ހުޅުމާލެ ހިޔާ ފްލެޓް---ފޮޓޯ: މިހާރު
ހަބަރު
05 Dec 2023 | 19:02
ކުލި ނުދެއްކިގެން އަރާފައިވާ ޖޫރިމަނާތައް މާފުކޮށްދިނުމަށް ނިންމައިފި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިމާރާތް ކޮށްފައިވާ ހައުސިން ޔުނިޓްތަކަށް ކުލި ނުދެއްކިގެން އަރާފައިވާ ޖޫރިމަނާތައް މާފުކޮށްދެއްވާނެ ކަމުގައި ރައީސް, ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެގޮތުން ކުލި ނުދެއްކިގެން ޖޫރިމަނާ އަރާފައިވާ ހުރިހާ ފަރާތްތަކުގެ ޖޫރިމަނާ މާދުކޮށްދެއްވާނެ ކަމަށާއި އެއީ ސަރުކާރުގެ ވައުދެއް ކަން ފާހަގަ ކުރައްވައި އެކަން ތަންފީޒު ކުރައްވާނެ ކަމުގައި މިއަދު ރައީސް އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޑރ މުއިއްޒު ވަނީ ވިދާޅުވެފައެވެ. 

އެގޮތުން އެއްވެސް ތަނެއްގައި އެގްރީމެންޓެއްގެ ދަށުން ލިބިފައިވާ ފްލެޓެއްގެ ކުލި ނުދެއްކި އަރާފައިވާ ހުރިހާ ޖޫރިަމާއެއް މައާފުކޮށްދެއްވާނެ ކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ. 

އެއީ ހުޅުމާލޭ, މާލެ, ވިލިމާލެ އަދި ރާއްޖޭގެ އެއްވެސް ތަނެއްގަ ހެދިފަ އޮތް އެގްރީމެންޓެއްގެ ތެރެއިން ލިބިފައިވާ އެއްވެސް ސޯޝަލް ހައުސިން ޔުނިޓެއްގެ ކުލި ނުދެއްކިގެން ޖޫރިމަނާއެއް އަރާފައިވާނަމަ, ޖޫރިމަނާ މާފުކޮށްދޭނަން

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު 

މީގެ އިތުރުން ރައީސް ވިދާޅުވީ، ކުލީގެ ނުދެއްކި ބާކީ ހުރި އަދަދުތައް އެގްރީމެންޓް ހެދިފައިވާ ފަރާތަކާއި މަޝްވަރާ ކުރެވިގެން މަހުން މަހަށް ބަހާލައިގެން ދެއްކޭ ގޮތަށް ލުއި ނިޒާމެއް ގާއިމު ކޮށްދެއްވާނެކަމުގައެވެ.

އެއީ ކަންނޭނގޭ ދެވޭނެ އެންމެ ބޮޑު ލުއިއަކަށްވާނީ ޖޫރިމަނާ އެއް ނޯންނާނެ. އެއީ އަޅުގަނޑު ހިތުން އެންމެ ބޮޑު ލުޔަކަށް ދެވޭނެ ކަމަކީ. އަދި ވަރަށް ބޮޑު އެމައުންޓެއް ޕެންޑިންގަ އޮވެއްޖެއްޔާ އެވެސް މަހުން މަހަށް ދެއްކޭނެ ގޮތަކަށް އާ އެގްރީމެންޓެއް ހެދޭ ގޮތް ހަދައިދޭނަން

ޑ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު

ކުލި ނުދެއްކިގެން އަރާފައިވާ ޖޫރިމަނާތައް މާފުކޮށްދޭން ރައީސް ވިދާޅުވެފައިވާއިރު, ހިޔާ ފްލެޓްތަކާއި ވިނަރެސް ފްލެޓްތަކުގެ އިތުރުން ވެސް ރަށްތަކުގައި އިމާރާތް ކޮށްފައިވާ ހައުސިން ޔުނިޓްތަކަށް މަހުން މަހަށް ދައްކާ ކުލި ވެސް މިއަދު ރައީސް ވަނީ ކުޑަކުރިންކަން އިއުލާނު ކުރައްވާފައެވެ.

އެގޮތުން އަތޮޅުތެރޭގެ ރަށްރަށުގައި ގާއިމްކޮށްފައިވާ ހައުސިންގް ޔުނިޓްތަކުގެ އަގު 5000ރ ން 3330 ރ ން ކުޑަކުރުމަށް ނިންމާފައިވާކަމުގައި މިއަދު ރައީސް ޑރ މުހައްމަދު މުޢިއްޒު ވަނީ އިއުލާނުކުރައްވައިފައެވެ. 

ކޮމެންޓް
އަހްމަދު
މައްސަލައެއް ނެތް. ދިރިއުޅޭނެ ތަނެއް ނުލިބޭ މީޙާ މަރުވާންވީދޯ؟
05 Dec 2023
ރައްޔިތުމީހާ.
ތަންތަން ލިބިފައި ތިބި އެންމެނަށް މޮޅުގޮތް. ލިއުމެއް ދިނީމައި އެހިފައިގެން ތަންތަނަށް ކުލިދައްކައިގެން ތިބޭތާ މިހާރު 5 އަހަރު ފާއިތުވެއްޖެ. މިމީހުންނަށް އެއްވެސް ގޮތެއް އަދިވެސް ހަމަޖެހޭނެ ކަމުގެ އިޝަރާތެއްވެސް ނެތް.
06 Dec 2023
ގުޅޭ ލިޔުންތައް
05 Oct 2026
ވިއެޓްނާމަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު 20 އަހަރަށް ޖަލަށް
ވިއެޓްނާމަށް ޣައިރުޤާނޫނީ ގޮތެއްގައި މަސްތުވާތަކެތި އެތެރެކުރި ދިވެހި ރައްޔިތަކު 20 އަހަރަށް ޖަލަށްލުމަށް އެ ޤައުމުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ. މި ޙުކުމް އިއްވާފައިވަނީ ވިއެޓްނާމްގެ ޚާން ހުއާ ޕްރޮވިންސްގެ ޕީޕަލްސް ކޯޓުންނެވެ.
05 Oct 2026
ދަށް ފެންވަރުގެ ގޭސް ރެގިއުލޭޓަރު މަނާކުރަނޫ
ފެންވަރު ދަށް ގޭސް ރެގިއުލޭޓަރު ބޭނުންކުރުން މަނާކުރުމަށް މަސައްކަތްކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެއެވެ. އަލިފާނުގެ ހާދިސާތައް ގިނަވުމުގެ ސަބަބުތަކުގެ ތެރޭގައި ރެގިއުލޭޓަރުގެ ފެންވަރު ދަށްވުން ހިމެނެއެވެ.
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.