ރައީސުލްޖުމްހޫރިއްޔާ ޑރ.މުހަންމަދު މުއިއްޒު-- ފޮޓޯ: ވޮއިސް
ހަބަރު
06 Dec 2023 | 20:59
ދެޕާޓީ ގުޅިގެން މަޖިލިސް އިންހާބު "ސުޕަރ މެޖޯރިޓީ" އަކުން ކާމިޔާބު ކުރެއްވޭނެ: ރައީސް ޑރ.މުއިއްޒު

ދެޕާޓީ ގުޅިގެން އެއްރޫހެއްގައި މަސައްކަތްކޮށްފިނަމަ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންހާބު ބޮޑު ނަތީޖާއަކުން ކާމިޔާބު ކުރެއްވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުއިއްޒު ވިދާޅުވއެއްޖެއެވެ.

ޕީއެންސީގެ އޮފީސް ރަސްމީކޮށް ހުޅުވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިއީ ވަރަށް މުހިންމު ފެށުމެއްކަށެވެ. އެގޮތުން މިރޭ އޮންނަ ސެނެޓް ބައްދަލުވުމާއި އެކު ކުރިއަށްއޮތް އިންތިހާބުތަކަށް ޕީޕީއެމްއާއި ޕީއެންސީ ދެޕާޓީގުޅިގެން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި އެންމެ އެއްރޫހެއްގައި ގައުމު އިސްކޮށް ކުރައްވާ މަސައްކަތް ފެށިގެންދާނޭކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ދެޕާޓީ ގުޅިގެން ކުރައްވަން ނިންމަވާފައިވާ މަސައްކަތްތަކުގެ ނަތީޖާއަކަށް ވެގެންދާނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޮޑު ނަތީޖާއަކުން ކާމިޔާބުކުރެއްވުން ކަމަށެވެ.

ގޮންޖެހުންތައްވެސް ހުންނާނޭކަމަށާއި، އެއީ ކުރިއެރުމަށް ލިބިގެންދާ އިތުރު ހިތްވަރެއްކަންފާހަގަ ކުރައްވާ ރައިސް ވިދާޅުވީ، މަސައްކަތްކުރައްވާނީ އަބަދުވެސް ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ކަމަަށެވެ.

އަޅުގަނޑުމެންގެ ނިޔަތަކީ ދީނާ ގައުމަށްޓަކައި ގައުމު ކުރިއެރުވުމަށްޓަކައި ރައްޔިތުންގެ ލާބައަށްޓަކައި މަސައްކަތްކުރުން

ރައީސް ޑރ.މުއިއްޒު

ރައީސް ވިދާޅުވީ، ދީނާއި ގައުމާއި އަދި ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރުންމަތީ ސަރުކާރު އަބަދުވެސް ދެމިއޮންނާނޭކަމަށާއި، މިގޮތުގައި ކުރިއަށް ދިއުމަށް ދެޕާޓީގެ މެންބަރުންނާއި އަދި ދެޕާޓީއަށް ތާއީދުކުރައްވާ އެންމެހާ ބޭފުޅުންގެވެސް އެއްބާލުން މުހިންމުކަމަށެވެ.

އިތުރަށް ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ޖާގަ ތަނަވަސް އޮފީހެއް ލިބިގެން ދިއުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެެރުމެއް ކަމަށާއި، މިކަމުގައި މަސައްކަތް ކުރެއްވި ލީޑާޝިޕްގެ ހުރިހާ ބޭފުޅުންނަށް އަދި އެހެނިހެން ހުރިހާ ބޭފުޅުންނަށްވެސް ޝުކުރުއަދާކުރައްވާ ކަމަށެވެ.

ކޮމެންޓް
ތޫރަ
ފުލެޓް ލިސްޓުގަ އޮތް ގޮތައް ލިސްޓުގަހިމެނޭ އެންމެނަށް ފުލެޓް ނުދީ އިންތިހާބަކަށް ކުރިމަތިލާ އިރު މެޖޯރިޓީއެއް ހޯދަން ވަރައް އުނދަގޫ ވާާނެ.
06 Dec 2023
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.