ފަލަސްތީނަކީ މިވަގުތު ދުނިޔޭގެ އެންމެ ނުރައްކާތެރި ތަނުގެ ގޮތުގައި ޔޫއެންއާރުޑަބްލިއުއޭ އިން ވަނީ ސިފަކޮށްފައި--
ދުނިޔެ
07 Dec 2023 | 08:53
އިސްރާއީލުން ޣައްޒާއަށް ހަމަލާދޭ މިންވަރު އިތުރުވަމުންދާތީ، އދ އިން ކަންބޮޑުވުން ފާޅުކޮށްފި

ހައްދުފަހަނަ އަޅާފައިވާ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ހަމަލާދޭ މިންވަރު އިތުރުވަމުންދާތީ، އދ އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އދ ގެ އިންސާނީ ހައްގުތަކާ ބެހޭ ހައި ކޮމިޝަނަރު ވޯލްކަރ ޓާކް ވިދާޅުވާ ގޮތުގައި މިހާރު އޮތް ހާލަތަކީ ބިރުވެރި ހާލަތެއް ކަމަށާއި ދެ ފަރާތުން ވެސް އަނިޔާވެރި ޖަރީމާތައް ހިންގުމުގެ ނުރައްކާ އެބައޮތް ކަމަށެވެ.

 ވޯލްކަރ ޓާކް ވަނީ އިސްރާއީލާއި ހަމާސް އަދި ނުފޫޒުގަދަ ބައިނަލްއަގްވާމީ ފަރާތްތަކަށް އަނިޔާވެރި ޖަރީމާތައް ހުއްޓުވުމަށް ގޮވާލައްވާފައެވެ.

ޣައްޒާގައި ފަލަސްތީނުގެ މީހުން އުޅެނީ ރައްކާތެރި ނޫން، ތޮއްޖެހިފައިވާ އަދި ސާފުތާހިރުކަން ނެތް ހާލަތްތަކުގައި ކަމަށާއި އެތައް މިލިއަން ފަލަސްތީނު ރައްޔިތުންގެ ގެތަށް ފުޑު ފުޑުވުމާއި ބިރުވެރިކަމުގެ ސަބަބުން މީހުން ގެދޮރު ދޫކޮށްލުމާއި ނިޒާމީ ގޮތުން މަހުރޫމް ވެފައި ވާކަން ޓާކް ފާހަގަ ކުރެއްވިއެވެ.

އދ އިން ފަލަސްތީނުގެ ރެފިއުޖީންނާ ބެހޭ އިދާރާ (ޔޫއެންއާރުޑަބްލިއުއޭ) އިން އޭނާ ގެ ވާހަކަ ތަކަށް އެއްބާރުލުންދީ، ޣައްޒާގެ ހާލަތު "ކޮންމެ މިނެޓަކުން ގޯސްވަމުން" އަންނަ ކަމަށް އިންޒާރު ދީފައިވެއެވެ.

ޚާން ޔޫނިސްގެ އުތުރާއި އިރުމަތީގައި ފަލަސްތީނުގެ ހަނގުރާމަވެރިންނާ ޓެންކްތައް ހަނގުރާމަ ކުރަމުން ދިޔަ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ބޮމުގެ ހަމަލާތައް  ވަރުގަދަވެ، އާންމުންގެ އެތައް ބަޔަކު ޝަހީދުވެ އެތައް ބަޔަކު ވަނީ ޒަޚަމްވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.