ޣައްޒާގައި ޝަހީދުވެފައިވާ މީހެއް ހަށިގަނޑު ކައިރީގައި ބަޔަކު ހުއްޓިލައިގެން. ފޮޓޯ:އަލްޖަޒީރާ
ދުނިޔެ
11 Dec 2023 | 13:48
އިޒްރާއިލްގެ ހަމަލާތަކުގައި ޣައްޒާގެ 1800އަށް ވުރެ ގިނަ މީހުން ޝަހީދުވެއްޖެ

އިޒްރާއިލްގެ ޔަހޫދީ ސިފައިން ފަލަސްޠީނުގެ ޣައްޒާއަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ޣައްޒާއިން މިހާތަނަށް 1800 އަށްވުރެ ގިނަ މީހުން ޝަހީދުވެއްޖެއެވެ.

އިޒްރާއިލްގް ހަމަލާތަކުގައި ޣައްޒާއިން ޝަހީދުވި މީހުންގެ ޢަދަދު 18272 އަކަށް އަރައިފައިވާއިރު އޭގެ ތެރޭގައި 8000 އެއްހާ ކުޑަކުދިން ހިމެނެއެވެ. އަދި 5000 އަށް ވުރެ ގިނަ އަންހެނުން ހިމެނެއެވެ.

ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 49،000 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާއިރު އޭގެ ތެރޭގައި 8000 އަށް ވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ. އަދި 6000 އަށްވުރެ ގިނަ އަންހެނުން އޭގެ ތެރޭގައި ހިމެނެއެވެ.

އަދި ޣައްޒާއިން 7780 މީހަކު ވީނުވީ އެއް ނޭނގި ގެއްލިފައިވާ ކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ.

ޣައްޒާގެ އިތުުރުން އިޒްރާއިލް ސިފައިން ދަނީ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައިވެސް އިންސާނިއްޔަތާއި ޚިލާފު އެތައް ޖަރީމަތަކެއް ހިންގަމުންނެވެ.

އެގޮތުން ހުޅަނގު އައްސޭރީގައި 63 ކުޑަކުއްޖަކު ހިމެނޭހެން 275 މީހަކު ވަނީ ޝަހީދުކޮށްލައިފައެވެ.

މީގެއިތުރުން 3365 މީހަކު ވަނީ ޒަޚަމްވެފައެވެ.

ޣައްޒާގައި އެތައް ބަޔަކު ޝަހީދުވެގެން ގޮސްފައިވާއިރު ޢުމްރާނީ ގޮތުންވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ޣައްޒާއަށް ލިބިފައެވެ.

އެގޮތުން މީހުން ދިރިއުޅޭ 305،000 ތަނެއް ވަނީ ހަލާކުވެފައެވެ. އޭގެ ތެރެއިން ގިނަ ތަންތަން ވަނީ އަލުން ބިނާ ކުރަން ޖެހޭ މިންވަރަށް ހަލާކުވެފައެވެ.

ތަޢުލީމުދޭ 339 ތަނެއް ހަލާކުވެފައިވާއިރު 26 ހާއި 35ކާއި ދެމެދުގެ ޢަދަދަކަށް ސިއްޚީ ޚިދްމަތްދޭ ތަންތަން ހަލާކުވެފައިވެއެވެ.

މީގެއިތުރުން 87 އެމްބިޔުލާންސެއް ހަލާކުވެފައިވާއިރު އަޅުކަން ކުރުމަށް ބޭނުންކުރާ 167 ތަނެއް ވަނީ ހަލާކުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.