ކުރީގެ ނޫސްވެރިޔާ މުޙައްމަދު ޝާން ޢަބުދުالله، (ކުޑޭ)
ހަބަރު
07 Dec 2023 | 16:59
ކުރީގެ ނޫސްވެރިޔާ، ޝާން ހުޅުމާލެ މެދުދާއިރާއަށް ވާދަކުރައްވަނީ!

ކުރީގެ ނޫސްވެރިޔާ މުޙައްމަދު ޝާން ޢަބުދުالله، (ކުޑޭ) ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ މެދު ދާއިރާއަށް އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވައި ކެމްޕޭން ފައްޓަވައިފިއެވެ.

ޝާން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ މެދު ދާއިރާ ޚިޔާރު ކުރެއްވީ އޭނާއަކީ، ހުޅުމާލޭގެ އެންމެ ފުރަތަމަ ވަޒަންވެރީންގެ ގޮތުގައި މިހާތަނަށްވެސް ހުޅުމާލޭގައި ދިރިއުޅެމުން އަންނަ ފަރާތަކަށް ވާތީ ކަމަށެވެ.

އަދި ހުޅުމާލޭގެ ރައްޔިތުންނާއި ޒުވާނުންނަން އެންމެ ބޭނުންވެފައިވާ ކަންކަން އޭނާއަށް އެނގި، ފެނި އަދި އިޙްސާސްކުރެއްވިފައިވާ ކަމަށާ، ހުޅުމާލޭގެ ރައްޔިތުންގެ ދިރިއުޅުމާއި ކުރިއެރުމަށް އަދި ޒުވާނުން އެދޭފަދަ ޒުވާނުންގެ ޝަހަރަކަށް ހެދުމަށް ވަރަށް ގިނަ ކަންކަން ކުރަން ނިންމަވާފައިވާ ކަމަށް ޝާން ވިދާޅުވި އެވެ.

ޝާން މަސައްކަތުގެ ޢަމަލީ މައިދާނުގައި އެންމެ ގިނަ ދުވަހު މަސައްކަތް ކުރެއްވީ ނޫސްވެރިކަމުގައެވެ. ޚާއްޞަކޮށް ކުޅިވަރު ނޫސްވެރިކަމުގައި ޝާން އަކީ ފާހަގަކޮށްލެވޭ ބޭފުޅެކެވެ. މިގޮތުން ވީމީޑިއާ، ރާއްޖެ އޮންލައިން، އަދި ސަން އޮންލައިންއާ ކުރީގެ ހާމަނޫހުގައިވެސް ޝާން ވަނީ މަސައްކަތް ކުރައްވާފައެވެ.

ސިޔާސީ މަސައްކަތަށް ޝާން ޢަމަލީ ގޮތުން ނުކުންނެވީ، 2018 ވަނަ އަހަރު އެމްޑީޕީގެ ސަރުކާރު އުފެދުމަށްފަހުގައެވެ. މިގޮތުން ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީގެ ޕާސަނަލް އެސިސްޓެންޓްގެ މަޤާމާއި އަދި އެމިނިސްޓްރީގެ ސިނިއާ އެގްޒެކްޓިވް ޑިރެކްޓަރގެ މަޤާމުވެސް ޝާން ވަނީ ފުރުއްވާފައެވެ.

ޝާންގެ ކެމްޕޭން ޝިއާރެއްގެ ގޮތުގައި ހަމަޖައްސަވާފައި ވަނީ "މިޖީލުގެ އަޑު މަޖިލީހަށް" އެވެ.

ޝާން ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަޝްރަޙުން ޚާއްސަކޮށް ރައްޔިތުންގެ މަޖިލީހުން ޒުވާނުންނަށް ފުރުޞަތު ލިބެންޖެހޭ ކަމަށާ އެ ދާއިރާގެ ރައްޔިތުންނާއި އެކަން ބޭނުންވާ ކަމަށެވެ. 

އެޑިޓަރުގެ ނޯޓް
މަޖިލިސް އިންތިހާބުގައި ވާދަކުރާ ފަރާތްތަކުގެ ވޮއިސް ހަބަރު ކަވަރޭޖަށް 9956888 އަށް ގުޅާލައްވާ
ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ރުކުމަޑި ކޮންޓްރޯލްކުރުމަށް ފަނިފަކުސަ އާލާކުރަން ސެންޓަރެއް ހުޅުވައިފި
މިއީ ޗައިނާ ސަރުކާރާއި މި މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދިޔަ "މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް" ގެ ދަށުން ހުޅުވި ސެންޓަރެކެވެ.
06 Aug 2026
ތުލުސްދޫ އިސްރަށްވެހިންގެ މަރުކަޒު އެޅުމަށް އެމްޓީސީސީއާ ސައިޓް ހަވާލުކޮށްފި
100 މީހުންގެ ޖާގަ ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ މި މަރުކަޒުގައި މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކެއް ވެސް ހިމެނެއެވެ
06 Aug 2026
ރާއްޖޭގައި ވިހާ އުމުރުފުރާ ދޮށީވެއްޖެ
މިހާރު އެންމެގިނައިން ވިހާ އުމުރުފުރައެއްގެ ގޮތުގައި ރެކޯޑް ކުރެވިފައިވަނީ، އުމުރުން 30 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނެވެ
06 Aug 2026
ޕީއެންސީގެ ނައިބުރައީސްކަމުގެ މަގާމަށް ނިމާލް
06 Aug 2026
ގެސްޓުހައުސްތަކަށް ސްކޭމް ހުއްޓުވުމުގެ ހަރަކާތެއް
ބ. މާޅޮހުގައި، ގެސްޓުހައުސް ހިންގާ ފަރާތްތައް އޮޅުވާލުމުގެ އެކި އުކުޅުތަކުން ރައްކާތެރިކުރުމުގެ ގޮތުން އެ ރަށުގެ ފުލުހުން މައުލޫމާތު ދިނުމުގެ ޚާއްޞަ ހަރަކާތެއް ހިންގައިފިއެވެ.
06 Aug 2026
އިންޖިނިއަރުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެ ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "އިންޖިނިއަރސް އެވޯޑު 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.
06 Aug 2026
ރައީސްގެ ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
ސިޑްސް-އެސް.އޭ.އައި ސިމްޕޯޒިއަމް އަދި އައި.ޑީ.އައި ގްލޯބަލް ސަމިޓުގައި ބައިވެރިވެވަޑައިގެން ރައީސް ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފި. ދަތުރުފުޅުގައި ވޮލީ ކޯޓު ހުޅުއްވައިދެއްވުމާއި ގަސް އިންދުމުގެ ޙަރަކާތުގައި ވެސް ބައިވެރިވެވަޑައިގެންނެވި.
06 Aug 2026
ތައިލެންޑުގައި, ފުޓުބޯޅަ ކުޅެން ހުރި ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައިފި
ތައިލެންޑުގެ ދެކުނުގެ ސަރަހައްދެއްގައި ފުޓްބޯޅަ މެޗެއް ކުޅެމުން ދަނިކޮށް ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައި، އެ ކުޅުންތެރިޔާ މަރުވެ، އިތުރު 12 ކުޅުންތެރިއަކަށް އަނިޔާވެއްޖެއެވެ.