ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު-- ފޮޓޯ/ރައީސް އޮފީސް
ހަބަރު
12 Dec 2023 | 09:53
ފަސްޓް ލޭޑީގެ އެލަވެންސް ލިބޭހާ ހިނދަކު ދައުލަތުން މުސާރަ ނުނަގާނަން؛ ލިބޭ މުސާރަ ކުރާނީ ޑޮނޭޓް: މެޑަމް ސާޖި

ރައީސުލްޖުމްހޫރިއްޔާ ގެ އަނބިކަނބަލުންގެ ހައިސިއްޔަތުން ލިބޭ އެލަވެންސް ލިބިލައްވާ ހިނދަކު، ދައުލަތުގެ ވަޒީފާ އަދާކުރައްވައިގެން ލިބޭ އެއްވެސް މުސާރައެއް ނުނަންގަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ. 

މެޑަމް ސާޖިއަށް ފަސްޓްލޭޑީގެ އެލަވަންސް ލިބިލައްވާއިރުވެސް، ސިވިލް ސާވިސްގައި އެކަމަނާ އަދާކުރައްވަމުންދާ ވަޒީފާ އަދާކުރައްވަން ބޭނުންފުޅުވެލައްވާތީ އެ ކޮމިޝަނުން ވަނީ އެކަމަާއާއި ކޮންޓްރެކްޓެއް ހަދާފައެވެ. 

އެ ކޮންޓްރެކްޓް ގައި ވާގޮތުން އެކަމަނާ ވަޒީފާ އަދާކުރައްވާ ކޮންމެ ގަޑިއިރަކަށް 75 ރުފިޔާ ލިބިލއްވާނެެއެވެ. އަަދި މަހެއްގެ މައްޗަށް ގިނަ ވެގެން 48 ގަޑިއިރު ވަންދެން މަސައްކަތް ކުރެވޭނެއެވެ. އެހެންކަމުން، އެކަމަނާއަށް އެންމެ ގިނަ ވެގެންވެސް މަހެއްގެ މައްޗަށް ލިބިލައްވާނީ -/3600 ރުފިޔާއެވެ. 

ކަންމިހެން ހުރި ނަމަވެސް، އެ މުސާރަވެސް އެކަމަނާ ނަންގަވާތީ، އަދި ވަޒީފާ އަދާކުރައްވާތީ ބައެއް މީހުން އަންނަނީ އެކަމަށް ފާޑުކިޔައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު-- ފޮޓޯ/ރައީސް އޮފީސް

އެފަރާތްތަކުގެ ކަންބޮޑުވުންތަކާއި ގުޅިގެން ރޭ "ސަންގު" ޓީވީއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި މެޑަމް ސާޖި ވިދާޅުވީ، އެކަމަނާ ފަސްޓް ލޭޑީގެ މަގާމުގައި ހުންނަވައިގެންވެސް މަސައްކަތް ކުރެއްވުމަށް ހުރަހެއް ނެތް ކަމަށެވެ. އަދި އެފަދައިން މަސައްކަތް ކުރައްވާތީ ފާޅުކުރެވެމުންދާ ކަންބޮޑުވުންތައް ބަލައިގަންނަވާކަން ފާހަގަކުރައްވައި މެޑަމް ވަނީ، އެކަމަނާ ބޭނުންވެލެއްވީ އެއްވެސް މުސާރައެއް ނުނަންގަވައި މަސައްކަތް ކުރެއްވުމަށް ކަމަށް ވިދާޅުވެފައެވެ. 

މިހާރު އަޅުގަނޑު ހުރި ޕޯސްޓަކީ ޓެކްނިކަލް މެނޭޖީރިއަލް ޕޯސްޓެއް. އެހެންވީމާ ވާގޮތަކީ ބައެއް ޑިސިޝަންތައްވެސް ނަގަން ޖެހޭ. އެހެންވީމާ އެ ވިދާޅުވާހެން ޑިސިޝަންތަކުގައި ބައެއް ބޭފުޅުންނަށް ވަރަށް އުނދަގޫވާނެ މިސާލަކަށް މިހާރުގެ ހައިސިއްޔަތުން އަޅުގަނޑު އެ ޑިސިޝަން ތައް ނަގަންވެއްޖެއްޔާ. އެހެންވެ އަޅުގަނޑު ބޭނުމެއްނޫން އެ ޑިސިޝަން ތަކުގެ ތެރެއަށް ވަންނާކަށެއް. އަޅުގަނޑު އެދުނީ އަޅުގަނޑަށް ޕޭ ނުކޮށް، އަޅުގަނޑަށް ޓެކްނިކަލް ކެޕޭސިޓީ ގައި މިސާލަކަށް، ކާބޯ ތަކެއްޗާއި ގުޅޭ ސްޓޭންޑަޑްތައް ކަނޑައެޅުމާއި އެކަހަލަ މަސައްކަތް ކޮށްދީފާނަމޭ ފްރީކޮށް. 

މެޑަމް ސާޖިދާ މުހައްމަދު 

މެޑަމް ސާޖި ވިދާޅުވީ، އެކަމަނާ އަކީ މަތީ ސާނަވީ އިމްތިހާނު ނިންމެވި އިރުން މިއަދާއި ހަމައަށް އެއް މަސައްކަތެއް ކުރައްވަމުންދާ ބޭފުޅެއް ކަމަށެވެ. އެހެންކަމުން، އެ މަސައްކަތަށް ވަރަށް ބޮޑަށް ލޯބިޖެހިފައިވާ ކަމަށާ، އެކަން ނުކުރައްވައި ހުންނެވުމަކީ އުނދަގޫ ކަމެއް ކަމަށެވެ. 

"އެހެންވީމާ އެ މަސައްކަތުގެ ވަރަށް ޓެކްނިކަލް ލެވެލް އެއްގެ ވޯކް އެކޭ އަޅުގަނޑު ބޭނުމީ. އަޅުގަނޑު ބޭނުމެއްނޫން ހިންގުމެއްވެސް. ނޫނީ ޑިސިޝަން ނެގޭ ލެވެލްގެ އެއްވެސް ކަމެއްވެސް. އެ ހުރިހާ އެއްޗަކުން އެކަހެރިވިން. (ރައީސް ޑރ. މުޢިއްޒު) އިލެކްޓް ވީ ދުވަހުން ފެށިގެންވެސް އަޅުގަނޑު ނީންނާނެ އެއްޗެއްގައި ސައިން ވެސް ކޮށްފައި. އަޅުގަނޑު އަމިއްލައިން ގަބޫލު ކުރީ، އެ ހިސާބުން ފެށިގެން އަޅުގަނޑު ޖެހޭނެއޭ، މެނޭޖީރިއަލް/ ޑިސިޝަން ލެވެލްތަކުން އެކަހެރިވާން." 

މެޑަމް ސާޖިދާ މުހައްމަދު 

މެޑަމް ސާޖި ވިދާޅުވީ، އެކަމަނާ ހަމައެކަނި ކުރައްވަން ބޭނުންފުޅުވަނީ ޓެކްނިކަލް މަސައްކަތް އެކަނި، ކަމަށާ، އެއީ އެ ތަނުގައި، އެ ދާއިރާއިން ތަޢުލީމް ހާސިލް ކުރައްވައިގެން ތިއްބެވީ ވަރަށް މަދު، ގާތްގަނޑަކަށް 3-4 މީހުންކަމަށް ވާތީ ކަމަށެވެ. އަަދި އެ މީހުންނަކީވެސް މަސައްކަތަށް ވަރަށް އައު މީހުން ކަމަށް ވާތީ، ކަންކަން ބުނެދޭނީ، އިރުޝާދު ދެއްވާނެ މީހަކު އެމީހުންނަށް ބޭނުންވާ ކަމަށް އެކަމަނާ ވިދާޅުވި އެވެ. 

އެހެންކަމުން، އެ މީހުންނަށް ބޭނުންވާ އެހީ ފޯރުކޮށްދެއްވައި، އެ މީހުންގެ ކުރިއެރުވުމަށްޓަކައި މަސައްކަތް ކޮށްދެއްވުމަށް އެކަމަނާ ބޭނުންފުޅުވެލައްވާ ކަމަށް މެޑަމް ސާޖި ވިދާޅުވި އެވެ. 

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ސަންގު ޓީވީއަށް ދެއްވި ބަސްދީގަތުމުގެ ތެރެއިން-- ފޮޓޯ: އަހުމަދު އަލީ

މިއާއެކު ސާޖި ވިދާޅުވީ، ސިވިލް ސާވިސް ގެ އެ ވަޒީފާ އަކީ އެކަމަނާ 24/7 އަދާކުރައްވާނެ ވަޒީފާއެއް ނޫން ކަމަށާ، އެ ވަޒީފާގައި ކުރައްވަން ބޭނުންފުޅުވެލައްވާ ކަންކަން، ގާތްގަޑަކަށް ދުވާލުގެ 3 ގަޑިއިރު ތެރޭގައި ނިންމަވާލެއްވޭނެ ކަމަށެވެ.

އެހެންކަމުން އެ ވަޒީފާގެ ސަބަބުން، ފަސްޓް ލޭޑީގެ ހައިސިއްޔަތުން ކުރައްވަން ޖެހިވަޑައިގަންނަވާ އެއްވެސް ކަމަކަށް ބުރޫ ނާރާނެ ކަމުގެ ޔަގީންކަން ސާޖި ވަނީ ދެއްވާފައެވެ. 

އަދި އަދާކުރައްވާ ވަޒީފާއިން މުސާރައެއް ދޭންޖެހިގެން ދޭ ނަމަވެސް މުސާރަ އެކަމަނާ ނުނަންގަވާނެ ކަމަށް ސާޖި ވަނީ ވިދާޅުވެފަ އެވެ. 

"މުސާރައެއް މިސާލަކަށް އެބޭފުޅުން މަޖުބޫރުވެގެން ދޭން ޖެހިއްޖެއްޔާ، އަޅުގަނޑު ބޭނުންވަނީ އެ އެއްޗެއް ޑޮނޭޓް ކުރަން. މިސާލަކަށް މިނިސްޓްރީގެ ކޮންމެވެސް ތަނަކަށް. ހަމަ ގައިމުވެސް އަޅުގަނޑެއް ދެ މުސާރައެއް، އަނެއް އެތި އެއީ މުސާރައެއްވެސް ނޫން. އެލަވެންސް އެއް. އެސް އަ ފަސްޓެ ލޭޑީ. އެ އެލަވަންސް އަޅުގަނޑަށް ލިބޭހާ ދުވަހަކު އަޅުގަނޑު ހަމަ ޔަގީނުންވެސް ދައުލަތަކުން އިތުރު މުސާރައެއް ނުނަގާނަން އިރާދަކުރެއްވިޔާ." 

މެޑަމް ސާޖިދާ މުހައްމަދު 

މީގެ އިތުރުން މެޑަމް ސާޖި ވަނީ އެކަމަނާއަށް ވަޒީފާގައި ހުންނެވޭގޮތް ސިވިލް ސާވިސް ކޮމިޝަނުން ހެދީ އުސޫލުން ބޭރުން ކަމަށް ދެކެ ވަޑައި ނުގަންނަވާ ކަމަށެވެ. އަދި ސިވިލް ސާވަންޓުންގެ ހައްގުތައް ކަށަވަރު ކުރާނީ ސިވިލް ސާވިސް ކޮމިޝަން ކަމަށާ، އެ ކޮމިޝަނުން ވެސް އުސޫލުން ބޭރުން ކަމެއް ކޮށްފިނަމަ އެ ކަމަށް އެއްބާރުލުންވެސް ނުދެއްވާނެ ކަމަށެވެ. 

"އަޅުގަނޑު ބޭނުމެއްވެސް ނުން ގަވާއިދާ އުސޫލުން ބޭރުން އެއްވެސް ކަމެއް." 

މެޑަމް ސާޖިދާ މުހައްމަދު 

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ހައިސިއްޔަތުން ފަސްޓް ލޭޑީއަށް މަތި ކުރެވިފައި ވަނީ ބޮޑަށް އިޖުތިމާޢީ ކަންކަމުގައި މަސައްކަތް ކުރާ ފަރާތްތަކަށް އެހީތެރިކަމާއި އެއްބާރުލެއްވުން ދިނުމެވެ. ފަސްޓް ލޭޑީންނަށް މުސާރައެއް ކަނޑައެޅިފައި ނުވި ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ގެ މުސާރައިގެ ތިން ބައި ކުޅަ އެއްބައި އެލަވަންސް ގެ ގޮތުގައި ލިބިލައްވައެވެ. އެއީ ގާތްގަނޑަކަށް 33,000 ރުފިޔާއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
ލޯނު އަދާކުރުމަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ
އެންމެފަހުން ދައްކާފައިވަނީ އިންޑިއާގެ ސްޓޭޓް ބޭންކު މެދުވެރިކޮށް ނަގާފައި އޮތް 150 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލް ފެސިލިޓީގެ އެންމެ ފަހު 50 މިލިއަން ޑޮލަރެވެ. އޭގެ ކުރިން އެޕްރީލް މަހުގެ ދެ ވަނަ ދުވަހު 524 މިލިޔަން ޑޮލަރުގެ ސުކޫކާއި 23 އެޕްރީލުގައި އިންޑިއާއަށް ދެއްކި 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފައިސާވެސް ހިމެނެއެވެ.
10 Oct 2026
އިންޑިއާގެ މަޝްހޫރު ކެއްކުންތެރިޔާ ކަބީތާ ސިންގް، ސަން ސިޔާމް އޮޅުވެއްޔަށް
ކަބީތާ ސިންގް އަކީ "ކަބީތާސް ކިޗެން" ގެ ނަމުގައި ޔޫޓިއުބުގައި 14.6 މިލިއަނަށް ވުރެ ގިނަ ސަބްސްކްރައިބާޒް ހޯދާފައިވާ، އިންޑިއާގެ ތަފާތު ކެއްކުންތައް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ގެނެސްދޭ ތަރިއެކެވެ. 2024 ވަނަ އަހަރު ނެޝަނަލް ކްރިއޭޓާޒް އެވޯޑްގެ ކާބޯތަކެތީގެ ކެޓެގަރީން އެންމެ މޮޅު ކްރިއޭޓަރުގެ ޝަރަފު ވެސް ކަބީތާ ހޯދާފައިވެއެވެ.
10 Oct 2026
އިސްރަށްވެހިންނަށް ލިބެންޖެހޭ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރަންޖެހޭ
އެކަމަނާ ވިދާޅުވީ ގައުމެއް މިއަދު މިހިސާބަށް ގެނެސްދިނުމުގައި އެންމެ ބޮޑު ގުރުބާނީއެއް ވީ ފަރާތްތަކަކީ އިސްރަށްވެހިން ކަމަށެވެ. ގައުމަށް ކުރިމަތިވި ކޮންމެ ބޮޑު ގޮންޖެހުމެއްގައި އެންމެ ބުރަ ބައި އެ ފަރާތްތަކުން އުފުލައި، ޒުވާން ޖީލުތައް ތަރުބިއްޔަތުކޮށް ހިދުމަތުގެ މައިދާނަށް ނެރެދީފައިވާ ކަމަށް ވެސް ވިދާޅުވިއެވެ
10 Oct 2026
ސްރީލަންކާއިން ސައުދީގެ ވެރިރަށަށް ކުރާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލައިފި
ސްރީލަންކާގެ ގައުމީ އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ފިޔަވަޅަކީ އެއާޕޯޓުގެ ސަލާމަތީ ކަންކަން އިތުރަށް ދިރާސާކޮށް، އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް ރައްކާތެރި މާހައުލެއް އޮތްތޯ ބެލުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ
10 Oct 2026
ރަޝިއާގެ ޑީސަލް ގަތުމަށް ޓްރަމްޕް ޕޫޓިންއާ އެކު އެއްބަސްވުމެއް ހަދައިފި
ޔޫކްރެއިންގެ ރައީސް ވޮލޮޑީމީރް ޒެލެންސްކީ ދެކޭ ގޮތުގައި މި ޑީލުގެ ސަބަބުން ރަޝިޔާއަށް އިތުރަށް މީހުން މެރުމާއި ދިގު މުއްދަތަކަށް ހަނގުރާމަ ކުރިއަށް ގެންދިޔުމަށް ފުރުސަތު ހުޅުވޭނެއެވެ.
10 Oct 2026
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި
އެ ޕާޓީން ކަނޑައަޅާފައިވާ ގޮތުގައި، މި އިންތިހާބުގައި ބައިވެރިވެވޭނީ މި އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އާ ހަމައަށް ޕާޓީގެ މެންބަރުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ.
10 Oct 2026
ރުފިޔާ އެކައުންޓްތަކަށް ދޫކޮށްފައިވާ ކާޑުތަކުން އަހަރުގެ މިހާތަނަށް 336 މިލިއަން ޑޮލަރު ހޭދަކޮށްފި
ބީއެމްއެލުން ބުނި ގޮތުގައި މިއަހަރުގެ ފުރަތަމަ 9 މަސްދުވަހުގެ ތެރޭގައި އެކި ބޭނުންތަކަށް ކަސްޓަމަރުންނަށް ޖުމްލަ 722 މިލިއަން ޑޮލަރު ވަނީ ދޫކޮށްފައެވެ. މިއީ އެވްރެޖުކޮށް މަހެއްގެ މައްޗަށް ބަލާއިރު 80 މިލިއަން ޑޮލަރެވެ.
10 Oct 2026
ދިއްލީއަށް މުޒާހަރާކުރަން ދިޔަ ސީޖޭޕީގެ ލީޑަރު, ފްލައިޓުން ނުފޭބެނީސް ހައްޔަރުކޮށްފި
ދިއްލީ ފުލުހުން ބުނާ ގޮތުގައި، މިފަދަ މުޒާހަރާއެއް ބޭއްވުމުގެ 10 ދުވަސް ކުރިން އެ އިދާރާއަށް އަންގަން ޖެހޭނެއެވެ. ނަމަވެސް، ސީޖޭޕީން މި މުޒާހަރާ ބާއްވާ ކަމަށް މުޒާހަރާ ފެށުމުގެ އެންމެ 3 ދުވަސް ކުރިން ފުލުހުން ގާތުގަ ބުނުމުގެ ސަބަބުން، ފުލުހުންނަށް މި ހަރަކާތައް ތައްޔާރުވުމަށް ފުރުސަތު ލިބިފައިނުވާ ކަމަށް ދިއްލީ ފުލުހުން ފާހަގަކޮށްފައިވެއެވެ