ފަލަސްތީނުގެ ރައްޔިތުންނާއެކު ދިވެހިން ތިބިކަން ހާމަކޮށްދިނުމުގެ ގޮތުން މީގެ ކުރިން ބޭއްވި އިވެންޓެއްގެ ތެރެއިން-- ފޮޓޯ: ވޮއިސް
ހަބަރު
13 Dec 2023 | 15:00
ފަލަސްތީނާއެކު ދިވެހިން ތިބިކަން ހާމަކުރުމަށް ހުކުރު ދުވަހު މަޖީދީ މަގަށް!

އިސްރާއީލުުގެ ލާއިންސާނީ އަނިޔާވެރިކަމާއި ކުރިމަތިލާން ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނާއެކު ދިވެހިން ތިބިކަން ހާމަކޮށްދިނުމުގެ ގޮތުން އެއްވުމެއް ބާއްވަން ނިންމައިފިއެވެ.

މި އެއްވުމަކީ ދިވެހި ޒުވާނުންގެ އިސްނެގުމުގެ މަތިން ކުރިއަށްދާ ހަރަކާތެއް ކަމަށާއި ވަކި ޖަމިއްޔާއެއްގެ ނަމުގައި މި ހަރަކާތް ކުރިއަށް ނުގެންދިޔަ ނަމަވެސް، މިފަދަ ކަންކަން ރާވާ ހިންގުމުގައި އިސްކޮށް އުޅޭ ޖަމިއްޔާތަކަށް ދައުވަތުދީފައިވާކަމަށް މި އެއްވުން އިންތިޒާމްކުރާ ޒުވާނުން ބުނެއެވެ.

މި އެއްވުން ކުރިއަށްދާނީ ޑިސެންބަރު 15 ވާ ހުކުރު ދުވަހުގެ މެންދުރު 1:15 އިން ފެށިގެން މަޖީދީމަގު-ޗާންދަނީ މަގާއި އާޓިފިޝަލް ބީޗާ ދެމެދެވެ.

މީގެއިތުރުން އެ ފަރާތުން ބުނީ މި އެއްވުމުގައި ކުދި ބޮޑު އެންމެން މަޖީދީ މަގަށް އެއްވުމުން ފަލަސްތީނަށް ޚާއްސަ ދުޢާއެއް ކިޔުމަށްފަހު ހަރަކާތް ނިމިގެންދާނެ ކަމަށެވެ. އަދި މީގެ އިތުރުންވެސް ފަލަސްތީނުގެ ހާލަތާއި ބެހޭގޮތުން ޝުއޫރު ފާޅުކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވެސް އޮންނާނެނކަމަށެވެ.

ނަމަވެސް މި އެއްވުމަކީ މުޒާހަރާއެއް ނޫންކަމަށާއި އެހެން ކަމުން އަޑުގަދަކުރާ ފަދަ ތަކެތި ބޭނުންކޮށްގެން ވާހަކަދެއްކުމާއި، އިސްރާއީލުގެ ޕާސްޕޯޓު ދިވެހި ރާއްޖެއިން ބޭންކުރުމަށް ގޮވާލައި، ޖިހާދު ޕްރޮމޯޓް ކުރުން ފަދަ އެއްވެސް ކަމެއް މި ހަރަކާތުގެ ތެރޭގައި ކުރިއަށްނުދާނެކަމަށް ވެސް އިންތިޒާމްކުރާ ޒުވާނުންގެ ފަރާތުން މައުލޫމާތުދެއެވެ.

ފަލަސްތީނުގެ ރައްޔިތުންނާއެކު ދިވެހިން ތިބިކަން ހާމަކޮށްދިނުމަށް ވިހާވެސް ގިނަ މީހުން މިހަރަކާތުގައި ބައިވެރިވުމަށް މި ހަރަކާތް އިންތިޒާމު ކުރާ ފަރާތުން ވަނީ އެދިފައެވެ.

ހުކުރު ދުވަހު ބާއްވާ އެއްވުން ކުރިއަށްދާނީ މަޖީދީމަގު- ޗާންދަނީ މަގާއި އާޓިފިޝަލް ބީޗާ ދެމެދު

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.