އިސްރާއީލުގެ ހަމަލާއެއްގައި ހަލާކުވެފައިވާ ސަރަހައްދެއް. ފޮޓޯ: ޤުދުސް ނެޓްވޯކް
ދުނިޔެ
19 Dec 2023 | 16:40
ޣައްޒާގެ ބިމުން ފަލަސްޠީނުގެ ރައްޔިތުން ފައްސާލައި ޔަހޫދީން އެތަނުގައި އާބާދުކުރުމަށް ތައްޔާރުވަނީ!

ބޮމުގެ ހަމަލާތައް ދީ ޣައްޒާގެ ބިމުން ފަލަސްޠީނުގެ ރައްޔިތުން ފައްސާލުމަށް ފަހު އިސްރާއީލުގެ ޔަހޫދީން އެތަނުގައި މީހުން އާބާދުކުރުމަށް ތައްޔާރުވާން ފަށައިފިއެވެ.

އަލްޖަޒިރާގައި ބުނެފައިވަނީ ޣައްޒާގެ މީހުން ދިރިއުޅޭ ޢިމާރާތްތައް ހުރި ސަރަހައްދުތަކަށް ބޮން އަޅައި އެތަނުން އެމީހުން ފައްސައިލުމަށްފަހު އިސްރާއީލުގެ ރިއަލް އެސްޓޭޓް ކުންފުންޏަކުން އެސަރަހައްދުތަކުގައި މީހުން އާބާދުކުރުމަށް އިމާރާތްތައް އެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

އިސްރާއީލުގެ ރިއަލްއެސްޓޭޓް ކުންފުނިން ދަނީ އެ މީހުންގެ މެދުގައި އެތަނުގައި ޢިމާރާތް ކުރުމަށް ތައްޔާރުވަމުން އަންނަ ބީޗް ހައުސްތަކުގެ އިސްތިހާރު ވެސް ކުރަމުންނެވެ.

އެކުންފުނިން ތައްޔާރުކޮށްފައިވާ މެޕުން ދައްކުވައިދެނީ އިސްރާއީލުން ބޮން އޮޅުމުގެ ސަބަބުން ބިމާއި ހަމަވެފައިވާ އިމާރާތްތައް ހުރި ސަރަހައްދުގައި އެމީހުން ގެ އެޅުމަށް ރާވައިފައިވާ ގޮތެވެ.

އިސްރާއީލުން ޣައްޒާއަށް ހަމަލާތައް ދޭން ފެށި ހިސާބުން އެ ރިއަލް އެސްޓޭޓް ކުންފުނިން ޣައްޒާގެެ ސަރަހައްދުތަކުގައި ސިފައިންގެ ޔުނިފޯމްގައި ހަރަކާތްތެރިވާތަން ވަނީ ފެނިގެން ގޮސްފައެވެ.

އަދި ބައެއް ވީޑިއޯތަކުގައި އެ ކުންފުނީގެ މުވައްޒަފުން އެތަނުގައި ޢިމާރާތް ކުރަން ފަށަން އުޅޭ ކަމަށް ވަނީ ބުނެފައެވެ.

އެ ކުންފުންޏަކީ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި ޔަހޫދީން އާބަދު ކުރުމަށް އިމާރާތްތައް އެޅި ކުންފުންޏެވެ.

އިސްރާއީލުން ފަލަސްޠީނުގެ ބިމުގައި އެމީހުންގެ މީހުން އާބަދުކުރަމުންދަނީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ޚިލާފަށެވެ.

އިސްރާއީލުން ފަލަސްޠީނުގެ ބިން ފޭރެމުންދާއިރު އެމީހުން ދަނީ ފަލަސްޠީނުގެ ރައްޔިތުންނަށް އެމީހުންގެ ބިމަށް ވަނުން މަނާ ކުރަމުންނެވެ.

ފަަލަސްތީނުގެ ބިމުގައި މިހާރުވެސް 700،000 ޔަހޫދީން އާބާދުކޮށްފައިވެއެވެ. އަދި އެބައިމީހުން އެތަނުގައި އާބާދު ކުުރުމަށްޓަކައި ފަލަސްޠީން ރައްޔިތުންގެ އެތައް ސަތޭކަ ގެއެއްވަނީ ބިމާއި ހަމަކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.