މާލޭ މަސްމާރުކޭޓުގެ ތެރެއިން؛ ފޮޓޯ؛ ވޮއިސް
ހަބަރު
09 Dec 2023 | 11:28
މަސްވެރިންގެ ޤައުމީ ދަފްތަރެއް އެކުލަވާލަނީ

މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ ހުރިހާ މަސްވެރިންގެ ކަންބޮޑުވުންތަކާއި ދަތިތަކަށް ޚާއްސަ ސަމާލުކަމެއް ދެއްވަވައިގެން މަސްވެރިންގެ ޤައުމީ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ކުރެވެމުންދާކަމުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރޭ ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި މަސްވެރި ސިނާޢަތާ ގުޅޭ ސަރުކާރުގެ ސިޔާސަތުތަކާ، 'ހަފްތާ 14 ' ތަންފީޒުކުރެވެމުންދާ މިންވަރާ، ތަންފީޒުކުރަން ރާވާފައިވާގޮތަށް އަލި އަޅުވާލައި ދެއްކެވި ވާހަކަ ފުޅުގައެވެ. 

އެމަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވީ، މަސްވެރިކަމަކީ ރަސްމީކޮށް އާމްދަނީ ހޯދުމަށް ކުރާ މައިގަނޑު މަސައްކަތަށް ވާނަމަ އެ ފަރާތެއްގެ، ޕްރޮފައިލެއް ވަކިން ހެދުމުގެ މަސައްކަތް މިހާރު ފަށައިފައިވާކަމަށެވެ. 

އިރާދަ ކުރެއްވިއްޔާ މި މަސައްކަތާއެކު މަސްވެރިންނަކީ ދަޢުލަތް ދަންނަ އަދި ދައުލަތުން މަސްވެރިން އެ ކުރައްވާ ކަންކަން އެޕްރިޝިއޭޓް ކުރާކަން މަސްވެރިންނަށް އިހްސާސްވާވަރު އިރާދަކުރެއްވިއްޔާ ވެގެންދާނެ މި މަސައްކަތްތައް ނިންމާލެވޭ ވަރު ވާއިރު 

އަހްމަދު ޝިޔާމް 

ހަމައެޔާއެކު މަސްވެރިންގެ ދަފްތަރުގައި ހިމެނުމުގައި ބަލާނެ ކަންކަމުގެ މައްޗަށް އަލި އަޅުވާލަމުން ވަޒީރު ވިދާޅުވީ، އެންމެ މުހިއްމު ކަމެއްގެ ގޮތުގައި އެ ފަރާތަކީ ރަސްމީ / މައިގަނޑު މަސައްކަތެއްގެ ގޮތުގައި މަސްވެރިކަން ކުރާ ފަރާތަކަށް ވާންޖެހޭނެ ކަމަށައި އެއީ ކޮންމެ ބާވަތެއްގެ މަސްވެރިކަމެއް ކަމުގައިވިޔަސް މި ގިންތީގެ ތެރޭގައި ހިމެނިގެން ދާނެކަމަށެވެ. 

މީގެ އިތުރުން ވަޒީރު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މަސްވެރިކަމަކީ ސިއްހީ ފަރުވާދޭ ތަންތަނާއި ދުރުގައި ކަނޑުމަތީގައި ހެދާކުރާ މަސައްކަތެއްކަމަށާއި، އެހެންކަމުން އެކަށީގެވާ ފެންވަރު ރަނގަޅު އިންޝުއަރެސްގެ ނިޒާމެއް އެ ފަރާތްތަކަށް ގާއިމްކޮށްދެވުމަކީ ލިބޭނެ ވަރަށްބޮޑު ލުޔެއްކަމުގައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ވިއެޓްނާމަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު 20 އަހަރަށް ޖަލަށް
ވިއެޓްނާމަށް ޣައިރުޤާނޫނީ ގޮތެއްގައި މަސްތުވާތަކެތި އެތެރެކުރި ދިވެހި ރައްޔިތަކު 20 އަހަރަށް ޖަލަށްލުމަށް އެ ޤައުމުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ. މި ޙުކުމް އިއްވާފައިވަނީ ވިއެޓްނާމްގެ ޚާން ހުއާ ޕްރޮވިންސްގެ ޕީޕަލްސް ކޯޓުންނެވެ.
05 Oct 2026
ދަށް ފެންވަރުގެ ގޭސް ރެގިއުލޭޓަރު މަނާކުރަނޫ
ފެންވަރު ދަށް ގޭސް ރެގިއުލޭޓަރު ބޭނުންކުރުން މަނާކުރުމަށް މަސައްކަތްކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެއެވެ. އަލިފާނުގެ ހާދިސާތައް ގިނަވުމުގެ ސަބަބުތަކުގެ ތެރޭގައި ރެގިއުލޭޓަރުގެ ފެންވަރު ދަށްވުން ހިމެނެއެވެ.
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.