ކަމާލް އަދްވަން ހޮސްޕިޓަލްގައި ޝަހީދުންގެ ހަށިތަކެއް ބަހައްޓައިފައި. ފޮޓޯ: ޤުދުސް ނެޓްވޯކް
ދުނިޔެ
07 Dec 2023 | 11:18
ކަމާލް އަދްވާން ހޮސްޕިޓަލް ގައި ޚިދްމަތަށް އެދޭމީހުން ފުނި ޖެހިފައި!

ފަލަސްޠީނުގެ ޣައްޒާގެ އަލްޖަބަލިއްޔާ އޭ ކިޔުނު ސަރަހައްދުގައި ހުންނަ ކަމަލް އަދްވާނީ ހޮސްޕިޓަލް ގައި ޚިދްމަތަށް އެދޭ މީހުން ފުނި ޖެހިފައިވާ ކަމަށް ބުނެފިއެެވެ.

ކަމަލް އަދްވާނީ ހޮސްޕިޓަލަކީ ޖަބަލިއްޔާ އަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ގިނަ ބަޔަކު ވަގުތީ ގޮތުން ބޯހިޔާވަހިކަން ހޯދަމުންދިޔަ ތަނެކެވެ.

އެންމެ ފުރަތަމަ އިޒްރާއިލް ސިފައިން ކަނޑާލީ އެހޮސްޕިޓަލުގެ ފެނާއި ކަރަންޓު ކަނޑާލިއެެވެެ. ޖަބަލިއްޔާގައި ކަމަލް އަދްވާނީ ހޮސްޕިޓަލް ހުންނަ ސަރަހައްދު ކައިރިއަށް ދިން ހަމަލާއެއްގައި 100 އެއްހާ މީހުން ވަނީ ޝަހީދުވެފައެވެެ. މިކަމުގެ ސަބަބުން އދ.ން މަސައްކަތް ކުރަމުންދަނީ އެހޮސްޕިޓަލް ހުސްކުރުމަށް މަަސައްކަތް ކުރަމުންނެވެ.

ޣައްޒާގައި ހަރަކާތްތެރިވާ އަލްޖަޒީރާގެ ޓީމުންވަނީ ކަމަލް އަދްވާނީ ހޮސްޕިޓަލަށް ޒިޔާރަތްކޮށްފައެވެެ. އެޓީމުން އަލްޖަޒީރާގައި ރިޕޯޓް ކޮށްފައިވަނީ އެހޮސްޕިޓަލްގައި ޒަޚަމްވެފައިވާ މީހުން، ޚިދްމަތަށް އެދި ފުނިޖެހިފައިވާ ކަމަށެވެ. އަދި އެތަނުގެ މެޑިކަލް މުވައްޒަފުންނަށް ނުކުޅެދޭވަރަށް އެތަނުގައި ބަލިމީހުން ވަނީ ގިނަވެފައެވެ.

“ގިނަ ބަޔަކު މަރުވާން ދޫކޮށްލަން ޖެހިފައިމިވަނީ، ފަރުވާދޭން ބޭނުންކުރާނެ މެޑިކަލް ސަޕްލައި މިވަނީ ހުސްވެފައި، އަދި މެޑިކަލް ސްޓާފުންވެސް ވަނީ މަދުވެފައި، މިއީ ހަޤީޤަތް، އިއްެޔެ އެކަނިވެސް ހޮސްޕިޓަލުން 36 މީހަކު ވަނީ ފަަރުވާ ނުދެވިގެން ޝަހީދުވެފަ، އޭގެ ކުރީ ދުވަހު 56 ޕޭޝަންޓުން ވަނީ ޝަހީދުވެފަ، މިޢަދަދުތައް ދަނީ މައްޗަށް” ހޮސްޕިޓަލުން ވާހަކަ ދެއްކެވި ޑރ މުޙައްމަދު ވިދާޅުވިއެވެ.

ޚިދްމަތަށް ބޭނުންވާ މީހުން ކިތަންމެ ގިނަ ވެފައިވީ ނަމަވެސް ޚިދްމަތް ދެވޭނެ ގޮޮތް ނެތި މެޑިކަލް އޮފިސަރުންނަށް މިއަދު ވަނީ އަތް އުރާލައިގެން ތިބެން ޖެހިފައެވެ. ބޭހާއި އެހެނިހެން ވަސީލަތްތައް ނެތުމުގެ ސަބަބުން ފަރުވާ ދެވޭނެ ގޮތް ވަނީ ނެތިފައެވެ.

އިޒްރާއިލް ސިފައިންގެ ހަމަލާތަކުގެ ސަބަބުން މިހާތަނަށް ޣައްޒާއިން 16،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.