މިނިސްޓަރ އަހްމަދު ޝިޔާމް-----ފޮޓޯ: މަސްވެރިކަމާ ބެހޭ ވުޒާރާ
ހަބަރު
09 Dec 2023 | 07:14
ދެކުނުގައި މަސް ޕްރޮސެސްކުރާ 50 ޓަނުގެ ފެސިލިޓީއެއް ހަދަނީ

ރާއްޖޭގެ ދެކުނުގައި، މަސް ބަންދުކުރާ 50 ޓަނުގެ ފެސިލިޓީއެއް ޤާއިމުކުރުމުގެ މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވަހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، މަސްބަންދުކުރާ ކާރުޚާނާއެއް ދެކުނުގައި ތަރައްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ވަރަށް ބޮޑު ޢަމާޒެއްކަމަށާއި މިއީ މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ކޮންމެހެން ކުރަންޖެހިފައިވާ މަސައްކަތެއް ކަމަށެވެ. 

އެގޮތުން މަސް ޕްރޮސެސްކުރުމަށް 50ޓަނުގެ ޕްލާންޓެއް ނުވަތަ، 25 ޓަނުގެ ދެ ޕްލާންޓް ބެހެއްޓުމަކީ ސަރުކާރުގެ އަމާޒު ކަމުގައި ވިދާޅުވެ ވަޒީރު ވަނީ، ރާއްޖޭގެ ދެކުނަކީ މަސްވެރިކަން ރަނގަޅު ސަރަޙައްދަކަށް ވުމާއެކު، އެކަމުގެ ބޭނުން ވަރަށް ބޮޑަށް އޮތްކަން ފާހަގަ ކުރައްވައިފައެވެ. އެހެންނަމަވެސް، މިމަސައްކަތް ކުރިއަށްގެންދާނެ ވަކި ތަނެއް އަދި ސަރުކާރުން ނިންމަވާފައި ނުވެއެވެ.

އެންމެ ދެކުނުން މަސް ބާނައިގެން ކޫއްޑުއާއި ހަމައަށް ގެންނަންވެސް 35-40 މޭލު ދުއްވަންޖެހުމުގެ ޝަކުވާ އެބައޮތް. އެދޭތެރޭގައި ރަނގަޅު ކަލެކްޝަން ފެސިލިޓީއެއް ބޭނުންވަނީ. ފިއޯރީ، ފަރެސްމާތޮޑާ، ވާދޫ ހިސާބުގެ ވާހަކަ މިބުނަނީ. ރަނގަޅު ހިސާބެއް ބަލާފައި، ވަރަށް އަވަހަށް ތަނެއް ނިންމާނަން. ފަންޑުވެސް ލިބިފައިވަނީ

އަހްމަދު ޝިޔާމް 

އަދި މީގެ އިތުރުން ސަރުކާރުން ޚާއްސަ އިސްކަމެއް ދޭނެ ކަންކަމުގެ ތެރޭގައި ގަނޑުކުރި ރޯމަހުގެ ބަދަލުގައި ރޯ މަހުން ބާވަތްތައް އުފައްދާ އެއަށް އަގެއް އިތުރުކޮށް ވިއްކުން ހިމެނޭކަމަށާއި، ރޯމަހުން އިތުރު ބާވަތްތައް އުފައްދައި އެކްސްޕޯޓް ކުރުމަކީ، ލިބޭ އާމްދަނީ ވަރަށް ބޮޑަށް އިތުރުކުރެވޭނެ ކަމެއްކަމުގައި ވަޒީރު ވިދާޅުވިއެވެ. 

ހަމަ އެޔާއެކު ވަޒީރު ޝިޔާމް ވިދާޅުވީ، މަސް ދަޅުގެ އިތުރުންވެސް ރޯމަސް ޕްރޮސެސްކޮށް އާމްދަނީ ހޯދޭނެ އިތުރު ގޮތްތައް ބައްލަވާނެކަމަށެވެ. އެގޮތުން ބޭރުގެ މާކެޓްތަކުގައި ޑިމާންޑް އޮންނަ ބާވަތްތައް ދިރާސާކޮށް، މަސައްކަތްތައް ކުރައްވާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.