ކޮޕް ސަމިޓުގެ ޕެނަލް ޑިސްކަޝަނެއްގައި ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހިމް ތަގުރީރުކުރައްވަނީ.-- ފޮޓޯ: ތިމާވެއްޓާ ބެހޭ މިނިސްޓްރީ
ހަބަރު
06 Dec 2023 | 13:11
ކޭންސީސީގެ ރިޔާސަތު ތިމާވެއްޓާ ބެހޭ މިނިސްޓަރު ޠާރިގަށް!

ކޯލިޝަން އޮފް އެޓޯލް ނޭޝަންސް އޮން ކްލައިމެޓް ޗޭންޖް (ކޭންސީސީ) ގެ ރިއާސަތާއި ދިވެހިރާއްޖެއިން ޙަވާލުވެއްޖެއެވެ. 

އެކުވެރި ޢަރަބި އިމާރާތުގެ ދުބާއީގައި ހިނގަމުންދާ އ.ދ. ގެ މޫސުމަށް އަންނަބަދަލުތަކާބެހޭ މުޢާހަދާގެ 28 ވަބަނަ ބައްދަލުވުން ނުވަތަ ކޮޕް28 ގެ ހަވާސާގައި، 05 ޑިސެމްބަރ ވީ އަންގާރަ ދުވަހު ބޭއްވުނު ކޭންސީސީ ގެ ބައްދަލުވުމުގައި، ރާއްޖޭގެ ފަރާތުން ރިޔާސަތާއި ޙަވާލުވެ ވަޑައިގެންނެވީ މިނިސްޓަރ އޮފް ކްުލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޠާރިޤުް އިބްރާހީމެވެ.

ކޭންސީސީ އަކީ އަތޮޅުތަކުގެ މައްޗަށް އެކުލެވޭ 5 ޤައުމުކަމުގައިވާ ދިވެހިރާއްޖެ، މާޝަލް އައިލެންޑްސް، ކިރިބާސް، ޓުވާލޫ އަދި ޓޮކެލާއޫ  ގުޅިގެން އުފައްދާފައިވާ ކޯލިޝަނެކެވެ. މި ޖަމާޢަތުގެ މައިގަނޑު މަޤްސަދަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ގިނައެއްގޮތް ކަންކަން އެކުލެވޭ، ކުދި އަދި ބިންތިރި ޖަޒީރާ އަތޮޅު ތަކުގެ މައްޗަށް އެކުލެވޭ ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކުގައި ގުޅިގެން މަސައްކަތްކޮށް މިފަދަ ޤައުމުތަކުގެ ޚާއްސަ ނާޒުކުކަމާއި ގުޅޭގޮތުން ވަކާލާތު ކުރުމެވެ. 

ކޭންސީސީގެ ރިޔާސަތާއި ޙަވާލުވެވަޑައިގެން މިނިސްޓަރ ޠާރިޤު ދެއްކެވި ވާހަކަފުޅުގައި، ދައްކަވަމުން މިނިސްޓަރ ޠާރިޤު އިބްރާހީމް ވަނީ އަތޮޅު ޤައުމުތައް ޖިއޮގްރަފީގެ ގޮތުންނާއި އުފެދިފައިވާ ގޮތުގެ  ސަބަބުން، މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތަކަށާއިަށް ވަކިން ޚާއްސަކޮށް އެމިފަދަ ޤައުމުތަކަށް ދިމާވެފައިވާ ނާޒުކު ތިމާވެށީގެ މަސްއަލަތަކަށް އަލިއަޅުއްވާލެއްވިއެވެައްވާފައެވެ.

އަދި,  މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށާއި، ލިބޭ ގެއްލުންތައް ކުޑަކުރުމަށް މަސައްކަތް ކުރުމަށާއި، އަދި މިކަމުގެ ސަބަބުން ލިބޭ އިއާދަ ނުކުރެވޭ ގެއްލުންތައް ފޫބެއްދުވުމަށް އެޅިދާނެ ފިޔަވަޅުތަކާއި ، މި މަސައްކަތަށް ކުރެވިފައިވާ ރަނގަޅު ތަޖްރިބާތައް ޙިއްސާ ކުރުމުގެ މުހިންމުކަމާއި  ގުޅޭގޮތުން ވާހަކަފުޅު ދައްކަވާ، އަތޮޅު ޤައުމުތައް ގުޅިގެން އެއްބައިވަންތަކާމާއެކު މަސައްކަތްކުރުމުގެ މުހިއްމުކަން ފާހަގަކުރައްވާފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
ވިކްޓްރީ އާއި މާޒިޔާ ބައްދަލުކުރި ބޮޑު މެޗް އެއްވަރު
މެޗަށްފަހު ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު، ތާވަލްގެ އެއްވަނާގައި ޕޮއިންޓްގެ ގޮތުން އެއްވަރެއްގައި ވިކްޓްރީ އަދި ނިއު ކުރީގައި އުޅޭއިރު ދެ ޓީމަށްވެސް ލިބިފައިވަނީ 7 ޕޮއިންޓެވެ
10 Oct 2026
ސީޖޭޕީގެ މުޒާހަރާއަށް ދިޔަ މަގުމަތީ، މަހަތުމާ ގާންދީގެ މުނިކާފަ ދަރިކަލުން ފުލުހުންގެ ބެލުމުގެ ދަށަށް
ފުލުހުން ބުނީ އޭނާ ހައްޔަރެއް ނުކުރާކަމަށާއި، މުޒާހަރާއަށް ހުރަސް އެޅުމުގެ ގޮތުން ވަގުތީ ގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީކަމަށެވެ.
10 Oct 2026
ލޯނު އަދާކުރުމަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ
އެންމެފަހުން ދައްކާފައިވަނީ އިންޑިއާގެ ސްޓޭޓް ބޭންކު މެދުވެރިކޮށް ނަގާފައި އޮތް 150 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލް ފެސިލިޓީގެ އެންމެ ފަހު 50 މިލިއަން ޑޮލަރެވެ. އޭގެ ކުރިން އެޕްރީލް މަހުގެ ދެ ވަނަ ދުވަހު 524 މިލިޔަން ޑޮލަރުގެ ސުކޫކާއި 23 އެޕްރީލުގައި އިންޑިއާއަށް ދެއްކި 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފައިސާވެސް ހިމެނެއެވެ.
10 Oct 2026
އިންޑިއާގެ މަޝްހޫރު ކެއްކުންތެރިޔާ ކަބީތާ ސިންގް، ސަން ސިޔާމް އޮޅުވެއްޔަށް
ކަބީތާ ސިންގް އަކީ "ކަބީތާސް ކިޗެން" ގެ ނަމުގައި ޔޫޓިއުބުގައި 14.6 މިލިއަނަށް ވުރެ ގިނަ ސަބްސްކްރައިބާޒް ހޯދާފައިވާ، އިންޑިއާގެ ތަފާތު ކެއްކުންތައް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ގެނެސްދޭ ތަރިއެކެވެ. 2024 ވަނަ އަހަރު ނެޝަނަލް ކްރިއޭޓާޒް އެވޯޑްގެ ކާބޯތަކެތީގެ ކެޓެގަރީން އެންމެ މޮޅު ކްރިއޭޓަރުގެ ޝަރަފު ވެސް ކަބީތާ ހޯދާފައިވެއެވެ.
10 Oct 2026
އިސްރަށްވެހިންނަށް ލިބެންޖެހޭ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރަންޖެހޭ
އެކަމަނާ ވިދާޅުވީ ގައުމެއް މިއަދު މިހިސާބަށް ގެނެސްދިނުމުގައި އެންމެ ބޮޑު ގުރުބާނީއެއް ވީ ފަރާތްތަކަކީ އިސްރަށްވެހިން ކަމަށެވެ. ގައުމަށް ކުރިމަތިވި ކޮންމެ ބޮޑު ގޮންޖެހުމެއްގައި އެންމެ ބުރަ ބައި އެ ފަރާތްތަކުން އުފުލައި، ޒުވާން ޖީލުތައް ތަރުބިއްޔަތުކޮށް ހިދުމަތުގެ މައިދާނަށް ނެރެދީފައިވާ ކަމަށް ވެސް ވިދާޅުވިއެވެ
10 Oct 2026
ސްރީލަންކާއިން ސައުދީގެ ވެރިރަށަށް ކުރާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލައިފި
ސްރީލަންކާގެ ގައުމީ އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ފިޔަވަޅަކީ އެއާޕޯޓުގެ ސަލާމަތީ ކަންކަން އިތުރަށް ދިރާސާކޮށް، އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް ރައްކާތެރި މާހައުލެއް އޮތްތޯ ބެލުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ
10 Oct 2026
ރަޝިއާގެ ޑީސަލް ގަތުމަށް ޓްރަމްޕް ޕޫޓިންއާ އެކު އެއްބަސްވުމެއް ހަދައިފި
ޔޫކްރެއިންގެ ރައީސް ވޮލޮޑީމީރް ޒެލެންސްކީ ދެކޭ ގޮތުގައި މި ޑީލުގެ ސަބަބުން ރަޝިޔާއަށް އިތުރަށް މީހުން މެރުމާއި ދިގު މުއްދަތަކަށް ހަނގުރާމަ ކުރިއަށް ގެންދިޔުމަށް ފުރުސަތު ހުޅުވޭނެއެވެ.
10 Oct 2026
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި
އެ ޕާޓީން ކަނޑައަޅާފައިވާ ގޮތުގައި، މި އިންތިހާބުގައި ބައިވެރިވެވޭނީ މި އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އާ ހަމައަށް ޕާޓީގެ މެންބަރުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ.