އާލިޔާވެސް ފިލްމު ޕްރޮޑިއުސަރަކަށް!

06 Mar 2019 | 11:29

މަޝްހޫރު ބޮލީވުޑް ތަރި އާލިއާ ބަޓް ޕްރޮޑަކްޝަން ހައުސްއެއް އުފައްދައިފިއެވެ.

ދާދިފަހުން އިންޑިއާގެ ނޫސްތަކުގައި އެންމެ ބޮޑަށް ދެކެވުނު ވާހަކައަކީ، އާލިއާ އާ އެޕާރޓްމަންޓެއް ގަތް ވާހަކައެވެ. އެކަމާއި ގުޅިގެން ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެމުން އާލިއާ ބުނެފައިވަނީ އޭނާ ދިރިއުޅެން ގެއެއް ނުގަންނަ ކަމަށެވެ. އަދި މިހާރު އޭނާ ދިރިއުޅޭ ގެއިން ނިކުންނަށް އެއްވެސް ވަރަކަށް ބޭނުން ނުވާކަމަށެވެ. އަދި މިހާރު އޭނާ އުޅޭ ގެ އޭނާ އަށް ވަރަށް ޚާއްސަ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

އަދި އޭނާ އެޕާރޓްމަންޓް ގަނެފައިވަނީ ގެއާ ދުރުން ކަމަށް ނޫސްތަކުގައި ބުނެފައިވާ ވާހަކައަށް ރައްދުދެމުން އާލިއާ ބުނެފައިވަނީ އޭނާ އެޕާރޓްމަންޓެއް ގަތީ އޭނާ މިހާރު ދިރިއުޅޭ ގެއާ ޖެހިގެން ހުންނަ އިމާރާތަކުން ކަމަށެވެ. އަދި އެއީ އޭނާ ދިރިއުޅެން ގަތް ގެއެއް ނޫން ކަމަށާއި، އެއީ ޕްރަޑަކްޝަން ހައުސްހިންގުމަށް ގަތް އެޕާޓްމަންޓެއް ކަމަށްވެސް އާލިއާ ބުނެފައިވެއެވެ. އެގޮތުން އޭނާ ވަނީ އެނާގެ ޕްރޮޑަކްޝަން ހައުސްއަށް ކިޔާނަން ވެސް ހާމަކޮށްފައެވެ. އެތަނަށް ކިޔާ ނަމަކީ އެޓާރނަލް ސަންޝައިން ޕްރޮޑަކްޝަން ކަމަށް އާލިއާ ބުނެފައިވެއެވެ.

އަދި އޭނާގެ ޕްރޮޑަކްޝަން ހައުސިން އިން ރަނގަޅު ފިލްމުތަކެއް ޕްރޮޑިއުސް ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށާއި، އޭނާ ޕްރޮޑިއުސް ކުރާނީ އެނާ މިހާރުވެސް ބަލާ ކަހަލަ ފިލްމުތައް ކަމަށްވެސް އާލިއާ ބުނެފައިވެއެވެ.

Advertisement

ކޮމެންޓް