ވާރޭ ތެރޭގައި ޣައްޒާގެ މީހުން ރައްކާތެރިވުމަށް ދަތުރުކުރަނީ. ފޮޓޯ: އިންޓަރނެޓް
ދުނިޔެ
14 Dec 2023 | 12:07
ވެހެމުންދާ ބޯ ވާރޭއާއި އެކު ޙާލުގައި ޖެހުނު މީހުންގެ ޙާލަތު ގޯހުން ގޯހަށް!

ޣައްޒާއަށް ވެހެމުންދާ ބޯ ވާރޭއާއި އެކު ޣައްޒާ ހަނގުރާމައިގައި ޙާލުގައި ޖެހުނު މީހުންގެ ޙާލަތު ގޯހުން ގޯހަށް ހިނގައްޖެއެވެ.

އަލްޖަޒީރާގައި ބުނެފައިވަނީ ޖަބަލިއްޔާ ކޭމްޕްގައި ދިރިއުޅެމުން ދިޔަ މީހުން އިޒްރާއިލްގެ ހުއްޓުމެއްނެތް ނުރައްކާތެރި ހަމަލާތަކުން ސަލާމަތް ވުމަށް ޖަބަލިއްޔާ ދޫކޮށް ދިއުމަށް ދަތުރު ފަށައިފައިވަނީ ވެހެމުންދިޔަ ބޯ ވާރޭގެ ތެރެއިން ކަމަށެވެ.

ޣައްޒާގައި ހަރަކާތްތެރިވާ އަލްޖަޒީރާގެ ނޫސްވެރިޔަކު ނަގައިފައިވާ ވީޑިއޯ އަކުން ދައްކަނީ އުމުރުން ދުވަސްވީ މީހުންނާއި އަންހެނުންނާއި ކުޑަކުދިން އެމީހުންނަށް ބޭނުންވާ ސާމާނުތައް ހިފައިގެން ވާރޭ އިން ރައްކާތެރިވާނެ ގޮތެއް ނެތި ފައިމަގުގައި ދަތުރުކުރަމުންދާ މަންޒަރެވެ.

ފާއިތުވި ދެދުވަހުވެސް ޣައްޒާއަށް ދަނީ ބޯކޮށް ވާރޭ ވެހެމުންނެވެ.

އަލްޖަޒީރާގައި ރިޕޯޓް ކޮށްފައިވާ ގޮތުން ޖަބަލިއްޔާ ދޫކޮށް ފައިމަގުގައި ރައްކާތެރިކަން ހޯދުމަށް ދަތުރު ފަށައިފައިވާ މީހުންނަކީ އަބޫ ހުސެއިން ސްކޫލްގައި ވަގުތީ ހިޔާވަހިކަން ހޯދަމުންދިޔަ މީހުންނެވެ. އަދި އެމީހުން އެތަން ދޫކޮށް ނުކުމެފައިވަނީ އިޒްރާއިލްގެ ހަމަލާތައް އެސްކޫލަށް އަމާޒުވާން ފެށުމުންނެވެ.

ވިއްސާރަމޫސުމުގެ ދުވަސް ވަރާއި ދިމާވުމުން ޣައްޒާގެ ޙާލަތާއި މެދު ކަންބޮޑުވުން މިވަނީ އިތުރުވެފައެވެ. ޙާލުގައި ޖެހިފައިވާ މީހުން ބޯހިޔާ ވާނެ ގޮތެއް ނެތި ބަނޑުހައިކަން މަތީ ތިބި މީހުން ގެ ޙާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. ވިއްސާރަ އާއި އެކު ފެންބޮޑުވުން ކުރިމަތިވެ ބަލިމަޑުކަން ފެތުރިދާނެ ކަމުގެ ބިރު މިހާރު ވަނީ ބޮޑުވެފައެވެ.

ޣައްޒާ ހަނގުރާމަގައި މިހާތަނަށް 1.9 މިލިއަން މީހުން ވަނީ ގެދޮރު ގެއްލިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.