ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރެއްވި ދެ ކެނޑިޑޭޓުން
ހަބަރު
09 Dec 2023 | 14:23
ދެވަނަ ބުރުގައި ވާދަކުރި ދެ ކެނޑިޑޭޓުންވެސް މާލީ ބަޔާން ހުށަހަޅައިފި

މި އަހަރު ބޭއްވުނު ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރެއްވި ދެ ކެނޑިޑޭޓުންވެސް ކަނޑައެޅިފައިވާ ވަގުތުގެ ކުރިން މާލީ ބަޔާން ކުށަހަޅައިފައިވާކަމުގައި އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. 

އެ ކޮމިޝަނުގެ ނައިބް ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ، ދެ ކެންޑިޑޭޓުން ވެސް ސުންގަޑި ހަމަވުމުގެ ކުރިން މާލީ ބަޔާންތައް ހުށަހަޅާފައި ވާކަމަށާއި އެ މާލީ ބަޔާންތައް ދިރާސާކޮށް ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އެކަން ނިމުނުހާ އަވަހަކަށް  ބަޔާންތައް އާންމު ކުރާނެކަމަށެވެ. 

ވޮއިސް އާއި ވާހަކަދައްކަވަމުން ނައިބްރައީސް ހަބީބު އިތުރަށް ވިދާޅުވީ، މިހާރު ކުރިއަށް ދަނީ ބަޔާންތައް ދިރާސާކޮށް އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމުގެ މަރުހަލާ ކަމަށާއި އެ މަރުހަލާ ފުރިހަމަ ކުރެވުނުހާ އަވަހަކަށް ދެ ކެނޑިޑޭޓުންގެ މާލީ ބަޔާންވެސް އާންމު ކުރާނެކަމަށެވެ. 

ދެ ބޭފުޅުން ވެސް ބަޔާން ހުށަހަޅާފައި އޮތީ، ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އާންމު ކުރާނަން،

އިސްމާއިލް ހަބީބް 

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަ ކުރެއްވި ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި ކުރީގެ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހުހެ މާލީ ބަޔާން ހުށަހެޅުމުގެ ސުންގަޑި ހަމަވީ މި ހުސްވި ނޮވެމްބަރު 29 ގައެވެ. 

އިންތިހާބަކަށްފަހު ކެންޑިޑޭޓުންގެ ކެމްޕޭނު ހަރަދުތައް ކުރި ގޮތުގެ ތަފުސީލު ހިމެނޭ މާލީ ބަޔާނެއް ހުށަހެޅުމަކީ ގާނޫނީ ގޮތުން ލާޒިމު ކަމެކެވެ. އެ ބަޔާނުގައި އިންތިހާބާ ގުޅިގެން ކެންޑިޑޭޓު ކޮށްފައިވާ ހަރަދުތަކުގެ ތަފުސީލާއި އިންތިހާބަށް ހަރަދު ކުރުމަށް ފައިސާ ހޯދި ގޮތުގެ ތަފުސީލުގެ އިތުރުން، ފައިސާއާއި ތަކެތި ދިން ފަރާތްތަކާއި ދިން މިންވަރުގެ ތަފުސީލު ހިމަނަން ޖެހޭނެއެވެ.

އޭގެއިތުރުން ކެންޑިޑޭޓުގެ ބޭންކު އެކައުންޓުން ކޮށްފައިވާ ހުރިހާ މުއާމަލާތެއް އެނގޭނެ އެކައުންޓު ސްޓޭޓުމަންޓާއި ސައްހަ މައުލޫމާތުކަން އަންގައިދޭ ފައިސާގެ ރަސީދު، އިންވޮއިން އަދި ބިލު ކޮޕީވެސް އެ ބަޔާނާއެކު ހުށަހަޅަންޖެހޭނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ލަންކާގެ ޖޫނިއާ ސާފިން ޗެމްޕިއަން ބަލިކޮށް، ރާއްޖޭގެ އާލިޔާ ޗެމްޕިއަންކަން ހޯދައިފި
މި މުބާރާތުގެ ތެރެއިން އާލިޔާ ދައްކުވައިދިން ހުނަރާއެކު ގިނަ ބައެއްގެ ސަމާލުކަން އޭނާއަށް ހުއްޓުނެވެ. މިއީ މިފަދަ މުބާރާތެއްގައި އާލިޔާގެ ފުރަތަމަ ތަޖުރިބާއެވެ.
14 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ސެމީފައިނަލަށް ހަނިމާދޫ އާއި ކެލާ
ކުއާޓާފައިނަލުގެ ބާކީ މެޗްތައް ކުޅޭނީ މާދަމާ ހަވީރާއި ރޭގަނޑެވެ. ހަވީރު ކުޅޭ މެޗްގައި ފިނޭ ނިކުންނާނީ ބާރަށާ ދެކޮޅަށެވެ. އަދި ރޭގަނޑު ކުޅޭ މެޗްގައި ބައްދަލުކުރާނީ ދިއްދޫ އާއި ވަށަފަރެވެ
14 Sep 2026
ބޮޑުއަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝް ދެ މީހަކު ހައްޔަރުކޮށްފި
‏މި މައްސަލައާ ގުޅިގެން ބަންދުކޮށްފައިވަނީ އެމްޑީ މަސްއޫދު އަޙްމަދު އަދި އަބޫ ތާހިރު އެވެ.
14 Sep 2026
ހާލަންޑު ޖެހި ލަނޑު ސައްހަކަމަށް ނިންމުނީ ގޯހަކުން
ރެފްރީންގެ ކޮމިޓީން ވަނީ ވީއޭއާރުގެ މި ނިންމުން މުރާޖައާކުރާނޭކަމަށް ބުނެފައި
14 Sep 2026
ރަސްމީ ދަތުރުފުޅެއްގައި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިރޭ ރާއްޖެ ވަޑައިގެންފި އެވެ.
14 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސްގެ ފުރަތަނަ ދެމެޗް އެންޖީ ޖޫނިއާސް އަދި އެންޖީ ސްޓާރިންނަށް
އެންޖީ ޖޫނިއާސް މި މެޗު ކާމިޔާބުކުރީ 06-14 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ މެޗު އެންޖީ ސްޓާރިންގ ވަނީ ކާމިޔާބުކޮށް މުބާރާތުގެ ފެށުން ރަނގަޅުކޮށްފައެވެ
14 Sep 2026
އެންޓަނާއަކުން މީހަކު ވެއްޓި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެނީ
އެންޓަނާ މަތިން ވެއްޓުނު މީހާއަށް އަނިޔާވިއިރު އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ސާފެއް ނުވެއެވެ.
14 Sep 2026
މިނިސްޓަރު ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ދެ ބޭފުޅަކު އައްޔަންކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޯ ޓަރޝަރީ ހެލްތު ސާވިސަސްގެ މަގާމަށް، ގ. ފިނިވިލު، މުހައްމަދު ތަލާލް އަދި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށް، ގދ. ތިނަދޫ ޝިފާ، އަހްމަދު ހަބީބް ޢައްޔަންކުރައްވާފަ އެވެ.