.