އީސީގެ ނާއިބު ރައީސް އިސްމާއީލް ހަބީބާއި ރައީސް ފުއާދު ތައުފީގު--
ހަބަރު
08 Dec 2023 | 20:46
ޕާޓީއެއްގެ ޓިކެޓުގައި މަޖިލީހަށް ވާދަކުރާ މީހަކު އެޕާޓީއެއްގެ މެންބަރަކަށްވުން ކޮންމެހެން ލާޒިމެއް ނޫން: އީސީ

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓަކީ އެޕާޓީ އެއްގެ މެންބަރަކަށްވުން ކޮންމެހެން ލާޒިމެއް ނޫން ކަމަށް އީސީގެ ނާއިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވެއްޖެެއެވެ. 

ހަބީބު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިވާ މީހަކަށް އަމިއްލަގޮތުން ވާދަ ކުރެއްވިދާނެކަމަށެވެ. 

އަދި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވާ މީހަކު އެޕާޓީ އެއްގެ މެންބަރަކަށްވުން ލާޒިމު ނޫން ކަމަށްވެސް ވިދާޅުވި އެވެ. 

މިއާއެކު ހަބީބު ވިދާޅުވީ، ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކުރައްވާ ނަމަ، ބޭނުންވާނީ އެ ޕާޓީއަކުން އެ ކެންޑިޑޭޓަކު ހުށަހަޅާކަމުގެ ގަރާރު ކަމަށެވެ. 

އަދި އަމިއްލަގޮތުން ވާދަކުރައްވާ ނަމަ، ބޭނުންވާނީ، އެ ދާއިރާ އަކުން އެ މީހަކަށް ތާއީދުކުރާ 50 މީހުންގެ ސޮއި ކަމަށް އޭނާ ވިދާޅުވި އެވެ. 

ހަބީބު މިފަދައިން ވިދާޅުވެފައި ވާއިރު، ސިޔާސީ ޕާޓީ ތަކުން މަޖިލީހަށް ވާދަކުރާ ކެންޑިޑޭޓް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީތަކުގައި، އެ ވާދަކުރައްވާ ކެންޑިޑޭޓަކީ އެ ސިޔާސީ ޕާޓީގެ ކެންޑިޑޭޓަށް ވުން ލާޒިމު ކުރެއެވެ. 

އެގޮތުން މިފަހަރު ޕާޓީ ތަކުން ކޮށްފައިވާ ހުރިހާ އިއުލާން ތަކުގައިވެސް ޕާޓީ މެންބަރަކަށް ޝަރުތު ކޮށްފައިވެއެވެ. 

ކޮމެންޓް
އެލްސަން
އެހެންވީމާ އިލެކްސަން ގާނޫނާއި،ޤަވާޢިދު ވެސް އެބަ އިސްލާހު ކުރަން އެބަޖެހޭ ޕާޓީއެއްގެ ޓިކެޓު ލިބެން ވާނީ ވެސް އެޕާޓީއެއްގައި ރަޖިސްޓްރީ ވެގެން މިއީ އެންމެ އައުލާކަން ބޮޑުގޮތަކީވެސް
08 Dec 2023
ގުޅޭ ލިޔުންތައް
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ