ޝަހީދު ވެފައިވާ ހަށިތައް ވަޅުނުލެވި އަދްވާނީ ހޮސްޕިޓަލްގެ ބޭރުގައި-- ފޮޓޯ: އަލް ޖަޒީރާ
ދުނިޔެ
05 Dec 2023 | 20:14
އިސްރާއިލް ސިފައިން ކަމަލް އަދްވާނީ ހޮސްޕިޓަލް ވަށައިލައި، ބިރުވެރިކަން ފެތުރިފައި!

އިސްރާއީލުގެ ސިފައިން ފަލަސްތީނުގެ ޣައްޒާގެ އުތުރުގެ ކަމާލް އަދުވާން ހޮސްޕިޓަލް ވަށާލާފައިވާއިރު، އެ ހޮސްޕިޓަލް ތެރޭގައި އާންމުން ބިރުވެރިކަންމަތީ ތާށިވެފައި ތިބި ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ފެސިލިޓީއާ ކައިރި އިސްރާއީލު ސިފައިން ކުރަމުންދާ ހަޅުތާލުތަކުގައި 100 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށްވެސް އެ މިނިސްޓްރީގެ  ޑިރެކްޓަރު ޖެނެރަލް މުނީރު އަލް ބުރްޝް ކަމާލް މައުލޫމާތު ދެއެވެ.

"އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ހޮސްޕިޓަލްގެ ހުރިހާ ފަރާތެއް ވަނީ ވަށާލާފަ.  ބަޑިއާއި އާޓިލަރީ ޝެލްތައް ވަނީ ހޮސްޕިޓަލްތަކަށް އަމާޒުކޮށްފައި.ބަލި މީހުންނާއި އަނިޔާވެފައިވާ މީހުންނާއި ހޮސްޕިޓަލުގައި ހިޔާވަހިކަން ހޯދި މީހުން ތިބީ ބިރުވެރިކަމުގެ ތެރޭގައި." 

 އަލް ބުރްޝް ވިދާޅުވި އެވެ.

 ހޮސްޕިޓަލުން ބޭރަށް ނުކުތުމަށށް މަސައްކަތް ކުރާ މީހުންނަށް އިސްރާއީލުގެ ސްނައިޕަރުން ހަމަލާ ދޭތީ ކަމާލް ހޮސްޕިޓަލްގެ ގޯތިތެރޭގައި ވަޅުނުލެވި ކަފުން ކޮށްފައިވާ ޝާހީދުންގެ ހަށިތައް ވަނީ އަތުރާލެވިފައެވެ. 

 ކަމާލް އަދުވާން ހޮސްޕިޓަލް ތެރޭގައިވެސް އަލްޝިފާ ހޮސްޕިޓަލް އާއި އިންޑޮނޭޝިއަން ހޮސްޕިޓަލް ގައި  ހިނގި ގޮތަށް ޤަތުލުއާންމެއް ހިނގައިދާނެތީ، އެކަމާއި އަލް ބުރްޝް ވަނީ  ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.