އެމްއެންޔޫގެ ދަސްވެނިވުމުގެ ހަފުލާ ގެ ތެރެއިން--
ހަބަރު
06 Dec 2023 | 16:10
ޖަޕާނު ސްކޯލާޝިޕަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

ޖަޕާނުގެ އެހީގައި މަތީ ތައުލީމް ހާސިލްކުރަން ބޭނުންވާ ދިވެހި ދަރިވަރުންނަށް ދޭން ނިންމާފައިވާ ސްކޯލާޝިޕަށް އެދި ކުރިމަތިލުމުގެ ފުރުސަތު އިތުރުކޮށްފިއެވެ.

ހަޔަރ އެޑިއުކޭޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ، ޖަޕަނީޒް ގްރާންޓް އެއިޑް (ޖޭޑީއެސް) ގެ ފަރާތުން ދިވެހިރާއްޖެއަށް ދީފައިވާ މާސްޓަރސް ޑިގްރީގެ 6 ސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހެޅުމުގެ ޖޭޑީއެސް އިން އިތުރުކޮށްފައިވާ ކަމަށެވެ.

އެގޮތުން މުއްދަތު އިތުރު ކުރީ، 24 ޑިސެމްބަރ 2023 (އާދިއްތަ) ދުވަހުގެ 16:00 ގެ ނިޔަލަށް ކަމަށްވެސް ބުނެފައިވެއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވާ ގޮތުގައި މިސްކޮލަރޝިޕްތަކަށް ދަރިވަރުން ހޮވުމުގެ ހުރިހާ މަސައްކަތެއް ކުރައްވާނީ ސްކޮލަރޝިޕް ދޭ ފަރާތުންނެވެ. އަދި މިސްކޮލަރޝިޕަށް ހޮވޭ ދަރިވަރުންގެ ކޯހުގެ ހުރިހާ ޚަރަދެއް ސްކޮލަރޝިޕް ދޭ ފަރާތުން ހަމަޖައްސައިދޭނެ ކަމަށްވެސް ބުނެފައިވެއެވެ.

މިސްކޮލަރޝިޕްގެ ކޯސްތަކާއިބެހޭ އިތުރު މަޢުލޫމާތާއި، އޮންލައިން އެޕްލިކޭޝަން ހުށަހަޅަންވީގޮތުގެ މަޢުލޫމާތު ތިރީގައި މިވާ ލިންކް އިން ލިބެން ހުންނާނެއެވެ.

ސިވިލް ސާވިސްގައި މަސައްކަތްކުރާ މީހުންނަށާއި މިނިވަން މުއައްސާސާތަކާއި ޝަރުއީ ދާއިރާގައި މަސައްކަތް ކުރާ ދާއިމީ މުވައްޒަފުންނާއި އަމިއްލަ ފަރާތްތަކަށް މި ސްކޮލާޝިޕްތަކަށް ކުރިމަތިލެވެއެވެ. 

އަދި ސްކޯލާޝިޕަށް ހުށަހެޅޭނީ 22 އަހަރާއި 39 އަހަރުގެ ދަރިވަރުންނަށް ކަމަށާ އެ ދަރިވަރަކީ މީގެކުރިން ކުރން ޖަޕާންގެ އެއްވެސް އެލަރޝިޕެއް ލިބިފައި ނުވާ އަދި މާސްޓާސް ޑިގްރީ އާއި އެއަށް ވުރެ މަތީ ޑިގްރީއެއް ހާސިލްކޮށްފައިވާ ނުވާ މީހަކަށް ވާންޖެހޭ ކަމަށް ބުނެފައި ވެއެވެ. 

ސްކޮލަރޝިޕްތަކުގައި ކިޔަވާނީ ޔުނިވަސިޓީ އޮފް ސުކުބާއިން މާސްޓަސް ޕްރޮގްރާމް އިން އެންވަޔަރަމަންޓަލް ސައިންސާއި، ނެޝަނަލް ގްރެޖުއޭޓް އިންސްޓިޓިއުޓް ފޯ ޕޮލިސީ ސްޓަޑީސް އިން މާސްޓާސް އޮފް ޕަބްލިކް ޕޮލިސީ ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަނާއި ރިޓްސުމެއިކަން ޔުނިވަރސިޓީން މާސްޓާސް އޮފް އާޓްސް އިން އިންޓަނޭޝަނަލް ރިލޭޝަންސްއަށެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވަނީ މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްތޯއާއި، ހޮވިފައިވާ ކޯހަކީ އެމް.ކިޔު.އޭ އިން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރަން އެދިފައެވެ.


ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
ވިކްޓްރީ އާއި މާޒިޔާ ބައްދަލުކުރި ބޮޑު މެޗް އެއްވަރު
މެޗަށްފަހު ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު، ތާވަލްގެ އެއްވަނާގައި ޕޮއިންޓްގެ ގޮތުން އެއްވަރެއްގައި ވިކްޓްރީ އަދި ނިއު ކުރީގައި އުޅޭއިރު ދެ ޓީމަށްވެސް ލިބިފައިވަނީ 7 ޕޮއިންޓެވެ
10 Oct 2026
ސީޖޭޕީގެ މުޒާހަރާއަށް ދިޔަ މަގުމަތީ، މަހަތުމާ ގާންދީގެ މުނިކާފަ ދަރިކަލުން ފުލުހުންގެ ބެލުމުގެ ދަށަށް
ފުލުހުން ބުނީ އޭނާ ހައްޔަރެއް ނުކުރާކަމަށާއި، މުޒާހަރާއަށް ހުރަސް އެޅުމުގެ ގޮތުން ވަގުތީ ގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީކަމަށެވެ.
10 Oct 2026
ލޯނު އަދާކުރުމަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ
އެންމެފަހުން ދައްކާފައިވަނީ އިންޑިއާގެ ސްޓޭޓް ބޭންކު މެދުވެރިކޮށް ނަގާފައި އޮތް 150 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލް ފެސިލިޓީގެ އެންމެ ފަހު 50 މިލިއަން ޑޮލަރެވެ. އޭގެ ކުރިން އެޕްރީލް މަހުގެ ދެ ވަނަ ދުވަހު 524 މިލިޔަން ޑޮލަރުގެ ސުކޫކާއި 23 އެޕްރީލުގައި އިންޑިއާއަށް ދެއްކި 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފައިސާވެސް ހިމެނެއެވެ.
10 Oct 2026
އިންޑިއާގެ މަޝްހޫރު ކެއްކުންތެރިޔާ ކަބީތާ ސިންގް، ސަން ސިޔާމް އޮޅުވެއްޔަށް
ކަބީތާ ސިންގް އަކީ "ކަބީތާސް ކިޗެން" ގެ ނަމުގައި ޔޫޓިއުބުގައި 14.6 މިލިއަނަށް ވުރެ ގިނަ ސަބްސްކްރައިބާޒް ހޯދާފައިވާ، އިންޑިއާގެ ތަފާތު ކެއްކުންތައް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ގެނެސްދޭ ތަރިއެކެވެ. 2024 ވަނަ އަހަރު ނެޝަނަލް ކްރިއޭޓާޒް އެވޯޑްގެ ކާބޯތަކެތީގެ ކެޓެގަރީން އެންމެ މޮޅު ކްރިއޭޓަރުގެ ޝަރަފު ވެސް ކަބީތާ ހޯދާފައިވެއެވެ.
10 Oct 2026
އިސްރަށްވެހިންނަށް ލިބެންޖެހޭ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރަންޖެހޭ
އެކަމަނާ ވިދާޅުވީ ގައުމެއް މިއަދު މިހިސާބަށް ގެނެސްދިނުމުގައި އެންމެ ބޮޑު ގުރުބާނީއެއް ވީ ފަރާތްތަކަކީ އިސްރަށްވެހިން ކަމަށެވެ. ގައުމަށް ކުރިމަތިވި ކޮންމެ ބޮޑު ގޮންޖެހުމެއްގައި އެންމެ ބުރަ ބައި އެ ފަރާތްތަކުން އުފުލައި، ޒުވާން ޖީލުތައް ތަރުބިއްޔަތުކޮށް ހިދުމަތުގެ މައިދާނަށް ނެރެދީފައިވާ ކަމަށް ވެސް ވިދާޅުވިއެވެ
10 Oct 2026
ސްރީލަންކާއިން ސައުދީގެ ވެރިރަށަށް ކުރާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލައިފި
ސްރީލަންކާގެ ގައުމީ އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ފިޔަވަޅަކީ އެއާޕޯޓުގެ ސަލާމަތީ ކަންކަން އިތުރަށް ދިރާސާކޮށް، އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް ރައްކާތެރި މާހައުލެއް އޮތްތޯ ބެލުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ
10 Oct 2026
ރަޝިއާގެ ޑީސަލް ގަތުމަށް ޓްރަމްޕް ޕޫޓިންއާ އެކު އެއްބަސްވުމެއް ހަދައިފި
ޔޫކްރެއިންގެ ރައީސް ވޮލޮޑީމީރް ޒެލެންސްކީ ދެކޭ ގޮތުގައި މި ޑީލުގެ ސަބަބުން ރަޝިޔާއަށް އިތުރަށް މީހުން މެރުމާއި ދިގު މުއްދަތަކަށް ހަނގުރާމަ ކުރިއަށް ގެންދިޔުމަށް ފުރުސަތު ހުޅުވޭނެއެވެ.
10 Oct 2026
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި
އެ ޕާޓީން ކަނޑައަޅާފައިވާ ގޮތުގައި، މި އިންތިހާބުގައި ބައިވެރިވެވޭނީ މި އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އާ ހަމައަށް ޕާޓީގެ މެންބަރުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ.