ކްރިމިނަލް ކޯޓު: ފޮޓޯ : ވޮއިސް
ހަބަރު
17 Dec 2023 | 12:40
4 ލައްކަ ރުފިޔާގެ މުދާ ވަގަށް ނެގި މީހާ އަލުން ހައްޔަރަށް

ފޯނުން ކޯޓު އަމުރު ދެއްކުމަށް ފަހު އަމުރުގެ ކޮޕީއެއް ހަވާލު ނުކުރުމުގެ ސަބަަބުން ހައްޔަރުން ދޫކޮށްލަން ޖެހުނު މީހާ އަނެއްކާވެސް ހައްޔަރުކޮށްފިއެވެ. 

400,000 ރުފިޔާގެ އަގުހުރި މުދާ ވަގަށް ނެގި މައްސަލައިގައި ހައްޔަރު ކުރި 39 އަހަރުގެ މި މީހާ އެންމެ ފުރަތަމަ ހައްޔަރުކޮށްފައި ވަނީ، ހުއްދަ ނޫން ތަނަކަށް ވަދެ، މުދަލަށް ގެއްލުން ދިނުމާއި ވައްކަމުގެ ތުހުމަތަށް ކޯޓު އަމުރެއްގެ ދަށުން މިދިޔަ ހުކުރު ދުވަހުގައެވެ. 

އެހެންނަމަވެސް އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހުކުރު ދުވަހު ކޯޓަށް ހާޒިރު ކުރުމުން، ހައްޔަރު ކުރި އިޖުރާއަތް ގޯސް ކަމަށް ކަނޑައަޅައި އެ ކޯޓުންވަނީ އޭނާ މިނިވަންކޮށްފައެވެ. 

އޭނާ ހައްޔަރު ކުރި އިޖުރާއަތު ގޯސްކަމުގައި ކޯޓުން ކަނޑައެޅީ,ޖިނާއީ އިޖުރާތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް އޭނާ ހައްޔަރު ކުރި އިރު، ކޯޓު އަމުރު ހަވާލު ނުކުރުމެވެ. 

އެހެން ނަމަވެސް އަލުން އޭނާ ހައްޔަރުކޮށް، ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރު ކުރުމުން ކްރިމިނަލް ކޯޓުގެ ޤާޒީ އިބްރާހިމް ޒިހުނީ ވަނީ ދެ ވަނަ ފަހަރަށް ހައްޔަރު ކުރި ގޮތް ރަނގަޅު ކަމަށް ކަނޑައަޅައި އޭނާ ބަންދަށް 10 ދުވަސް ޖަހާފައެވެ. 

އަދި އެނާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށް ކުރި ކަމަށް ތުހުމަމތުކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ހުށަހަޅާފައިވާ ކަމަށް އެ ކޯޓުގެ އަމުރުގައި ބުނެފައިވެއެވެ. 

އެގޮތުން މި މައްސަލައިގެ ޝަރީއަތަކަށް ފުލުހުން ވަނީ ސީނަށް ދިޔަ ފުލުހުންގެ ބަޔާނާއި ހެކިންނާއި ތުހުމަތު ކުރެވޭ އިތުރު މީހުންގެ ބަޔާން ހިމެނޭހެން މައްސަލައާ ގުޅުން ހުރި ސީސީޓީވީގެ މަންޒަރުތައް ވެސް ހުށަހަޅައިފައެވެ. 

ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ ބަންދުގެ އަޑުއެހުމުގައި އޭނާ ބުނެފައިވާ ގޮތުން ފުލުހުން އޭނާ ހައްޔަރު ކުރީ އަނިޔާ ކުރުމަށް ފަހުއެވެ. 

މީގެ އިތުރުން އޭނާގެ އަންހެނުން އުޅެނީ ވިހައިގެން ކަމަށާއި އަޅާލާނެ އިތުރު މީީހަކު ނުހުންނާނެ ކަމަށްވެސް އަޑުއެހުމުގައި އޭނާ ވަނީ ބުނެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.