ކެމެރާމެން އަބޫ ދައްޣާ އަދި ވާއިލް އަލްދަޙްދޫޙް ހޮސްޕިޓަލްގައި ފަރުވާ ހޯދަނީ. ފޮޓޯ: އަލްޖަޒީރާ
ދުނިޔެ
16 Dec 2023 | 10:38
އަލްޖަޒީރާގެ ކެމެރާމެން ސަމަރް އަބޫ ދައްޣާ އިޒްރާއިލުން ޝަހީދުކޮށްލައިފި!

ޣައްޒާއިން ރިޕޯޓް ކުރާ އަލްޖަޒީރާގެ ކެެމެރާމެން ސަމަރް އަލް ދައްޣާ އިޒްރާއިލުން ޝަހީދުކޮށްލައިފިއެވެ.

އިޒްރާއިލުން ޚާންޔޫނިސް އަށް ދިން ހަމަލާއެއްގައި ސަމަރް އަބޫ ދައްޣާ ޝަހީދުވެފައިވާއިރު އޭނާއާއެކު އެވަގުތު މަސައްކަތް ކުރަމުންދިޔަ އަލްޖަޒީރާގެ ރިޕޯޓަރު ވާއިލް އަލްދަޙްދޫޙް އަށްވެސް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައި ކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ.

އަބޫދައްޣާ ޝަހީދުވި ހަަމަލާ އިޒްރާއިލުން ދީފައިވަނީ ޚާން ޔޫނިސްގެ ފަރްޙާާނާ ސްކޫލަށެވެ.

ހަމަލާއާއި ގުޅިގެން އަބޫ ދައްޣާ އަށް ވީ އަނިޔާ ނުވަތަ އޭނާއަށް ފަރުވާ އެއް ދިނުމަށް އޭނާ އާއި ހިސާބަށް ފޯރުމަށް އަވަސް ފަރުވާދޭ ފަރާތްތަކަށް ފުރުސަތެއް ނުލިބުނެވެ. ސަބަބަކީ ހުއްޓުމެއް ނެތި އިޒްރާއިލުން އެތަނަށް ބޮން އަޅަމުން ދިޔުމެވެ.

މީހުން ސަލާމަތް ކުރާ މީހުންނަށް އަބޫ ދައްޣާއާއި ހިސާބަށް ވާސިލް ވެވުނު އިރު އޭނާ ވަނީ ޝަހީދުވެފައި ކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ. އަބޫ ދައްޣާ އާއެކު އެސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ ވާއިލް އަލްދަޙްދޫޙްގެ އަތަށް ވަނީ ތޫނު އެއްޗެއް ހެރުމުގެ ސަބަބުން ޒަޚަމްވެފައެވެ. އޭނާ ވަނީ ނައްސިރް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށާފައެވެ.

މަންޒަރު ދުށް އެހެން މީހުންވެސް އެތަނަށް އެވަގުތު ދެމުން ދިޔަ ވަރުގަދަ ހަމަލާތަކުގެ ވާހަކަތައް ދައްކައިފައިވެއެވެ.

އިޒްރާއިލްގެ ހަމަލާގައި ސަމަރް އަބޫދައްޣާ ޝަހީދުކޮށްލުމާއި އެކު އަލްޖަޒީރާއިން ވަނީ އެކަން ކުށްވެރިކޮށް ހިތާމަ ފާޅުކޮށްފައެވެ. އަދި އަލްޖަޒީރާއިން ވަނީ އިންސާފަށް އެދި ގޮވައިލައިފައެވެ.

އިޒްރާއިލްގެ ހަމަލާތަކުގައި މިހާތަނަށް ފަލަސްޠީނުން އެކި އެކި ނޫސްތަކަށް މަސައްކަތް ކުރާ، ފަަލަސްޠީނުގެ 59 ނޫސްވެރިޔަކު ވަނީ ޝަހީދު ކޮށްލައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.