މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމް: ފޮޓޯ: މަސްވެރިކަމާ ބެހޭ ވުޒާރާ
ހަބަރު
09 Dec 2023 | 19:34
މަސްވެރިކަމުގެ ސިނާޢަތުގެ މައްސަލަތަކަށް ޖުމްލަ ހައްލެއް ގެނެސްދޭނަން: މިނިސްޓަރ ޝިޔާމް

މަސްވެރިކަމާއި، އެ ސިނާއަތާއި ގުޅުންހުރި އެކިދާއިރާތަކަށް ދިމާވާ ގޮންޖެހުންތަކަށް ދާއިމީ ޖުމްލަ ޙައްލެއް ގެނެސްދިނުމަށް މަސައްކަތް ކުރައްވާނެކަމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. 

މަސްވެރިންގެ ދުވަހާއި ބޭއްވި މަސްވެރިންގެ ގުންޒަރުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، މަސްވެރިކަމުގެ ސިނާއަތަކީ ރާއްޖޭގައި އެންމެބޮޑު ގޮންޖެހުމެއް އަބަދުވެސް ކުރިމަތިވެފައި އޮންނަ ދާއިރާކަމަށާއި އެގޮތުން މަސްވެރިކަމުގެ ސިނާއަތަށް ހުރި ގޮންޖެހުންތަކުގެ އަޑު އަހައި އެކަމަަށް ޖުމްލަ ޙައްލެއް ހޯދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެކަަމަށެވެ. 

އެގޮތުން މިއަދުގެ ގުންޒަރުގައި ވާހަކަ ދައްކަވަމުން ވަޒީރު މަސްވެރިންގެ ދުވަސް މާލޭގައި ފާހަގަކުރައްވަނީ ސީދާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ބޭނުންފުޅުވެގެންކަން ފާހަގަ ކުރައްވައިފައެވެ. ސަބަބެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވީ ޚަރަދުކުޑަކުރުމެވެ.

އަދި މަސްވެރި މީގެ އިތުރުން އެއީ އެ ސިނާއަތަށް މެނިފެސްްޓޯގައި ހުރިކަންކަމަށް އެމަނިކުފާނު ހައްލުގެނަސްދިނުމަށް މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަގީންކަން ހާމަވި އެއްސަބަބުކަމުގައިވެސް ފާހަގަ ކުރައްވައިފަައެވެ. 

މިއަހަރުގެ މަސްވެރިންގެ ދުވަސް މިފާހަގަކުރަނީ ގައުމުގެ މާލީ ހާލަތާ ވެރިކަމާ ހަވާލުވިތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި، އަޅުގަނޑު އަދި ވަރަށް އާ. އެހެންނަމަވެސް ތިޔަ ތަޖުރިބާ ހުރި ބޭފުޅޫންނާއެކު ކަންކަމާ މަޝްވާރަށްކޮށް ސަރުކާރު ތެރެއިން ހައްލުގެނަސް ދެއްވުމަށް މަސައްކަތް ކުރާނަން، 

އަހްމަދު ޝިޔާމް 

 ވަނަ މަސްވެރިންގެ ދުވަހާ ގުޅުވައިގެން މަސްވެރިންގެ ކަންބޮޑުވުންތަކާ، މަސްވެރިކަމުގެ އެކިއެކި ދާއިރާތަކަށް އޮތް ގޮންޖެހުންތައް ދެނެގަނެ، އެކަމަށް ޙައްލު ހޯދޭނެ ގޮތްތަކެއް ހޯދުމަށް މަޝްވަރާކުރުމަށް ކުރިއަށް ގެންދިޔަ "މަސްވެރިންގެ ގުންޒަރު"ގައި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތާއި، އެ ދާއިރާއާއި ގުޅުންހުރި އެކިއެކި ދާއިރާތަކުން ވަނީ ބައިވެރިވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ވިއެޓްނާމަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު 20 އަހަރަށް ޖަލަށް
ވިއެޓްނާމަށް ޣައިރުޤާނޫނީ ގޮތެއްގައި މަސްތުވާތަކެތި އެތެރެކުރި ދިވެހި ރައްޔިތަކު 20 އަހަރަށް ޖަލަށްލުމަށް އެ ޤައުމުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ. މި ޙުކުމް އިއްވާފައިވަނީ ވިއެޓްނާމްގެ ޚާން ހުއާ ޕްރޮވިންސްގެ ޕީޕަލްސް ކޯޓުންނެވެ.
05 Oct 2026
ދަށް ފެންވަރުގެ ގޭސް ރެގިއުލޭޓަރު މަނާކުރަނޫ
ފެންވަރު ދަށް ގޭސް ރެގިއުލޭޓަރު ބޭނުންކުރުން މަނާކުރުމަށް މަސައްކަތްކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެއެވެ. އަލިފާނުގެ ހާދިސާތައް ގިނަވުމުގެ ސަބަބުތަކުގެ ތެރޭގައި ރެގިއުލޭޓަރުގެ ފެންވަރު ދަށްވުން ހިމެނެއެވެ.
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.