ޝައިހް ސަމީރު
ހަބަރު
17 Dec 2023 | 12:50
"“މަލާބާރީންގެ” ނުފޫޒުގެ އަޅުވެތިކަމުން ރާއްޖެ ސަލާމަތްކުރަން އަދުގެ ލީޑަރުން ވާންޖެހޭ ގުރުބާނީ ކުޑައެއް ނޫން"

ދޮންބަންޑާރައިންގެ މަތިވެރި ޖިހާދުން ހިތްވަރާއި ބުންވަރު ހޯދައި މިއަދުގެ ލީޑަރުން ދޭންޖެހޭ ޤުރްބާނީ ކުޑަ ނޫންކަމުގައި ދީނީ އިލްމުވެރިޔާ ޝައިޚް އަހްމަދު ސަމީރު ވިދާޅުވެއްޖެއެވެ. 

19 ވަނަ ރައްޔިތުންގެ މަޖިލީހުގައި މިވަގުތު ތިއްބެވި އެމްޑީޕީ މެންބަރުންގެ ވޯޓުން، ރައީސާއި ނާއިބު ރައީސް އަޒުލު ކުރެވޭ ފަދަ ގޮތަކަށް މަޖިލީހުގެ ގަވާއިދު ބަދަލު ކުރުމަށް ބުރާސްފަތި ދުވަހު އާއްމު ކޮމިޓީން ނިންމާފައިވާ މި ދަނޑިވަޅުގައި ކުރެއްވި ޓުވީޓެއްގައި ޝެއިޚް ސަމީރު ވިދާޅުވީ, ވެެރިކަމުގެ ދަހިވެތިކަމުގައި ދިވެހިރާއްޖޭގެ ޤާނޫނީ ވެރިކަން ފިރުކައިގަނެ، ޤައުމުގައި ދާޚިލީ ހަމަނުޖެހުން އުފެއްދުމަަށް ބޭރުގެ ބާރުތަކާ ގުޅިގެން ޒަމާނުއްސުރެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. 

އަދި އެކަން ކުރުމަށް ދިވެހީންގެ ތެރެއިން ޚާއިނުން ކުރަމުން ދިޔަ މަސައްކަތަކީ ނިމިފައިވާ ކަމެއްވެސް ނޫން ކަމުގައި ޝެއިޚް ސަމީރު ވިދާޅުވިއެވެ. 

އެގޮތުން ޝައިހް ވަނީ “މަލާބާރީންގެ” ނުފޫޒުގެ އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތް ކުރުމަށް މިއަދުގެ ލީޑަރުން ދޭންޖެހޭ ޤުރްބާނީ ކުޑަ ނޫންކަމުގައި ވިދާޅުވެފައެވެ. 

ދޮންބަންޑާރައިންގެ މަތިވެރި ޖިހާދުން ހިތްވަރާއި ބުންވަރު ނަގައި “މަލާބާރީންގެ” ނުފޫޒުގެ އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތް ކުރުމަށް މިއަދުގެ ލީޑަރުން ދޭންޖެހޭ ޤުރްބާނީ ވަކި ކުޑައެއް ނޫނެވެ

ޝައިޚް އަހްމަދު ސަމީރު 

ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ އޮތް ގޮތާއި، 19 ވަނަ މަޖިލީހުގެ މިހާތަނަށް ޢަމަލުކުރެވެމުން ވެސް އަންނަ ގޮތުން، މަޖިލީހުގެ މެންބަރުންގެ ޖުމްލަ ޢަދަދު ގުނާނީ އެ ދައުރެއްގެ ޖުމްލައަށް ބަލައިގެންނެވެ.

އެގޮތުން ޤާނޫނު އަސާސީގައި ބުނާގޮތުން ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބް އެ މަގާމުން ވަކިކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުންގެ 2/3 އަގުލަބިއްޔަތުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ވިއެޓްނާމަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު 20 އަހަރަށް ޖަލަށް
ވިއެޓްނާމަށް ޣައިރުޤާނޫނީ ގޮތެއްގައި މަސްތުވާތަކެތި އެތެރެކުރި ދިވެހި ރައްޔިތަކު 20 އަހަރަށް ޖަލަށްލުމަށް އެ ޤައުމުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ. މި ޙުކުމް އިއްވާފައިވަނީ ވިއެޓްނާމްގެ ޚާން ހުއާ ޕްރޮވިންސްގެ ޕީޕަލްސް ކޯޓުންނެވެ.
05 Oct 2026
ދަށް ފެންވަރުގެ ގޭސް ރެގިއުލޭޓަރު މަނާކުރަނޫ
ފެންވަރު ދަށް ގޭސް ރެގިއުލޭޓަރު ބޭނުންކުރުން މަނާކުރުމަށް މަސައްކަތްކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެއެވެ. އަލިފާނުގެ ހާދިސާތައް ގިނަވުމުގެ ސަބަބުތަކުގެ ތެރޭގައި ރެގިއުލޭޓަރުގެ ފެންވަރު ދަށްވުން ހިމެނެއެވެ.
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.