ހޫތީން ހިފެހެއްޓި ގެލެކްސީ ނަމަކަށް ކިޔާ ބޯއްޓެއް. ފޮޓޯ: އަލްޖަޒީރާ
ދުނިޔެ
10 Dec 2023 | 12:46
ރަތްކަނޑު ހުރަސްކޮށް އިޒްރާއިލަށް ދާ ހުރިހާ ބޯއްޓެއް ހިފަހައްޓާނެ ކަމުގެ އިންޒާރެއް

ރަތްކަނޑު ހުރަސްކޮށް އިޒްރާއިލަށް ދާ ހުރިހާ ބޯއްޓެއް ހިފަހައްޓާނެ ކަމުގެ އިންޒާރު ޔަމަނުގެ ހޫތީން ދީފިއެވެ.

އަލްޖަޒީރާގައި ހޫތީންގެ ބަޔާނަކާއި ހަވާލާދީ ބުނެފައިވަނީ ރަތް ކަނޑު ހުރަސްކޮށް އިޒްރާއިލަށް މުދާ ހިފައިގެން ދަނީ ކޮންމެ ޤައުމެއްގެ ބޯއްޓެއް ކަމަށް ވިޔަސް އެ ޖަމާޢަތުގެ އަމާޒަކަށް އެބޯއްޓު ހަދާނެ ކަމަށެވެ. އަދި އިޒްރާއިލަށް މުދާ ފޮނުވާ ބައިނަލް އަޤްވާމީ ޝިޕިންގް ކުންފުނިތަކަށް ވެސް ހޫތީން ވަނީ ބޯއްޓުތައް ހިފަހައްޓާނެ ކަމުގެ އިންޒާރު ދީފައެެވެ.

“ޣައްޒާއަށް ބޭނުންވާ ކާބޯތަކެެއްޗާއި، އަސާސީ ސާމާނު ނުލިބޭ ކަމަށް ވާނަމަ ރަތްކަނޑު ހުރަސްކޮށް އިޒްރާއިލަށްދާ މުދާ ބޯޓުތަކަށް އަހަރެމެންގެ މުޖާހިދުން ހަމަލާދީ ހިފަހައްޓާނެ، ކޮންމެ ޤައުމެއްގެ ކޮންމެ ބޯއްޓެއްވިޔަސް” ހޫތީންގެ ސްޕޯކްސްޕާސަން ބުނެފައިވެއެވެ.

މިފާއިތުވި ހަފްތާތަކުގައިވެސް ހޫތީން ވަނީ ރަތްކަނޑުން އިޒްރާއިލަށް މުދާ ހިފައިގެން ދިޔަ ބޯއްޓު ތަކެއް ހިފައިފައެވެ. ހޫތީން ބުނެފައިވަނީ އެމީހުންގެ އެމަސައްކަތަކީ ފަލަސްޠީނުގެ ރައްޔިތުންނާއި އެކު ތިބިކަން ދައްކުވައިދިނުމަށް ކުރާ ކަމެއް ކަމަށެވެ.

އިނގިރޭސި ވިލާތާއި އެމެރިކާއިން ވަނީ ހޫތީންގެ މި ޢަމަލުތައް ކުށްވެރިކުރާ ކަމަށް ބުނެފައެވެ. އިނގިރޭސި ވިލާތާއި އެމެރިކާއިން ވަނީ އިރާނުން ހޫތީންނަށް ވާގިވެރިވާ ކަމަށް ބުނެފައެވެ. މި ކަމުގެ ރައްދެއްގެ ގޮތުން އިރާނުން ބުނެފައިވަނީ ހޫތީންނަކީ އެމީހުންގެ ނިންމުންތައް މިނިވަންކަމާއި އެކު ނިންމާ ބައެއް ކަމަށް ބުނެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.