މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން--ފޮޓޯ: މަޖިލިސް
ހަބަރު
11 Dec 2023 | 14:26
ކުރީ ސަރުކާރަށް ކުރި ތުހުމަތުތަކުގެ ޕަބްލިކް އިންކުއެރީއެއް ހިންގުމަށް މަޖިލީހުން ފާސްކޮށްފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙްގެ ސަރުކާރަށް ކުރި ތުހުމަތުތަކުގެ ހަގީގަތް ބެލުމަށް ޕަބްލިކް އިންކުއެރީއެއް ހެދުމަށް މަޖިލީހަށް ހުށައެޅި ރިޕޯޓު ފާސްކޮށްފިއެވެ.

މި ގަރާރު މަޖިލީހަށް ހުށައެޅުއްވީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލްމުޣުނީއެވެ. އެ މެމްބަރު ހުށައެޅި ގަރާރުގައި ވަނީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ގައުމީ ސަލާމަތަށް އަސަރު ކޮށްފައިވާކަމަށް ބުނެ ކުރި ތުހުމަތުތަކުގެ ހަގީގަތް ދެނެގަނެ، ރައްޔިތުންނަށް ހާމަކުރުމުގެ ގޮތުން ޕަބްލިކް އިންކުއަރީއެއް ހިންގުމަށް ގޮވާލާފައެވެ.

މިގަރާރު ފާސްވީ މިއަދުގެ މަޖިލީހުގެ  ޖަލްސާއަށް ހާޒިރުވެ ތިއްބެވި 57 މެމްބަރުންގެ ތެރެއިން 49 މެމްބަރުންގެ ވޯޓާއި އެކުއެވެ. ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓު ދެއްވާފައިނުވާއިރު، އެއް މެމްބަރަކު ވަނީ ވަކި ގޮތަކަށް ވޯޓު ދިނުމަށް ބޭނުންފުޅު ނުވާކަމަށް ވޯޓު ދެއްވާފައެވެ.

އެހެންކަމުން މި ގަރާރު ދިރާސާކުރުމަށް ސަލާމަތާއި ބެހޭ ކޮމިޓީއިން ފޮނުވާފައިވާކަން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ އިއުލާން ކުރައްވާފައެވެ.

ކުރީގެ ރައީސް މުހައްމަދު ސާލިހުގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި އެމަނިކުފާނުގެ މައްޗަށް ކުރި އެންމެ ބޮޑު ތުހުމަތަކީ، އަވައްޓެރި އިންޑިއާ ދެމެދު ގޮތް ނޭނގޭ އެއްބަސްވުންތަކެއް އެކުލަވާލުން ހިމެނެއެވެ. އަދި ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސްގެ ސިޔާސަތުގެ ދަށުން ސަރުކާރު ހިންގަވާނެކަމަށް ވައުދުވި ނަމަވެސް އެމްއެމްޕީއާރުސީގެ މައްސަލަ ބެލިފައި ނުވުމާއި، ތަފާތު އެކި މައްސަލަތައް ބެލުމަށް އެމަނިކުފާނު އުފެއްދެވި ކޮމިޝަންތަކަށް އެދެވޭ މަސައްކަތެއް ކުރެވިފައި ނުވުންވެސް މި ތުހުމަތު ތަކުގެ ތެރޭގައި ހިމެނެއެވެ.

މީގެ އިތުރުންވެސް ދިވެހި ރާއްޖޭގެ އިޤްތިޞާދާއި ގުޅުވައި، އެމަނިކުފާނުގެ މައްޗަށް ތުހުމަތުތަކެއް ވަނީ ކޮށްފައެވެ. މިގޮތުން ކުރެވުނު ތުހުމަތުތަކުގެ ތެރޭގައި، ކޮވިޑު-19 ބަލިމަޑުކަމުގެ އަސަރު ރާއްޖެއަށް ކުރި އިރު ވައްކަން ކުރިކަމުގެ ތުހުމަތު ހިމެނެއެވެ. އަދި ރާއްޖޭގެ އިގްތިސާދަށް ގެއްލުންވާ ގޮތަށް، ބައެއް ނިންމުންތައް ނިންމުމާއި ބޮޑެތި އަދަދުތަކުން ބަދަލު ނަގައިދިނުންގެ އިތުރަށް ރައީސާއި ގާތް މީހުންގެ ކުންފުނިތަކަށް މަޝްރޫއުތައް ނުއަގުގައި ހަވާލު ކުރުން ވެސް މި ތުހުމަތު ތަކުގެ ތެރޭގައި ހިމެނެއެވެ.

މިކަމާއި ބެހޭގޮތުން ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވީ، އެކަންކަމަށް ރައްދު ނުދެވުމާއި އަދި ރަނގަޅު ގޮތުގައި ރައްޔިތުންނަށް މައުލޫމާތު ނުދެވި ހުރުމަކީ ލިބުނު ގެއްލުމެއްކަން ގަބޫލު ކުރައްވާކަމަށެވެ. ޕާޓީގެ ކުރިމަގާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އއ. އުކުޅަސްގައި ބޭއްވި ގައުމީ މަޖިލިސް ބައްދަލުވުމުގައި އޭރުގެ އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ކުރި ތަފާތު އެކި ތުހުމަތުތަކުގެ އިންކުއަރީއެއް ހެދުމަށް ވަނީ ފާސްކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.