ޖިބިއްްލީން އުފާ ފާޅު ކުރަނީ-- ފޮޓޯ/ޝާބިން
ކުޅިވަރު
06 Dec 2023 | 20:34
މަހިބަދޫ ފުޓުބޯޅައިގެ ރަސްގެފާނު، ޖިބިއްލީން، ޒުވާނުންގެ ފުޓުބޯޅަ މުބާރާތުގެ ތަށި 11 ވަނަ ފަހަރަށް އުފުލާލައިފި!

މަހިބަދޫ ޒުވާނުންގެ 20 ވަނަ ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ކޮށް، އެރަށު ފުޓުބޯޅައިގެ ރަސްގެފާނު، ޖިބިއްލީ ސްޕޯޓްސް ކްލަބުން މުބާރާތުގެ ތަށި 11 ވަނަ ފަހަރަށް އުފުލާލައިފިއެވެ. 

މަހިބަދޫ ޕެލޭ ސްޓޭޑިއަމްގައި މިއަދު ހަވީރު ކުޅެވުނު ޒުވާނުންގެ ފުޓުބޯޅަ މުބާރާތުގެ ފައިނަލް މެޗުގައި ވާދަ ކޮށްފައިވަނީ އެން ޓީ ޔުނައިޓެޑް އާއި ޖިބިއްލީ ސްޕޯޓްސް ކްލަބެވެ. 

ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްފައިވަނީ އެން ޓީ ޔުނައިޓެޑުންނެވެ. ފުރަތަމަ ހާފު ނިމެން ކައިރިވެފައި ވަނިކޮށް މެޗުގެ 42 ވަނަ މިނެޓްގައި އެން ޓީއަށް މި ލަނޑު ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމުގެ ޖާޒީ ނަންބަރު 9 އިބްރާހީމް މަހުދީއެވެ. 

މިއަދުގެ މެޗުގެ ތެރެއިން-- ފޮޓޯ/ޝާބިން

ނަމަވެސް، އެން ޓީން ލަނޑުޖެހިތާ ގާތް ގަނޑަކަށް 10 މިނެޓް ތެރޭގައި ޖިބިއްލީން ވަނީ އެން ޓީ ކޮޅަށް ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މެޗުގެ 44 ވަނަ މިނެޓުގައި ޖިބިއްލީއަށް މި ލަނޑު ކާމިޔާބު ކޮށްދިނީ އެ ޓީމުގެ ޖާޒީ ނަންބަރު 17 އަހަދުالله އެވެ. 

ފުރަތަމަ ހާފު ނިންމާލި އިރު 1-1 ގެ ނަތީޖާ އަކުން ދެ ޓީމު އެއްވަރުކޮށް އޮތް ނަމަވެސް، ދެވަނަ ހާފުގައި ޖިބިއްލީން ވަނީ ޓީމުގެ ކުޅުން އިތުރަށް ވަރުގަދަކޮށް ލީޑު ނަގާފައެވެ. އެގޮތުން މެޗުގެ 69 ވަނަ މިނެޓްގައި ޖިބިއްލީއަށް ދެވަނަ ލަނޑު ކާމިޔާބު ކޮށްދީފައިވަނީ ޖާޒީ ނަންބަރު 18 ރިޒުވާން (ރިޒޭ) އެވެ. 

މި ނަތީޖާ އާއެކު މެޗު ނިމިގެން ގޮސްފައިވާއިރު، ޖިބިއްލީ މިވަނީ ތަށި ދިފާއުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދައި އެ ޓީމުގެ ކާމިޔާބީ އަށް އިތުރު ބޮޅެއް އަމުނާލާފައެވެ.

ޒުވާނުންގެ މުބާރާތުގެ މިހާތަނަށް ބޭއްވުނު މުބާރާތްތަކުން، 2010, 2012، 2013، 2014, 2016, 2017, 2018, 2019, 2021, 2022, ވަނަ އަހަރު ބޭއްވުނު މުބާރާތުގައި ވެސް ޗެންޕިއަންކަން ކޮށްފައިވަނީ ޖިބިއްލީންނެވެ.

ކޮމެންޓް
ކައުޅު
މަޖާ އިނގޭ އަރުފާ މަންޖެ 😂 މީގަވެސް ޝަކުވާ ކުރިނަމަ ބަބޭ އަށް ބެސްޓް ގޯލް ކީޕަރު ނުލިބިގެން 😂😂😂
06 Dec 2023
ކިންގް
ޖިބިއްލީ އަކީ މަހިބަދޫ ފުޓުބޯޅައިގެ ރަސްގެފާން 11 ތަށި 🤫
07 Dec 2023
ކިންގް
ޖިބިއްލީ އަކީ މަހިބަދޫ ފުޓުބޯޅައިގެ ރަސްގެފާން 11 ތަށި 🤫
07 Dec 2023
ހަޔާތް
ކޮބާ ކައުޅު ހަޖަމް ކޮއްލާ!! ބަބޭ އާ ގާތް ކުރެވޭ ވަރުގެ ކީޕަރެއް ޔޫތު ކަޕުގައެއް ނުކުޅޭ ފާއިތުވި 14 އަހަރުވެސް.
07 Dec 2023
ގުޅޭ ލިޔުންތައް
11 Oct 2026
ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި 12 މީހުން މަރުވެ، 300 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެ
ސައުޒީ ގެޒެޓުން މިއަދު ބުނީ ސައުދީގެ ސިވިލް އެވިއޭޝަން އޮތޯރިޓީން މިއަދު ހެނދުނު ނެރުނު ބަޔާނެއްގައިވާ ގޮތުން، މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ސައުދީ އަރަބިއްޔާގެ ހަތަރު ރައްޔިތުންނާއި، ބަންގްލަދޭޝްގެ ދެ މީހުންގެ އިތުރުން އެމެރިކާ، މިސްރު، އުރުދުން، ސޫރިޔާ، ފަލަސްތީން އަދި ސޫދާނަށް ނިސްބަތްވާ މީހެކެވެ
11 Oct 2026
އަންހެން ދަރިންނަށް ކުރާ އިންވެސްޓްމަންޓް ވެގެންދާނީ، ފާގަތި މުސްތަގްބަލަކަށް ކުރެވޭ އިންވެސްޓްމަންޓަކަށް
އަންހެން ދަރިންގެ ކުރިއެރުމަށްޓަކައި ކުރާ ކޮންމެ ހޭދައަކާއި އިންވެސްޓްމަންޓަކީ، މުޅި މުޖުތަމައުގެ ހަމަހަމަކަމާއި އެންމެންގެ ބައިވެރިވުން ހިމެނޭ، އުޖާލާ އަދި ފާގަތި މާދަމައެއް ބިނާކުރުމަށްޓަކައި އެޅޭ އެންމެ މުހިންމު ބިންގާ
11 Oct 2026
އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި
10 Oct 2026
ވިކްޓްރީ އާއި މާޒިޔާ ބައްދަލުކުރި ބޮޑު މެޗް އެއްވަރު
މެޗަށްފަހު ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު، ތާވަލްގެ އެއްވަނާގައި ޕޮއިންޓްގެ ގޮތުން އެއްވަރެއްގައި ވިކްޓްރީ އަދި ނިއު ކުރީގައި އުޅޭއިރު ދެ ޓީމަށްވެސް ލިބިފައިވަނީ 7 ޕޮއިންޓެވެ
10 Oct 2026
ސީޖޭޕީގެ މުޒާހަރާއަށް ދިޔަ މަގުމަތީ، މަހަތުމާ ގާންދީގެ މުނިކާފަ ދަރިކަލުން ފުލުހުންގެ ބެލުމުގެ ދަށަށް
ފުލުހުން ބުނީ އޭނާ ހައްޔަރެއް ނުކުރާކަމަށާއި، މުޒާހަރާއަށް ހުރަސް އެޅުމުގެ ގޮތުން ވަގުތީ ގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީކަމަށެވެ.
10 Oct 2026
ލޯނު އަދާކުރުމަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ
އެންމެފަހުން ދައްކާފައިވަނީ އިންޑިއާގެ ސްޓޭޓް ބޭންކު މެދުވެރިކޮށް ނަގާފައި އޮތް 150 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލް ފެސިލިޓީގެ އެންމެ ފަހު 50 މިލިއަން ޑޮލަރެވެ. އޭގެ ކުރިން އެޕްރީލް މަހުގެ ދެ ވަނަ ދުވަހު 524 މިލިޔަން ޑޮލަރުގެ ސުކޫކާއި 23 އެޕްރީލުގައި އިންޑިއާއަށް ދެއްކި 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފައިސާވެސް ހިމެނެއެވެ.
10 Oct 2026
އިންޑިއާގެ މަޝްހޫރު ކެއްކުންތެރިޔާ ކަބީތާ ސިންގް، ސަން ސިޔާމް އޮޅުވެއްޔަށް
ކަބީތާ ސިންގް އަކީ "ކަބީތާސް ކިޗެން" ގެ ނަމުގައި ޔޫޓިއުބުގައި 14.6 މިލިއަނަށް ވުރެ ގިނަ ސަބްސްކްރައިބާޒް ހޯދާފައިވާ، އިންޑިއާގެ ތަފާތު ކެއްކުންތައް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ގެނެސްދޭ ތަރިއެކެވެ. 2024 ވަނަ އަހަރު ނެޝަނަލް ކްރިއޭޓާޒް އެވޯޑްގެ ކާބޯތަކެތީގެ ކެޓެގަރީން އެންމެ މޮޅު ކްރިއޭޓަރުގެ ޝަރަފު ވެސް ކަބީތާ ހޯދާފައިވެއެވެ.
10 Oct 2026
އިސްރަށްވެހިންނަށް ލިބެންޖެހޭ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރަންޖެހޭ
އެކަމަނާ ވިދާޅުވީ ގައުމެއް މިއަދު މިހިސާބަށް ގެނެސްދިނުމުގައި އެންމެ ބޮޑު ގުރުބާނީއެއް ވީ ފަރާތްތަކަކީ އިސްރަށްވެހިން ކަމަށެވެ. ގައުމަށް ކުރިމަތިވި ކޮންމެ ބޮޑު ގޮންޖެހުމެއްގައި އެންމެ ބުރަ ބައި އެ ފަރާތްތަކުން އުފުލައި، ޒުވާން ޖީލުތައް ތަރުބިއްޔަތުކޮށް ހިދުމަތުގެ މައިދާނަށް ނެރެދީފައިވާ ކަމަށް ވެސް ވިދާޅުވިއެވެ