ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން: ފޮޓޯ: ދާޚިލީ ވުޒާރާ
ހަބަރު
19 Dec 2023 | 15:31
އަމާޒަކީ އިނގިލީގެ ނިޝާން ދިމާވާ ވަރަށް ބިދޭސީންގެ އަދަދު ބެލުން: ދާޚިލީ ވަޒީރު

އަމާޒަކީ ކުރިއަށްއޮތް އަހަރެއްތެރޭ ސީދާ އިނގިލީގެ ނަޝާނައި ދިމާވާ ވަރަށް ރާއްޖޭގައި ތިބި ބިދޭސީން ތިބި އަދަދު ކަށަވަރު ކުރުން ކަމުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. 

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ފަރާތުން އިއްޔެ ނޫސްވެރިންނާއި ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ވަޒީރު ވިދާޅުވީ، ރާއްޖޭގައި އުޅޭ ބިދޭސީންގެ އަދަދު އިންގިލީގެ ނިޝާނާއި ދިމާވާވަރަށް ކަށަޗަރުކުރުމުގެ އިތުރުން އެއީ ކޮންބައެއްކަން ސާފުކޮށް އެކްސްޕެކްޓް ސިސްޓަމްގެ އަދަދުތައް ދިމާކުރުމަކީ ކުރިއަށް އޮތް ދެ އަހަރުގެ އަމާޒެއްކަމުގައެވެ. 

މީގެ އިތުރުން ވިދާޅުވީ މިވަގުތަށް ބަލާއިރު ފާއިރުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ގަވާއިދުން ފައިސާ ދެއްކުމަށްފަހު، ގަވާއިދުން ނެގިފައިހުރި ވަރކް ޕާމިޓްގެ އަދަދަކީ ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝް ބިދޭސީންގެ 50 އިންސައްތަކަމަށެވެ. 

ބަރާބަރަށް ގަވާއިދުން ފައިސާ ދައްކަމުން އަންނަ އަދަދަކީ 30 ޕަސެންޓް 

ޢަލީ އިޙްސާން

އެގޮތުން ވަޒީރުވިދާޅުވީ ފައިސާ ނުދައްކާ އިންސައްތައަސް ފެތޭ ބައެއްފަރާތްތަކަކީ މިވަގުތުވެސް ރާއްޖޭގައި ނެތް މީހުން ކަމަށެވެ. 

ވުމާއެކު އެ އަދަދުތައް ދިމާކުރުމުގެ އަމާޒުގައި އެ ވުޒާރާއާއި ހަވާލުވީދުވަހުން ފެށިގެންވެސް ޚާއްސަ މަސައްކަތަކެއް ފަށާފައިވާނެކަމުގައި ވަޒީރު ވަނީ ވިދާޅުވެފައެވެ. 

ދިވެހިރާއްޖޭގައި ބިދޭސީން ގިނަވުމުގެ މައްސަލައަކީ އެއްވެސް ސަރުކާރެއްގައި އެކަށީގެންވާ ހައްލެއް ގެނެވިފައިނުވާ މައްސަލައެކެވެ. އެގޮތުން ނިމިދިޔަ ސަރުކާރުގައިވެސް ވަރކް ޕާމިޓާއި ނުލައި ރާއްޖޭގައި ތިބި ބިދޭސީން ފޮނުވާލުމުގެ ޚާއްސަ މަސައްކަތްތަކެއް ފެށުނު ނަމަވެސް އެއްމެ އެކަށީގެންވާ ނަތީޖާއެއް ނިކުންނަ ވަރަށް އެކަން ކުރިއަށް ގެންދެވިފައިނުވާކަން ފާހަގަކޮށްލެވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.