ރައްޔިތުންގެ މަޖިލިހުގެ ކުދަހުވަދޫ ދާއިރާގެ މެމްބަރު އަހްމަދު އާމިރު: ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ހަބަރު
09 Dec 2023 | 12:44
ފުށިދިއްގަރު ފަޅުގެ މަޝްރޫއަށް ހުރަސް އެޅުމަކީ ރައްޔިތުންނަށް ދެވޭ ދެރައެއް: އާމިރު

ސަރުކާރުގެ ބޯޖިޔާވަހިކަމުގެ މަޝްރޫޢުގެ ތެރެއިން ހިއްކުމަށް ހަމަޖެހިފައިވާ ފުށި ދިއްފަރު ފަޅުގެ މަޝްރޫޢަށް ހުރަސް އެޅުމަކީ ސީދާ ރައްޔިތުންނަށް ދެވޭ ދެރައެއް ކަމުގައި ރައްޔިތުންގެ މަޖިލިހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހެޅި ބަޖެޓަށް ކޮމިޓީން ގެނައި އިސްލާހާއެކު ފާސް ކުރި 49.8 ބިލިއަން ރުފިޔާގެ ބަޖެޓު ފާސްކުރި އިރު އެއިން ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގައި ހިމެނޭ އެންމެ ބިޔަ އެއް މަޝްރޫޢުކަމަށްވާ ފުށި ދިއްގަރުފަޅު ހިއްކުމުގެ މަޝްރޫޢުވަނީ އުނިކޮށްފައެވެ. 

މިކަމާއި ގުޅިގެން ޕީއެސްއެމްއަށް ދެއްވި އިންޓަރވިއުއެއްގައި އާމިރު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ ތަރައްޤީއާއި ކުރިއެރުމަށް މަސައްކަތް ކުރާ ބަޔަކު ތިބޭ ތަނަކަށް ވާންޖެހޭ ކަމަށާއި، މަޖިލީހަކީ ކޮންމެ ސަރުކާރެއް އޮތް ނަމަވެސް ރައްޔިތުންގެ ތަރައްޤީއަށް ހުރަސް އަޅާ ބަޔަކު ތިބި ތަނަކަށްވެގެން ނުވާނެކަމުގައެވެ. 

ރައްޔިތުންގެ މަޖިލިހުގެ ބަޖެޓް ކޮމެޓީގައި ފާއިތު 15 އަހަރުވެސް މަސައްކަތްކުރެެއްވި އާމިރު އިތުރަށް ވިދާޅުވީ، ޕާޓީ ސިސްޓަމްގެ ތެރެއިން ވެރިކަން ކުރާއިރު، ޚިޔާލު ތަފާތުވުން ހުންނާނެ ކަމަށާއި އެހެންނަމަވެސް ކަނޑައެޅިގެން ރައްޔިތުންނާއި ގުޅުންހުރި މުހިންމު ކަންކަމުގައި ދަތި ކުރުމުގެ ނިޔަތުގައި ކަންކަން ކުރުމަކީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫންކަމަށެވެ.

ބޯހިޔާ ވަހިކަން އިތުރު ކުރުމަށް އެކުރަމުންދާ މަސައްކަތަށް ކަނޑައެޅިގެން ޖެއްސުން ކުރުމުގެ ނިޔަތުގައި ނުވަތަ ދަތިކުރުމުގެ ނިޔަތުގައި އެކުރެވޭ ކަމަކީ އެއީ އޮންނަ ސަރުކާރަކަށް ކުރެވޭ ޖެއްސުމެއް ނޫން. އަޅުގަނޑު ސިފަ ކުރާނީ އެއީ ރައްޔިތުންނަށް ކުރެވޭ ދައްޗެކޭ، ރައްޔިތުންނަށް ކުރެވޭ ޖެއްސުމެކޭ. އެއީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއްގެ ގޮތުގައި އަޅުގަނޑު އެކަން ސިފަކުރާނީ.

އަހްމަދު އާމިރު 

ރައީސުލްޖުމްހޫރިއްޔާ ހުވާ ކުރެއްވި ޖަލްސާގައި މަޖިލިސް ރައީސް މުޙައްމަދު އަސްލަމް، މަޖިލިސް ތެރެއިން ސަރުކާރެއް ހިންގުމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ދެއްވައި ދެއްކެވި ވާހަކަފުޅަށް އިޝާރާތް ކުރައްވައި އާމިރު ވިދާޅުވީ ފެނިގެން ދަނީ މުޅިއަކުން އެގޮތަށް ކަންކަން ހިނގާ މަންޒަރެއް ނޫންކަމަށެވެ. އަދި މީގެ އިތުރުން އެ އިރަކު އޮންނަ ސަރުކާރެއްގެ މެނިފެސްޓޯގައި ހުށަހަޅާ ކަންކަން ކޮށްދިނުމަށް މަޖިލީހުން ހުރަސް އެޅުމަކީ ކޮށްގެންވާނެ ކަމެއްނޫންކަމުގައިވެސް އާމިރު ވިދާޅުވިއެވެ. 

ސަރުކާރު ހިންގުމަށް ދެވޭ އެއްބާރުލުމަކީ ސަރުކާރަކުން ކޮށްދޭން ބޭނުންވާ ކަންތައްތަކަށް އެއްބާރުލުން ދިނުން. މެނިފެސްޓޯއެއް އެކުލަވާލައިގެން މެނިފެސްޓޯއެއްގެ ދަށުން ސަރުކާރެއް ހިންގުމަށް ކޮންމެ ޕާޓީއަކުންވެސް އަންނަނީ. ރައްޔިތުން އޮތީ ރައީސް ޑރ.މުއިއްޒު ރައީސް ކަމަށް ބަލައިގެންފަ. އެމަނިކުފާނުގެ މެނިފެސްޓޯގައިވާ ކަންކަން ތަންފީޒު ކޮށްދިނުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ކުރަންޖެހޭ ކަންކަން ކުރަންވާނީ.

އަހްމަދު އާމިރު 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒާއި، އެމަނިކުފާނުގެ ނާއިބު ހުވާކުރެއްވުމަށް ޖުމްހޫރީ މައިދާނުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވަނީ، ރައީސުލްޖުމްހޫރިއްޔާއަށާއި، އެ މަނިކުފާނުގެ ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށައަޅާ ކަންކަން، ޤާނޫނުގެ ތެރެއިން ވީ އެންމެ ރަނގަޅަކަށް ކޮށްދެއްވާނެކަމުގެ ޔަޤީންކަންވެސް އަސްލަމް ވަނީ ދެއްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.