އޭސީސީ ގެ ރައީސް އާދަމް ޝާމިލް-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
07 Dec 2023 | 16:40
އެސެޓް ރިކަވަރީ ގާނޫނުގެ ނަމޫނާ ވަރަށް އަވަހަށް ސަރުކާރާއި މަޖިލީހަށް ހުށައަޅާނަން: ޝާމިލް

ދިވެހި ރާއްޖޭގެ އެސެޓް ރިކަވަރީ ގާނޫނުގެ ނަމޫނާ ސަރުކާރާއި މަޖިލީހަށް ވަރަށް އަވަހަށް ހުށައަޅުއްވާނެ ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް އާދަމް ޝާމިލް ވިދާޅުވެއްޖެއެވެ.

އެބޭފުޅާ މިފަދައިން ވިދާޅުވީ މިއަދު ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިގޮތުން ޝާމިލް ވިދާޅުވީ މަސައްކަތާއި ހަވާލުވިއިރު އެސެޓް ރިކަވަރީ ގެ ނިޒާމް ފާހަގަ ކުރެވުނީ ދިވެހި ރާއްޖޭގައި އެންމެ އިސްކަމެއް ދޭންޖެހިފައި އޮތް ނިޒާމުކަމަށެވެ. އެގޮތުން އޭސީސީގެ މަސައްކަތާއި ހަވާލުވެވަޑައިގަތުމަށް ފަހު އެންމެ ފުރަތަމަ ފެށި މަސައްކަތަކީ ދިވެހި ރާއްޖޭގެ އެސެޓް ރިކަވަރީގެ ނިޒާމުގެ ތެރެއިން އަނބުރާ ދައުލަތަށް ހޯދަން ޖެހޭ ފައިސާ އާ މުދަލާ ތަކެތި ހޯދުމަށް ކުރަން ޖެހޭ މަސައްކަތުގެ ދިރާސާ ކުރުން ކަމަށް އެބޭފުޅާ ވިދާޅުވިއެވެ. 

އަދި ދިރާސާ އަށް ފަހު އޭސީސީން ވަނީ ފަސް އަހަރު ދުވަހުގެ ދިގު ރާސްތާ ޕްލޭނެއް ގެ ދަށުން މަސައްކަތް ފަށައި، މޮނިޓަރިން އެންޑް އިވެލުއޭޝަން ޕްލޭނާއި އޭގެ ކަންކަން އެންފޯސްމެންޓްގެ ހިސާބަށް ގެނެއްސައިކަމަށް އެބޭފުޅާ ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުންވެސް ޝާމިލް ވިދާޅުވީ ދިވެހި ރާއްޖޭގެ އެސެޓް ރިކަވަރީ ގެ މޮޑެލް ލޯ އެއް އޭގެ ހާއްސަ ބޭފުޅެއްގެ އެހީތެރިކަމާއި އެކު ހަދާފައިވާ ކަމަށާއި އޭގެ ނަމޫނާއެއް އޭސީސީ ގައި އެބައޮތް ކަމަށެވެ.  މާ ގިނަ ދުވަސްތަކެއް ނުވެ ސަރުކާރާއި މަޖިލީހާއި ދިވެހި ރާއްޖޭގެ އެސެޓް ރިކަވަރީ ނިޒާމެ ގެ ގާނޫނު އޮންނަން ވީގޮތް ފަރުމާކޮށްފައި ބާއްވަން ޖެހޭ ގޮތުގެ ނަމޫނާއެއް އަރުއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

"އިރާދަ ކުރެއްވިއްޔާ މާ ގިނަ ދުވަސްތަކެއް ނުކޮށް އަޅުގަނޑު ވެރިކަމާއި ގާނޫނު ހެދުމުގެ ބާރާއި މި މޮޑެލް ލޯ ހަވާލުކޮށް ދިވެހި ރާއްޖޭގެ އެސެޓް ރިކަވަރީ ނިޒާމް ގެ ގާނޫނު އޮންނަން ވީގޮތް ފަރުމާކޮށްފައި ބާއްވަން ޖެހޭ ގޮތުގެ ނަމޫނާއެއް އަރުވާނަން."

ޝާމިލް ވިދާޅުވިއެވެ.

ޝާމިލް ވަނީ މި މަސައްކަތް ކޮށްދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރު އަދާ ކުރައްވާފައެވެ.

 އެސެޓް ރިކަވަރީގެ ގާނޫނަކީ ވަގަށް، އޮޅުވާލައިގެން ނުވަތަ އެނޫންވެސް ގޮތަކުން ހޯދައިފައިވާ މުދަލެއް އޭގެ ހައްގުވެރިޔާ އަށް ހޯދައި ދިނުމަށް ހަދާފައިވާ ގާނޫނެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.