އަލްމަވާސީ ގައި ޓެންޓެއްގައި ދިރިއުޅެމުންދާ ކުޑަ ކުދިންކޮޅެއް. ފޮޓޯ:އަލްޖަޒީރާ
ދުނިޔެ
09 Dec 2023 | 17:30
އަލްމަވާޞީ ގައި 50ހާހަށްވުރެ ގިނަ މީހުން ޖަމާވެ ތޮއްޖެހިފައި

އަލްމަވާޞީ ގައި 50ހާހަށްވުރެ ގިނަ މީހުން ޖަމާވެ ތޮއްޖެހިއްޖެއެވެ.

އަލްޖަޒީރާއަށް ރިޕޯޓްކުރި ނޫސްވެރިޔަކު އަލްޖަޒީރާގައި ބުނެފައިވަނީ ރަފާޙް ގައި ހުރި އަލްމަވާޞީ އޭ ކިޔާ ސަރަހައްދަށް 50ހާހަށްވުރެ ގިނަ މީހުން ޖަމާވެ ތޮއްޖެހިފައިވާ ކަމަށެވެ.

އަލްމަވާޞީ އަކީ ޣައްޒާގެ ދެކުނުގައި ދިރިއުޅޭ ރައްޔިތުންނަށް ރައްކާތެރި ތަނެއް ކަމަށްބުނެ އިޒްރާއިލް ޔަހޫދީން ޣައްޒާގެ ރައްޔިތުން ޖަމާވަމުންދާ ސަރަހައްދެކެވެ.

އެތަނަކީ ހީތްރޫ އެއަރޕޯޓަށްވުރެ ވެސް ކުޑަ ތަނެއް ކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ.

އަލްމަވާސީ އިން ރިޕޯޓްކުރި ނޫސްވެރިޔާ ބުނެފައިވަނީ އެތަނަށް އެމީހުން ދިއުމަށް ބޭނުންކުރި ވެހިކަލް ގައި އެތަނަށް ދިޔުމާއި އެކު އެ ވެހިކަލްއާއި ދިމާއަށް އެތަނުގައި ތޮއްޖެހިފައިތިބި މީހުންތައް ދުވެފައި އައި ކަމަށެވެ. އަދި އެމީހުން ހީކުރީ ރިޕޯޓަރުން ނަކީ އިންސާނީ އެހީ ހިފައިގެން ދިޔަ ބައެއް ކަމަށެވެ.

މީގެއިތުރުން އަލްމަވާޞީގައި ތބި މީހުންނަށް ކާއެއްޗެއް ނުލިބޭތާ ދެދުވަސްވެފައި ވާ ކަމަށާއި، ބޮންއަޅައިގެން އެމީހުން ޝަހީދުނުވާނެނަމަ ބަނޑުހައިހޫނު ކަމުގެ ސަބަބުން އެމީހުން މަރުވެގެންހިނގައިދާނެ ކަމަށެވެ.

އެތަނުގައި ތިބި މީހުން ބަނޑުހައި ކަންމަތީގައި ކަރުހިއްކުން ނުފިލާ ޙާލުގައި ކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ.

އަލްމަވަސީ ގައި މިވަގުތު 50ހާހަށްވުރެ ގިނަ މީހުން އެބަތިބި ކަމަށާއި، އެތަނުގައި ޖަހައިފައިހުރި ޓެންޓުތައް ފުރި ބާރުވެފައިވާ ކަަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ.

އަދި އެސަރަހައްދުގެ ބިމެއްގެ ވެރިއެއް ނަަމަ އެތަނުގައި ވަގުތީ ބޯހިޔާވަހިކަން ހޯދަމުންދާ މީހުންނަށް ބިމުގެ ތަންތަން ކޮޅު ކުއްޔަށް ދެމުން ނުވަތަ ވިއްކަމުންދާ ކަމަށް އަލްޖަޒީޜާގައި ބުނެފައިވެއެވެ.

އެތަނުގެ ޙާލަތު ވަރަށް ގޯސްވެފައިވާ ކަަމަށާއި، އެސަރަހައްދަށް ވަރަށް ވައިގަދަ ކަމަށާއި އެތަނަށް އެހާމެ ފިނިގަދަ ވެފައިވާ ކަމަށްވެސް އަލްޖަޒީރާގައި ބުނެފައިވެއެވެ.

އަދި ވާރޭ ވެހިއްޖެނަމަ އެތަނުގައި ފެންބޮޑުވެ ދާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި، އެތަނުގައި ހެދިފައިވާ ޓެންޓްތަކަކީ މީހުން ދިރިއުޅެން އެހާ އެކަށީގެންވާ ގޮތައް ހެދިފައިވާ ތަންތަންކަމަށް ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.