ހައްދުފަހަނަ އަޅާފައިވާ އިސްރާއީލުން ދަނީ ފަލަސްތީނުގެ ގެތަކަށްވެސް ހަމަލާދެމުން--
ދުނިޔެ
06 Dec 2023 | 08:14
"ފާއިތުވެދާ ކޮންމެ މިނެޓަކީ މިހާރު އަހަރެމެންގެ އެންމެ ފަހު ވަގުތުކޮޅު"

ފާއިތުވެގެންދާ ކޮންމެ މިނެޓަކީ ޣައްޒާގެ ރައްޔިތުންގެ އެންމެ ފަހު ވަގުތުކޮޅު ކަމަށާއި  އޮތް ހަމައެކަނި ގޮތަކީ "މަރު ގަބޫލުކުރުން" ކަމަށް ޣައްޒާގެމެޑިކަލް އެއިޑް ފޯ ފަލަސްތީނު (އެމްއޭޕީ) ގެ އެޑްވޮކޭޝަން އެންޑް ކޮމިއުނިކޭޝަންސް އޮފިސަރު ތަރުނީމް ހައްމާދު ވިދާޅުވެއްޖެއެވެ.

"އަޅުގަނޑަށް ހީވަނީ، އަޅުގަނޑުމެންނަށް ބާކީ އޮތީ އެއް ގޮތެއްހެން، އެއީ މަރު ޤަބޫލުކުރުން. އަޅުގަނޑުމެން އެހެން ހިސާބަކަށް ބަދަލުވިޔަސް ބަދަލުވިޔަސް އެކަން ބަދަލެއް ނުވާނެ. މިހާރު ކޮންމެ މިނެޓަކީ އަހަރެމެންގެ އެންމެ ފަހު މިނެޓް"

ހައްމާދު ވިދާޅުވި އެވެ.

ހައްމާދުގެ ގޭގައި އާއިލާގެ 45 މީހަކު ހިޔާވަހިކަން ހޯދަމުންދާއިރު، އޭގެ ތެރޭގައި 15 ކުޑަކުދިން ހިމެނޭކަމަށް ސީއެންއެން އިން ވަނީ ރިޕޯޓްކޮށްފައެވެ.  ހައްމާދުގެ ގެ ހުންނަނީ ޣައްޒާގެ ދެކުނާއި ވަކިކުރާ ހިސާބުގައެވެ، އައި އިސްރާއީލުގެ ޓެންކްތަކާ ދެތިން މޭލު ދުރެވެ. ޣައްޒާގެ މައި އުތުރުން ދެކުނަށް ދާ މަގާއި ކަނޑުގެ އައްސޭރިފަށުން ވެސް ބޮމާއި ޓެންކް ބޮން ގޮއްވާ އަޑު ކެނޑިނޭޅި އިވޭކަމަށް ހައްމާދު ވިދާޅުވި އެވެ.

"އެއްވެސް އެހީއެއް ނުވަތަ ކާނާއެއް ނުދެވޭ، ތަކެތީގެ އަގުތައް އުޑުމައްޗަށް އަރަމުންދެޔޭ ބުނުމަކީ ވެސް އަންޑަސްޓޭޓްމަންޓް އެއް. ކުރިން ލޮނު ކިލޯއެއްގެ އަގަކީ 0.25 ޑޮލަރު. މިހާރު އެއީ 4.25 ޑޮލަރެވެ. ފުށް ކިލޯއެއްގ އަގަކީ މިހާރު 60 ޑޮލަރު. ކުރިން 7 ޑޮލަރު.”

ހައްމާދު ވިދާޅުވިއެވެ.

އަންގާރަ ދުވަހު ނޯވޭގެ ރެފިއުޖީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ޖޭން އެގޭލެންޑް ވިދާޅުވީ ޣައްޒާގައި އެހީގެ ހުރިހާ އޮޕަރޭޝަންތަކެއް ގާތްގަނޑަކަށް ހުއްޓާލަން އެ ޖަމިއްޔާއަށް މަޖުބޫރުވެފައި ވަނީ ބޮން ގޮއްވުމާއި ހަލަބޮލިކަމާއި ބިރުވެރިކަމުގެ ސަބަބުން ކަމަށެވެ.

ހަނގުރާމައިގެ ތެރޭގައި ޣައްޒާގައި މިހާތަނަށް ގާތްގަނޑަކަށް 16،000 މީހުން ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.