އިޖްތިމާޢީ އަދި ޢާއިލީ ތަރައްގީ އާ ބެހޭ ވުޒާރާގެ ނާއިބު އައިމިނަތު ނަމްޒާ
ހަބަރު
10 Dec 2023 | 12:23
ހިޔާތަކުގައި އުޅޭ ކުދިން ބަލާނެ އާއިލާތަކާ ހަވާލުކުރުމަށް ޚާއްސަ ޕްރޮގްރާމެއް ފަށައިފި!

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން "އެޑޮޕްޓް" ކޮށްގެން ގެންގުޅޭނެ އާއިލާތަކާ ހަވާލުކުރުމަށް "ކޮންމެ ކުއްޖަކަށް އާއިލާއެއް" ނަމުގައި ހާއްސަ ޕްރޮގްރާމެއް އިޖްތިމާޢީ އަދި ޢާއިލީ ތަރައްގީ އާ ބެހޭ ވުޒާރާއިން ފަށައިފިއެވެ.

"ކޮންމެ ކުއްްޖަކަށް ޢާއިލާއެއް" އަކީ އައު ސަރުކާރުގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މި ސިޔާސަތުގެ މުހިންމު ކަމާއި ގުޅިގެން، ޕީއެސްއެމް ގެ ރާއްޖެ މިއަދު ޕްރޮގްރާމް ގައި ވާހަކަ ދައްކަވަމުން އިޖްތިމާޢީ އަދި ޢާއިލީ ތަރައްގީ އާ ބެހޭ ވުޒާރާގެ ނާއިބު އައިމިނަތު ނަމްޒާ ވިދާޅުވީ، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް، އެ ކުދިން ބަލަމުންދާ ހިޔާ ތަކުގައި ތިބި މީހުންގެ ފަރާތުން ލޯތްބާއި އަޅާލުން ދެވެމުންދާ ކަމަށެވެ. 

"އެހެންނަމަވެސް ޢާއިލީ ވެއްޓެއްގައި ބޮޑުވާން، އެ ފުރުސަތު އެކުދިންނަށް ހޯދައި ދިނުމަކީ ކުޑަކުދިންގެ މިސްތަގުބަލުގެ ވާހަކަ ދައްކާއިރު އަޅުގަނޑުމެން ކުރަންޖެހޭ އެންމެ މުހިންމު އެއް ކަންތައް. ޢާއިލީ ވެއްޓެއްގެ ތެރެއިން، އެ ރައްކާތެރި ކަމާއި، ލޯތްބާއި، ކުލުނާއި، އޯގާތެރިކަން އެކުދިންނަށް ފޯރުކޮށްދިނުން އެއީ އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް." 

އިޖްތިމާޢީ އަދި ޢާއިލީ ތަރައްގީ އާ ބެހޭ ވުޒާރާގެ ނާއިބު އައިމިނަތު ނަމްޒާ 

ނަމްޒާ ވިދާޅުވީ، ކުދިންނަށް ކަންކަން ކޮށްދެވެން ފަށާނީ، ކޮންމެ ކުއްޖަކަށްވެސް އާއިލާއެއް ލިބޭ ހިސާބުން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެހެނީ، ކުދިން ގިނަ ކަންކަން ދަސްކުރަމުންދަނީ ޢާއިލާގެ ތެރެއިން ކަމަށާ، ކޮންމެ ކުއްްޖަކަށް ޢާއިލާއެއް ހޯދައި ދިނުމުގެ މަގުސަދަކީ ކޮންމެ ކުއްޖަކަށްވެސް ލިބެން ޖެހޭ އަސާސީ ކަންކަން ފުރިހަމަވާ ބައެއްގެ ގޮތުގައި ހެދޭނީ އެކުދިންނަށް ޢާއިލާއެއްގެ ލޯބި ލިބިގެން ކަން ނަމްޒާ ފާހަގަކުރެއްވިއެވެ. 

ނަމްޒާ އިތުރަށް ވިދާޅުވީ ދައުލަތުގެ ބެލުމުގެ ދަށުގައި، 18 އަހަރު ނުފުރޭ 164 ކުދިން ތިބި ކަމަށެވެ. އޭގެ ތެރޭގައި އެކި އުމުރުފުރާގެ ކުދިން ތިބިއިރު، ގިނަ މީހުން އާއްމުކޮށް އެޑޮޕްޓް ކުރަން ބޭނުންވަނީ އެންމެ ތުއްތު ކުދިންކަން ނަމްޒާ ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، އެއަށްވުރެ ބޮޑު ކުދިންނަކީވެސް ޢާއިލީ ވެއްޓެއްގެ ލޯބި ލިބެންޖެހޭ ކުދިން ކަމަށް ނަމްޒާ ވިދާޅުވި އެވެ. 

"ކޮންމެ ކުއްްޖަކަށް ޢާއިލާއެއް" ސިޔާސަތު ތަންފީޒު ކުރުމަށް ފެށި ޕްރޮގްރާމާއި ގުޅޭ އިތުރު މައުލޫމާތު ދެއްވަމުން އިޖްތިމާޢީ ވުޒާރާގެ ސީނިއަރ ލިގަލް ކައުންސެލް ޢާއިޝަތު އިފާދް ވިދާޅުވީ ކުދިން ވަގުތީގޮތުން ނުވަތަ ދާއިމީ ގޮތުންވެސް ބަލަން ބޭނުންވާ އާއިލާތަކަށް އެ ޕްރޮގްރާމް ގެ ދަށުން ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ. 

އެގޮތުން ވަގުތީ ގޮތުން ކުއްޖަކު ބެލުމާ ހަވާލުވާނަމަ ހަވާލުކުރާނީ ވަކި މުއްދަތެއް ކަނޑައެޅުމަށް ފަހު އެ މުއްދަތަކަށް ކަމަށާ، އެންމެ މަދުވެގެން ހަވާލު ކުރާނެ މުއްްދަތަކީ ދެ އަހަރު ދުވަސް ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި އެ ދުވަސްވަރުގެ ތެރޭގައި، އެ ކުއްޖާގެ އުފަން އާއިލާއަށް ކުއްޖާއަށް އަނބުރާ ދެވޭނެ މަގު ފަހިވޭތޯ ބަލައި އެކަން ކުރުމަށް މިނިސްޓްރީން މަސައްކަތް ކުރާނެ ކަމަށާ، އެކަން ނުވެއްޖެ ނަމަ، ކުއްޖާ ބަލަމުން އަންނަ އާއިލާއަށް އެ ކުއްޖާ ދާއިމީކޮށް ބެލުމުގެ ފުރުސަތު ލިބޭނެ ނުވަތަ ގާނޫނީ ބެލެނިވެރިކަން ހޯދުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

ވަގުތީ ގޮތުން ކުއްޖާ ބެލުން ޢާއިލާ އަކާއި ހަވާލު ކުރުމުގެ މަގުސަދަކީ މިހާރުން މިހާރަށްވެސް ކުދިންނަށް ޢާއިލާއެއްގެ ލޯބި ހޯދައި ދިނުންކަމަށް ނަމްޒާ ވިދާޅުވި އެވެ. އަދި އެގޮތުން ކުދިން ހަވާލު ކުރުމުގެ މަސައްކަތް ވޭހާވެސް ކުރުކޮށް، އަދި ލުއި ފަސޭހަކޮށް ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

ނަމްޒާ އިތުރަށް ވިދާޅުވީ ކުދިން ބެލުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކަމާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމަށްޓަކައި މިނިސްޓްރީގެ ފަރާތުން ވަރަށް އަވަހަށް މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ސެޝަންތަކެއް ބާއްވާނެ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
ސީޖޭޕީގެ މުޒާހަރާއަށް ދިޔަ މަގުމަތީ، މަހަތުމާ ގާންދީގެ މުނިކާފަ ދަރިކަލުން ފުލުހުންގެ ބެލުމުގެ ދަށަށް
ފުލުހުން ބުނީ އޭނާ ހައްޔަރެއް ނުކުރާކަމަށާއި، މުޒާހަރާއަށް ހުރަސް އެޅުމުގެ ގޮތުން ވަގުތީ ގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީކަމަށެވެ.
10 Oct 2026
ލޯނު އަދާކުރުމަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ
އެންމެފަހުން ދައްކާފައިވަނީ އިންޑިއާގެ ސްޓޭޓް ބޭންކު މެދުވެރިކޮށް ނަގާފައި އޮތް 150 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލް ފެސިލިޓީގެ އެންމެ ފަހު 50 މިލިއަން ޑޮލަރެވެ. އޭގެ ކުރިން އެޕްރީލް މަހުގެ ދެ ވަނަ ދުވަހު 524 މިލިޔަން ޑޮލަރުގެ ސުކޫކާއި 23 އެޕްރީލުގައި އިންޑިއާއަށް ދެއްކި 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފައިސާވެސް ހިމެނެއެވެ.
10 Oct 2026
އިންޑިއާގެ މަޝްހޫރު ކެއްކުންތެރިޔާ ކަބީތާ ސިންގް، ސަން ސިޔާމް އޮޅުވެއްޔަށް
ކަބީތާ ސިންގް އަކީ "ކަބީތާސް ކިޗެން" ގެ ނަމުގައި ޔޫޓިއުބުގައި 14.6 މިލިއަނަށް ވުރެ ގިނަ ސަބްސްކްރައިބާޒް ހޯދާފައިވާ، އިންޑިއާގެ ތަފާތު ކެއްކުންތައް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ގެނެސްދޭ ތަރިއެކެވެ. 2024 ވަނަ އަހަރު ނެޝަނަލް ކްރިއޭޓާޒް އެވޯޑްގެ ކާބޯތަކެތީގެ ކެޓެގަރީން އެންމެ މޮޅު ކްރިއޭޓަރުގެ ޝަރަފު ވެސް ކަބީތާ ހޯދާފައިވެއެވެ.
10 Oct 2026
އިސްރަށްވެހިންނަށް ލިބެންޖެހޭ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރަންޖެހޭ
އެކަމަނާ ވިދާޅުވީ ގައުމެއް މިއަދު މިހިސާބަށް ގެނެސްދިނުމުގައި އެންމެ ބޮޑު ގުރުބާނީއެއް ވީ ފަރާތްތަކަކީ އިސްރަށްވެހިން ކަމަށެވެ. ގައުމަށް ކުރިމަތިވި ކޮންމެ ބޮޑު ގޮންޖެހުމެއްގައި އެންމެ ބުރަ ބައި އެ ފަރާތްތަކުން އުފުލައި، ޒުވާން ޖީލުތައް ތަރުބިއްޔަތުކޮށް ހިދުމަތުގެ މައިދާނަށް ނެރެދީފައިވާ ކަމަށް ވެސް ވިދާޅުވިއެވެ
10 Oct 2026
ސްރީލަންކާއިން ސައުދީގެ ވެރިރަށަށް ކުރާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލައިފި
ސްރީލަންކާގެ ގައުމީ އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ފިޔަވަޅަކީ އެއާޕޯޓުގެ ސަލާމަތީ ކަންކަން އިތުރަށް ދިރާސާކޮށް، އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް ރައްކާތެރި މާހައުލެއް އޮތްތޯ ބެލުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ
10 Oct 2026
ރަޝިއާގެ ޑީސަލް ގަތުމަށް ޓްރަމްޕް ޕޫޓިންއާ އެކު އެއްބަސްވުމެއް ހަދައިފި
ޔޫކްރެއިންގެ ރައީސް ވޮލޮޑީމީރް ޒެލެންސްކީ ދެކޭ ގޮތުގައި މި ޑީލުގެ ސަބަބުން ރަޝިޔާއަށް އިތުރަށް މީހުން މެރުމާއި ދިގު މުއްދަތަކަށް ހަނގުރާމަ ކުރިއަށް ގެންދިޔުމަށް ފުރުސަތު ހުޅުވޭނެއެވެ.
10 Oct 2026
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި
އެ ޕާޓީން ކަނޑައަޅާފައިވާ ގޮތުގައި، މި އިންތިހާބުގައި ބައިވެރިވެވޭނީ މި އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އާ ހަމައަށް ޕާޓީގެ މެންބަރުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ.
10 Oct 2026
ރުފިޔާ އެކައުންޓްތަކަށް ދޫކޮށްފައިވާ ކާޑުތަކުން އަހަރުގެ މިހާތަނަށް 336 މިލިއަން ޑޮލަރު ހޭދަކޮށްފި
ބީއެމްއެލުން ބުނި ގޮތުގައި މިއަހަރުގެ ފުރަތަމަ 9 މަސްދުވަހުގެ ތެރޭގައި އެކި ބޭނުންތަކަށް ކަސްޓަމަރުންނަށް ޖުމްލަ 722 މިލިއަން ޑޮލަރު ވަނީ ދޫކޮށްފައެވެ. މިއީ އެވްރެޖުކޮށް މަހެއްގެ މައްޗަށް ބަލާއިރު 80 މިލިއަން ޑޮލަރެވެ.