ގާނޫނީ ވަކީލުކަމުގެ ހުވައި ކުރުމުގެ ދަރުބާރުގެ ތެރެއިން: ފޮޓޯ: އެޑިޝަން އެމްވީ
ހަބަރު
19 Dec 2023 | 14:46
ޤާނޫނީ ފަންނުގެ އިތުބާރު ގެއްލޭގޮތަށް ވަކީލުން މީސްމީޑިއާގައި ދައްކާ ވާހަކަތައްވެސް ދެން ބެލޭނެ

ސުލޫކީ މިންގަނޑާ ހިލާފުވާ ވަކީލުންގެ މައްސަލަ، ބާ ކައުންސިލުގެ އަމިއްލަ އިސްނެގުމުގެ މަތިން ބެލުމުގައި އަމަލު ކުރާނެ އިޖުރާއަތު ކަނޑައަޅާ އެ އުސޫލު ގެޒެޓު ކޮށްފިއެވެ.

ގާނޫނީ ވަކީލުންގެ ނަޒާހަތްތެރިކަން ކަށަވަރުކުރުމަށާއި ގާނޫނީ ވަކީލުންގެ ފަރާތުން މަސައްކަތުގެ ދާއިރާގައި ހިފަހައްޓަންޖެހޭ ސުލޫކީ މިންގަނޑާ ހިލާފަށް ކުރާ ކަންތައްތަކަށް ފާރަވެރިވުމަށް އެކުލަވާލި މި އުސޫލު ގެޒެޓްކޮށްފައިވަނީ، "އަމިއްލަ އިސްނެގުމުގެ މަތިން ސުލޫކީ މައްސަލަ ބެލުމާ ބެހޭ އުސޫލު" ގެ ނަމުގައެވެ. 

މި އުސޫލު އެކުލަވާލުމުގެ މަގުސަދުގެ ގޮތުގައި ހިމަނާފައިވާ ކަންކަމުގެ ތެރޭގައި، އާންމު މަޞްލަޙަތާ ގުޅުންހުރި މައްސަލަތަކުގައި މީސްމީޑިއާއާއި އެހެނިހެން ޕްލެޓުފޯމުތަކުގައި ޤާނޫނީ ވަކީލަކު ދައްކާ ވާހަކައަކުން ނުވަތަ ޝާއިޢުކުރާ ލިޔުމަކުން ނުވަތަ ފޮޓޯއަކުން ޤާނޫނީ ފަންނުގެ ދާއިރާގެ އިތުބާރު ގެއްލޭ ފަދަ ޢަމަލެއް ކޮށްފިކަމަށް ތުހުމަތުކުރެވޭނަމަ، އެފަދަ ފަރާތެއްގެ މައްސަލައެއް ބާ ކައުންސިލުގެ އަމިއްލަ އިސްނެގުމުގެ މަތިން ބަލައި ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާމެދު ފިޔަވަޅު އެޅުމާއި ފަންނުގެ ނަޒާހާތްތެރިކަން ދެމެހެއްޓުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން ހިމެނެއެވެ.

މިއަދު އެކުލަވާލީ މި އުސޫލުގެ ދަށުން ގާނޫނީ ވަކީލެއްގެ ހުއްދަ، ބާ ކައުންސިލުން ހިފަހައްޓާފައި ވަނިކޮށް، ގާނޫނީ ހިދުމަތް ފޯރުކޮށްދިނުމާއި ކޯޓުތަކުގައި ތަމްސީލުކުރަމުންދާ ފަރާތްތައް ދެނެގަތުމާއި ދާއިރާގެ އިތުބާރު ގެއްލޭ ފަދަ އަމަލެއް ކޮށްފި ކަމަށް ތުހުމަތު ކުރެވޭނަމަ، އެފަދަ މައްސަލައެއް ބާ ކައުންސިލުގެ އަމިއްލަ އިސްނެގުމުގެ މަތިން ބަލައި ފިޔަވަޅު އެޅޭނެއެވެ. 

އެގޮތުން އަމިއްލަ އިސްނެގުމުގެ މަތިން ބާ ކައުންސިލުން މައްސަލަތައް ބެލުމުގައި, ރާއްޖޭގެ ގާނޫނީ ފަންނު، ގާނޫނީ ވަކީލުންގެ ސުލޫކީ ގަވާއިދު، ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ގަވާއިދު، އަސްލާ އެއްގޮތް ކަމުގެ ތައްގަނޑު ޖެހުމާ ބެހޭ ގަވާއިދު އަދި ގާނޫނީ ވަކީލުން އަމަލުކުރުމަށް، ބާ ކައުންސިލުން އެކުލަވާލާފައިވާ ގަވާއިދަށް ރިއާޔަތް ކުރުމަށް މިއަދު އެކުލަވާލީ އުސޫލުގައި ވަނީ ހިމަނައިފައެވެ. 

ބާ ކައުންސިލްގެ އަމިއްލަ އިސް ނެގުމަށް، މައްސަލައެއް ބެލުމާ މެދު ގޮތެއް ނިންމާނީ ބާ ކައުންސިލްގެ އެގްޒެކްޓިވް ކޮމެޓީގެ ބައްދަލުވުމަކުންނެވެ.

އަދި ރިއާޔަތް ކުރުމަށް ނިންމާފައިވާ ގަވާއިދުތަކުގައި ހިމެނިފައި ނުވާ ކަމެއްގައި ގޮތެއް ނިންމަން ޖެހިއްޖެ ނަމަ، އެކަން ވެސް ކަނޑައަޅާނީ ބާ ކައުންސިލްގެ އެގްޒެކްޓިވް ކޮމެޓީއަކުން ކަމަށް ވެސް އުސޫލުގައިވެއެވެ. 

ކޮމެންޓް
ޥާލުސޮރު
ޢަނެއްކާ މިހާރު ތި ކައުންސިލްގަ ތިބި ދެބޯ ބުރާންތިތަކަށް މައްސަލަ ނުލިބޭތީ ވަކީލުން ދަމާ ކޫތަން ކަމެއް ކޮށްލީ ދޯ
19 Dec 2023
ގުޅޭ ލިޔުންތައް
05 Oct 2026
ވިއެޓްނާމަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު 20 އަހަރަށް ޖަލަށް
ވިއެޓްނާމަށް ޣައިރުޤާނޫނީ ގޮތެއްގައި މަސްތުވާތަކެތި އެތެރެކުރި ދިވެހި ރައްޔިތަކު 20 އަހަރަށް ޖަލަށްލުމަށް އެ ޤައުމުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ. މި ޙުކުމް އިއްވާފައިވަނީ ވިއެޓްނާމްގެ ޚާން ހުއާ ޕްރޮވިންސްގެ ޕީޕަލްސް ކޯޓުންނެވެ.
05 Oct 2026
ދަށް ފެންވަރުގެ ގޭސް ރެގިއުލޭޓަރު މަނާކުރަނޫ
ފެންވަރު ދަށް ގޭސް ރެގިއުލޭޓަރު ބޭނުންކުރުން މަނާކުރުމަށް މަސައްކަތްކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެއެވެ. އަލިފާނުގެ ހާދިސާތައް ގިނަވުމުގެ ސަބަބުތަކުގެ ތެރޭގައި ރެގިއުލޭޓަރުގެ ފެންވަރު ދަށްވުން ހިމެނެއެވެ.
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.